Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯ ހާޓް

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

ރައިވަލް ކްލަބަކަށް ބަދަލުވާން ނިންމީ ވަރަށް ބައިވަރު ސަބަބުތަކަށްޓަކައި

ލީވާން އަލީ
ލީވާން އަލީ | 19 ޖުލައި 2017 | ބުދަ 14:20
ވެސްޓްހަމްއަށް ބަދަލުވި ޖޯ ހާޓް

ވެސްޓްހަމްއަށް ބަދަލުވި ޖޯ ހާޓް

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމް ޔުނައިޓެޑަށް ޖޯ ހާޓް ސޮއިކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ހާޓް ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ އޭނާ ވެސްޓްހަމްއަށް ބަދަލުވީ ކިތައް އަހަރަށްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ވެސްޓްހަމްއަށް ބަދަލުވުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް މައުލޫމާތު ދެމުން ހާޓް ބުނީ ސިޓީއަކީ އޭނާއަށް ވަރަށް ހާއްސަ ކްލަބެއް ކަމަށާއި، އެހެންނަމަވެސް ރައިވަލް ކްލަބަކަށް ބަދަލުވާން ނިންމީ ވަރަށް ބައިވަރު ސަބަބުތަކަށްޓަކައި ކަމަށެވެ.

މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ޓޮރީނޯއަށް ކުޅުނު ހާޓް ބުނީ އޭނާ އިޓަލީ ލީގުގައި ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި، އެހެންނަމަވެސް އެނބުރި އައިސް ޕްރިމިއާ ލީގު ކުޅެން ކެތް މަދުވެފައި ހުރި ކަމަށެވެ.

އެގޮތުން އޭނާ ބުނީ ވެސްޓްހަމްގައި ރަނގަޅު ކުޅުމެއް ދައްކާ ހާސިލްކުރެވެން އޮތް އެއްޗެއް ހާސިލްކުރަން އޭނާ އެހީތެރިވެދޭނެ ކަމަށާއި، ވެސްޓްހަމްއަކީ ރަނގަޅު ސަޕޯޓަރުންތަކެއް ތިބި ކްލަބެއް ކަމަށެވެ.

މެންޗެސްޓާ ސިޓީން ވިދާލި ހާޓް ޓޮރީނޯއަށް މި ސީޒަނުގައި ބަދަލުވެ އޭނާ ވަނީ 36 މެޗު ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މެޗުތަކުގައި މޮޅެތި ސޭވްތަކެއްކޮށް، އިޓަލީ ސަޕޯޓަރުންގެ އިހުތިރާމު ހޯދާފައެވެ.

މެންޗެސްޓާ ސިޓީއާއެކު ދެ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ދެ ފުޓްބޯލް ލީގް ކަޕް ހޯދާފައިވާ ހާޓް ވަނީ ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ޖެހި ޖެހިގެން ހަތަރު ފަހަރު ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ އިންގްލޭންޑް ގައުމީ ޓީމަށް 70 މެޗު ވެސް ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
18 ޖޫން 2017

ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

18 ޖޫން 2017
ރޮބިންސަން ކްލަބް މޯލްޑިވްސްގެ ލޯންޑްރީއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު