Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ހުސެއިން

ޤާނޫނީ ވަކީލް އަލީ ހުސެއިިން ފަސް މަހަށް ސަސްޕެންޑްކޮށްފި

22 އޮކްޓޯބަރު 2018 | ހޯމަ 13:43

އަލީ ހުސެއިން ސަސްޕެންޑްކުރީ ވީނިއުސްއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 22 އޮކްޓޯބަރު 2018 | ހޯމަ 13:43
ޤާނޫނީ ވަކީލް އަލީ ހުސެއިން: އޭނާ ވަނީ ފަސް މަހަށް ސަސްޕެންޑްކޮށްފައި

ޤާނޫނީ ވަކީލް އަލީ ހުސެއިން: އޭނާ ވަނީ ފަސް މަހަށް ސަސްޕެންޑްކޮށްފައި

ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަނެއްކާ ވެސް ސަސްޕެންޑްކޮށްފިއެވެ.

އަލީ ހުސެއިން ސަސްޕެންޑްކޮށްފައި ވަނީ ވީނިއުސްއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. އެގޮތުން އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

Advertisement - newsAdvertisement

އެ ޑިޕާޓްމެންޓުން ބުނީ އެ މައްސަލަ ބެލުމަށް ފަހު، އެ އަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލަކަށް ވާތީ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން އަލީ ހުސެއިން ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން 2018 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 05 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އަލީ ހުސެއިން އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި ވެއެވެ. އަދި މީގެ ކުރިން ވެސް އެކި ފަހަރުމަތިން އަލީ ހުސެއިން ސަސްޕެންޑްކޮށްފައިވާއިރު، އަލީ ހުސެއިންނަކީ ޖުޑީޝަރީގައި ހިނގާ ނުރަނގަޅު ކަންތައްތައް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ވަކާލާތުކުރައްވަމުން ގެންދަވާ ވަކީލެކެވެ.

އަލީ ހުސެއިން ސަސްޕެންޑްކުރިއިރު، ކުރެއްވި ޓްވީޓަކާ ގުޅިގެންނާއި، ވީނިއުސްއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވަނީ ހަތަރު މަހަށް ސަސްޕެންޑްކޮށްފައެވެ. ސުއޫދު ސަސްޕެންޑްކޮށްފައި ވަނީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ރިޔާސީ ދައުރު ދިގު ކުރުމަށް ނިންމި ނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނާއި، ވީނިއުސްއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް