Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަމާލް ޚަޝޯގީ

ޚަޝޯގީގެ މަރުގެ ހަގީގަތް ތުރުކީގެ ރައީސް އުރުދުޣާން އަންގާރަ ދުވަހު ހާމަކުރައްވަނީ

21 އޮކްޓޯބަރު 2018 | އާދީއްތަ 17:38

ޚަޝޯގީ މަރާލާފައިވާކަމަށް ސައުދީން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 އޮކްޓޯބަރު 2018 | އާދީއްތަ 17:38
ޚަޝޯގީ (ކ) އަދި އުރުދުޣާން

ޚަޝޯގީ (ކ) އަދި އުރުދުޣާން

ތުރުކީގެ އިސްތަންބުލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގައި މަރާލި ކަމަށް ބުނާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަގީގަތް އަންނަ އަންގާރަ ދުވަހު ހާމަ ކުރައްވާނެކަމަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އުރުދުޣާން ވިދާޅުވީ ޚަޝޯގީގެ މަރާއި ބެހޭގޮތުން ހަގީގަތް ހާމަކުރައްވާނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ގުރޫޕް ބައްދަލުވުމުގައި ކަމަށެވެ.

އަދި ހޯދަމުން ދަނީ އިންސާފު ކަމަށާއި ޚަޝޯގީގެ މަރާއި ބެހޭގޮތުން ހުރިހާ ކަމެއް ހާމަކުރައްވާނެކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ޚަޝޯގީ ވަނީ މަރާލާފައިކަމަށް ތުރުކީގެ ތަހުގީގު ޓީމުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ގެއްލުނު ދުވަހު ކުއްލި ގޮތަކަށް 15 މެމްބަރުންގެ ޓީމެއް ތުރުކީއަށް ގޮސްފައިވާކަމަށް އެޓީމުން ވަނީ ހާމަކޮށްފައެވެ.

އުރުދުޣާން ވިދާޅުވީ އެ 15 މީހުން ތުރުކީއަށް ދިޔައީ ކީއްވެކަމާއި އަދި ސައުދީން ޚަޝޯގީ މަރާލާފައިވާކަމަށް ބުނެ، 18 މީހަކު އެމައްސަލާގައި ހައްޔަރު ކުރީ ކީއްވެކަން އަންގާރަ ދުވަހު ހާމަ ކުރައްވާނެކަމަށެވެ.

ޚަޝޯގީ ގެއްލުނުކަން އެނގުނު ހިސާބުން ތުރުކީގެ އޮފިޝަލުން ގެންދިޔައީ ޚަޝޯގީ ކޮންސިއުލޭޓުން ނުކުމެފައިވާ ވީޑިއޯ ދެއްކުމަށް ސައުދީއަށް ބާރުއަޅަމުންނެވެ. ނަމަވެސް ތުރުކީން ގެންދިޔައީ އެ ގައުމުން ބުނަމުންދިޔަ ކަންކަމަށް ބާރުދޭ ހެކިތައް ހޯދަމުންނެވެ.

ސައުދީގެ އިންޓެލިޖެންސް އޮފިސަރުންތަކެއް އިސްތަންބޫލް އެއާޕޯޓަށް އެތެރެވާ މަންޒަރާއި އެ އަށް ފަހު އަނބުރާ ދާ މަންޒަރު ފެންނަ ފުޓޭޖްތަކެއް ވެސް ތުރުކީއިން ވަނީ ހޯދާފައެވެ.

މީގެ އިތުރުން ޚަޝޯގީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ތުރުކީގެ ތަހުގީގު ޓީމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައީ ކޮންސިއުލޭޓް ބަލަން ފުރުސަތު ލިބުމުންނެވެ. ތަހުގީގު ޓީމުގައި އިސްކޮށް ހުރި ތުރުކީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

ތުރުކީގެ އޮފިޝަލުން ކޮންސިއުލޭޓާއި، ކޮންސުލް ޖެނެރަލްގެ ގެކޮޅާއި، ޑިޕްލޮމޭޓުންގެ ކާރުކޮޅުތައް ވެސް ތަހުގީގު ޓީމުން ބަލާ ފާސްކުރިއެވެ. މީގެ އިތުރުން ޖަންގަލި ވެސް ބަލާ ފާސްކުރިއެވެ.

ޚަޝޯގީ މަރާލާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލިބިފައިވާ ކަމަށް ބުނި ނަމަވެސް އޯޑިއޯއެއް ތުރުކީ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ތުރުުކީގެ ބަސް ދުލެއް ނުކުރެއެވެ.

އަށާރަ ދުވަހަށް ފަހު ސައުދީން ވަނީ ޚަޝޯގީ މަރާލާފައިވާ ކަމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ސައުދީން ކޮށްފައިވާ ތަހުގީގު އާންމު ކުރާނީ އެއްމަސް ދުވަސް ފަހުން ކަމަށްވާއިރު ތުރުކީގެ ތަހުގީގީ ޓީމުގެ ތަހުގީގު ތަކަށްފަހު އުރުދުޣާން ހާމަ ކުރައްވާނެ ކަމަށް ބެލެވޭ ހަގީގަތްތަކަށް މުޅި ދުނިޔެ އޮތީ ކެތްމަދުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް