Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހުތާޒު މުހުސިން އާއި ގާޒީ ނިހާނު

މުހުތާޒާއި ނިހާނުގެ ދައުވާތައް ބާތިލުކޮށްފި

21 އޮކްޓޯބަރު 2018 | އާދީއްތަ 12:55

އެ ދައުވާ ތަކަކީވެސް އެއް މައްސަލައަކާއި ގުޅިގެން ހުށަހަޅާފައިވާ ދައުވާތަކެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 އޮކްޓޯބަރު 2018 | އާދީއްތަ 12:55
ކުރީގެ ޕީޖީ މުހުތާޒު އާއި ގާޒީ ނިހާނު

ކުރީގެ ޕީޖީ މުހުތާޒު އާއި ގާޒީ ނިހާނު

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ހުކުމް ކޮށްފި އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 17 އަހަރަށް ޖަލަށް ލާފައިވާއިރު، ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރީ މުހުތާޒުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާކަމުގައިވާ "ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާ އާއި "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ އެވެ.

Advertisement - newsAdvertisement

ޓެރަރިޒަމްގެ ދައުވާ ނިހާނުގެ މައްޗަށް ވެސް ސާބިތުކޮށްފައިވާއިރު، އޭނާގެ މައްޗަށް އިތުރަށް އުފުލާފައިވާ އެހެން ދައުވާތައް މިއަދު ވަނީ ބާތިލުކޮށްފަ އެވެ. އެ ތިން ދައުވާއަކީ "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާއާއި "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން" ކަމަށް ބުނާ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒާއި ގާޒީ ނިހާން ޖަލަށް ލުމަށް ހުކުމްކުރީ 2016 ވަނަ އަހަރު ޖޫން މަހު އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މުހުތާޒު އާއި ގާޒީ ނިހާނުގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ދައުވާ ތަކުގައި ކުށް ސާބިތު ކުރުމަށް ހުށަހަޅާފައި ވަނީ ޓެރެރަޒިމް މައްސަލާގައި ވެސް ހުށަހަޅާފައިވާ ހެއްކާއި ގަރީނާ ކަމަށެވެ. އެ ހެެއްކާއި ގަރީނާތައް ވަޒަންކޮށް، ޓެރަރިޒަމް ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އެއް މައްސަލައެއްގައި ތަފާތު ދައުވާތަކެއް ކުރި ނަމަވެސް، އެހުރިހާ ދައުވާތައް ސާބިތު ކުރުމަށް ހުށަހަޅާފައި ވަނީ އެއް ހެއްކާއި ގަރީނާތަކެއް ކަމަށްވާތީ އެ ހެކިތަކާއި ގަރީނާތަށް ވަޒަންކޮށް، ޓެރަރިޒަމް މައްސަލާގައި ކްމިނަލް ކޯޓުން ގޮތެއް ނިމާފައިވާތީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ދައުވާތައް އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހުކުމް އިއްވަމުން ގާޒީ އަހުމަދު ހައިލަމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ޖޫން 2018

އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި، ޖަލަށްލެވޭނެ: އިމްތިޔާޒު

04 ޖޫން 2018
އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި، ޖަލަށްލެވޭނެ: އިމްތިޔާޒު
30 މެއި 2018

ޑްރަގު ވިޔަފާރީގެ މީހަކު ދޫކޮށްލަން ކުރި އަމުރެއް، ހަތަރު މަސް ފަހުން ބާތިލުކޮށްފި

30 މެއި 2018
ޑްރަގު ވިޔަފާރީގެ މީހަކު ދޫކޮށްލަން ކުރި އަމުރެއް، ހަތަރު މަސް ފަހުން ބާތިލުކޮށްފި
29 މެއި 2018

ތަހުގީގު ހުއްޓާލުމުން ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރެއް ބާތިލުކޮށްފި

29 މެއި 2018
ތަހުގީގު ހުއްޓާލުމުން ގެވެށި އަނިޔާއިން ރައްކާތެރިކުމުގެ އަމުރެއް ބާތިލުކޮށްފި
05 އެޕްރީލު 2018

ނިހާނުގެ 18 އަހަރުގެ ދަރިފުޅުގެ އުފަންދުވަހު ލިބިލެއްވީ އަގު ބޮޑު ކާރެއް، މިއަދު އެގަތީ 4.7 މިލިއަން ރުފިޔާގެ ފްލެޓެއް!

05 އެޕްރީލު 2018
ނިހާނުގެ 18 އަހަރުގެ ދަރިފުޅުގެ އުފަންދުވަހު ލިބިލެއްވީ އަގު ބޮޑު ކާރެއް، މިއަދު އެގަތީ 4.7 މިލިއަން ރުފިޔާގެ ފްލެޓެއް!
03 މާރިޗު 2018

އެމެރިކާގެ ސަފީރަށް ނިހާނުގެ ރައްދެއް!

03 މާރިޗު 2018
އެމެރިކާގެ ސަފީރަށް ނިހާނުގެ ރައްދެއް!
30 ޖެނުއަރީ 2018

ގާޒީ ނިހާނުގެ ޓެސްޓުތަކެއް ހެދުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފި

30 ޖެނުއަރީ 2018
ގާޒީ ނިހާނުގެ ޓެސްޓުތަކެއް ހެދުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފި
23 ޖެނުއަރީ 2018

މިހާރު ނޫހުގެ ނޫސްވެރިންގެ މައްޗަށް ޝައިޚް ނަސްރުﷲ ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

23 ޖެނުއަރީ 2018
މިހާރު ނޫހުގެ ނޫސްވެރިންގެ މައްޗަށް ޝައިޚް ނަސްރުﷲ ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
28 ޑިސެމްބަރު 2017

ނިހާނުގެ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައަަށް ކަމަށް ޝިފާޒު ވިދާޅުވެއްޖެ!

28 ޑިސެމްބަރު 2017
ނިހާނުގެ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައަަށް ކަމަށް ޝިފާޒު ވިދާޅުވެއްޖެ!
14 ސެޕްޓެމްބަރު 2017

ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

14 ސެޕްޓެމްބަރު 2017
ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް