Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މުޙައްމަދު ނަޝީދު

ވަރަށް ޔަގީންކަމާ އެކު ދަންނަވަން، ރައީސް ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އިންތި

މަރުޙަބާ ކިޔުމަށް ކުލަގަދަ ރަސްމިއްޔާތެއް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2018 | އަންގާރަ 19:31
ރައީސް ނަޝީދަށް މަރުޙަބާ ކިޔުމަށް ޚާއްސަކޮށްފައިވާ ޓީޝާޓް

ރައީސް ނަޝީދަށް މަރުޙަބާ ކިޔުމަށް ޚާއްސަކޮށްފައިވާ ޓީޝާޓް

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު، އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވަރަށް ޔަގީން ކަމާ އެކު ދަންނަވާ ކަމުގައި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަތުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތައް ހުރި ގޮތުގެ މައުލޫމާތު ދިނުމަށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތި ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހުރަސް އެޅޭނެ ފަރާތެއް މިހާރަކު ނެތް ކަމަށެވެ. އަދި އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އިންތި ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތި ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަތުމުގެ ކަންކަން ހަމަޖައްސަމުންދަނީ އެކަމަށް ހުރަސްތަކެއް ހުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ނެތް ކަމެއް ކަމަށް ބަލައިގެން ކަމަށެވެ.

"ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި، އަޅުގަނޑުމެން އެހެން މިދަންނަވަނީ އެމަނިފާނަކީ މިނިވަނެއް ކަމަށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުން ވެސް އެގެން އޮވޭ، ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުން އެދަނީ އެވާހަކަ ދައްކަމުން" އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދަށް މަރުހަބާ ދެންނެވުން ވަރަށް ކުލަ ގަދަކޮށް ބާއްވަން ވަނީ ނިންމާފައެވެ. އެގޮތުން އެކަން ފާހަގަ ކުރާނީ ބޮޑު އީދެއްގެ ގޮތުގައި ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ އެއާޕޯޓުން ނަޝީދު މާލެ ވަޑައިގަންނަވާއިރު ކަނޑުމަތިން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވީހާ ވެސް ގިނަ ކަނޑު އުޅަނދުތައް ނެރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ބޭނުންވާ ހުރިހާ އުޅަނދަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަށްޓަކައި ހޮޓްލައިނެއް ވެސް ގާއިމް ކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ ރައީސް ނަޝީދު އެއާޕޯޓުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެއް ނަންބަރު ފާލަމަށް ކަމަށެވެ. އަދި އެތަނުން ދެން ވަޑައިގަންނަވާނީ އާޓިފިޝަލް ބީޗަށް ކަމަށާއި އެތަނުގައި ރައީސް ނަޝީދުގެ ޚާއްސަ ތަޤްރީރެއް ދެއްވުން ހިމެނޭ ކަމަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަލާމަތީ ބާރުތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި އިންތިޒާމްތަކުގެ ފުރިހަމަ ތަފްސީލު ފަހުން ހާމަ ކުރައްވާނޭ ކަމުގައި ވެސް މުޙައްމަދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ދުވަހަށް ޚާއްސަކޮށްގެން އެމްޑީޕީން ވަނީ ޓީޝާޓެއް ވެސް ނެރެފައެވެ. އެ ޓީޝާޓަކީ ރައީސް ނަޝީދުގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުއްވުމެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާޓެކެވެ. އޭގައި އެމަނިކުފާނު ވިދާޅުވި "މިއީ ހިތާ ހިތުގެ ގުޅުމެއް" މި ބަސްކޮޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު