Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރެއް ނުފެނޭ: ހިސާން

22 އޮކްޓޯބަރު 2018 | ހޯމަ 07:38

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ އާދައިގެ ތުހުމަތުތަކެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޮކްޓޯބަރު 2018 | ހޯމަ 07:38
މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން

މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހިޔާނާތުގެ އެތަކެއް މައްސަލަތަކެއް ތުހުމަތު ކުރެވެމުންދާއިރު ފެނިގެންދަނީ އެމަނިކުފާނު މިއިން އެއްވެސް މައްސަލައަކަށް ޖަވާބުދާރީވެ ވަޑައިގެންނަވަން ބޭނުންފުޅު ނުވާ މަންޒަރު ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "އަނިޔާވެރިކަން ނިންމުން" ޕްރޮގްރާމްގައި ހިސާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުތަމުތަކަކީ އާދައިގެ ތުހުމަތުތަކެއް ނޫން ކަމަށާއި، ބޮޑެތި ވައްކަމާއި ހިނާތުގެ ތުހުމަތުތަކެއް ކަމަށެވެ. ހިސާން ވިދާޅުވީ އިންސާނިއްޔަތާއި ހިލާފު އަމަލުތަކެއް ހިންގާ ދައުލަތުގެ މުއައްސަސާތަކާއި ބާރުތަކުގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވިކަމުގެ ތަހުމަތުތަކެއް ކުރެވިފައިވާ ކަމަށާއި، މިމައްސަލަތަކަށް އެމަނިކުފާނު ޖަވާބުދާރިވެ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު ފެނިގެންދަނީ އެމަނިކުފާނު ޖަވާބުދާރީވެ ވަޑައިގެން ބޭނުންފުޅު ނުވާ މަންޒަރު ކަމަށާއި، މިތުހުމަތު ކުރެވޭ ޖަރީމާތަކުގެ މައްސަލަތައް ތަހުގީގު ކުރަން ޖެހޭ ކަމަށް ހިސާން ވިދާޅުވިއެވެ.

"ދިވެހިރައްޔިތުން މިއަންނަ ސަރުކާރަށް ވޯޓު ދިނީ އެނގިވަޑައިގަންނަވާނެ މިސަރުކާރު ނުވަތަ އިލެކްޝަން ކެންޕޭން ހިންގި ފްލެޓް ފޯމަކީ އިންސާފުގެ މަގަށް. އަޅުގަނޑުމެންގެ ވައުދަކީ ދިވެހިރާއްޖެ އިންސާފުގެ މަގަށް ގެންގޮސްދޭނެ ކަމުގެ ވައުދު. އެހެންކަމުން ނުހައްގުން ބޭއިންސާފުން ކަންކަން ކޮށްފައި ހުރި މީހުން ޖަވާބުދާރީ ކުރުވުމަކީ އޭގެ އެއްކޮންޕަނަންޓު." ހިސާން ވިދާޅުވިއެވެ.

ރައީސް ޔާމީން ފިލައިގެން ނުވަތަ ރާއްޖެ ދޫކޮށް ވަޑައިގަންނަވާފާނެކަމުގެ ބިރު ދިވެހި ރައްޔިތުންގެ އެބައޮތްކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވަން ދުވަސްކޮޅެއް އެބައޮތް ކަމަށާއި، މިދުވަސްކޮޅު ރައީސް ޔާމީން ފިއްލަވަން މަސައްކަތް ކުރެއްވި ނަމަވެސް ހުއްޓުވުމުގެ އެއްވެސް ބާރެއް އިންތިޚާބީ ރައީސް ސޯލިހުއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ މުއައްސަސާތަކުގެ ކިބައިގައި އެބާރު އެބައޮތް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ރައީސް ޔާމީން ހުއްޓުވައި މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"މޯލްޑިވްސް ޕޮލިސް ސާރވިސް ރައީސް ޔާމީންއާ ގުޅޭ އެތައް މައްސަލައެއް އެބައޮތް ހުށަހަޅާފައި. ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާފައިވާ މައްސަލަތަކާއި، އަމިއްލަ ފަރުދުން ހުށަހަޅާފައިވާ މައްސަލަތަކާއި، ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތައް އެބަހުރި. މިމައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމަނިކުފާނު ރާއްޖެ ދޫކޮށް ވަޑައިގެންފިއްޔާ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ޝަރީއަތް ކުރުމުގެ އިންސާފުވެރި ގޮތަކީ ޣައިރު ހާޒިރު ގައި ޝަރީއަތް ކުރުން ނޫން ކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ތުހުމަތައް ތަހުގީގު ކުރެވި ޝަރީއަތަކާއި ހަމައަށް ދާއިރު އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ލިބުން އެދޭ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް