Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ކޯޓް

ޑްރަގު ވިޔަފާރީގެ މީހަކު ދޫކޮށްލަން ކުރި އަމުރެއް، ހަތަރު މަސް ފަހުން ބާތިލުކޮށްފި

30 މެއި 2018 | ބުދަ 05:59

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރީ ހައި ކޯޓުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 މެއި 2018 | ބުދަ 05:59
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި

ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މީގެ ހަތަރު މަސް ކުރިން ކޮށްފައިވާ އަމުރެއް، އަންގާރަ ދުވަހު ހައި ކޯޓުން ބާތިލުކޮށްފިއެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ އަމުރު ބާތިލު ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ ވެސް އޭނާ ދޫކޮށްލިތާ ދެ މަސް ފަހުންނެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ އަމުރަށް، ބަންދުން ވީއްލާފައި ވަނީ ހދ. ހިރިމަރަދޫ، ނޫރާނީގެ އަހްމަދު ޝާމިލް މުހައްމަދެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބަހާދުރު ބޯޓުގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތެވެ. އޭނާ ހައްޔަރުކޮށްގެން، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ޕީޖީން ބުނެފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި ހެކިބަސް ދޭން ހުރި ފަރާތްތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެތީ އޭނާ ބަންދު ކޮށްދިނުމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އަމުރު ކުރީ އެނާ ދޫކޮށްލުމަށެވެ.

ހައި ކޯޓުގައި އެ މައްސަލާގައި ޝަރީއަތް ހިންގެވުމަށްފަހު، އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތް ކަމުގައި ވީނަމަވެސް، ކޮންމެ ވެސް ވަރަކަށް ހެކި ހުރެއްޖެނަމަ، އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރަންވާނެ ކަމަށެވެ. ޝާމިލްގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރުގެ ހެކި ގަރީނާ ހުށަހެޅިފައިވާކަން ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ހުކުމްގައިވެއެވެ.

އެ ހުކުމްގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުމުގެ ކުށްތަކަކީ އެ ކުށްތަކުގެ ބާވަތުން މުޖުތަމައުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމައުއަށް ނުރައްކާތެރިކަން ބޮޑު ކުށްތަކެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައި ވަނީ ޝާމިލް މުޖުތަމައުއަށް ދޫވެފައި ހުރުމުން، މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބަލަންޖެހޭ ކަމަށާއި އެހެންކަމުން އޭނާ ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރު ބާތިލު ކުރާ ކަމަށެވެ. ނަމަވެސް އޭނާ ބަންދު ކުރަން ހައި ކޯޓުން ވެސް އަމުރުކޮށްފައެއް ނުވެއެވެ.

ޝާމިލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީން ވަނީ ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ. އެކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ބަހައްޓަން ފެންނަ ނަމަ، ހިރިމަރަދޫ ކޯޓުގައި ބަންދުގެ އަމުރަކަށް އެދެވިދާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް