Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނަސްރުﷲ މުސްތަފާ

މިހާރު ނޫހުގެ ނޫސްވެރިންގެ މައްޗަށް ޝައިޚް ނަސްރުﷲ ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

ފުރަތަމަ ނަސްރުﷲ ދައުވާ ކުރައްވާފައިވަނީ "މިހާރު" ނޫހުގެ ފަސް ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2018 | އަންގާރަ 10:36
ޝެއިހު ނަސުރުﷲ މުސްތަފާ

ޝެއިހު ނަސުރުﷲ މުސްތަފާ

"މިހާރު" ނޫހުގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް 28 މިލިއަން ރުފިޔާ ހޯދުމަށް ޝެއިހް ނަސްރުﷲ މުސްތަފާ ހުށަހެޅުއްވި ދައުވާތައް އަނބުރާ ގެންދަވައިފި އެވެ.

ނަސްރުﷲ މުސްތަފާ، "މިހާރު" ނޫހުގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާ އުފުލާފައިވަނީ، ހުއްދަ ނެތި ހަތަރު ދިވެއްސަކު ހައްޖަށް ފޮނުވައިގެން އެ މީހުން މައްކާގައި ހާލުގައި ޖެހުނު މައްސަލަ ރިޕޯޓްކުރުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ދައުވާތައް އަނބުރާ ގެންދެވި ނަމަވެސް ޖެނުއަރީ 16 ވަނަ ދުވަހު ބޭއްވި ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދިފައެއް ނުވެ އެވެ.

ނަސްރުﷲ ވިދާޅުވި ގޮތުގައި ދައުވާތައް އަނބުރާ ގެންދިޔައީ، މައްސަލައިގެ ހަގީގަތް ހާމަކުރެވިފައިވާތީ އާއި މިހާރު ނޫހުގައި ވެސް އެކަން ރަނގަޅަށް މިހާރު ރިޕޯޓްކޮށްފައިވާތީ ކަމަށެވެ.

ވީމީޑިއާގެ މައްޗަށް ހުށަހެޅި ހުށަހެޅި މައްސަލަ ވެސް އަނބުރައި ގެންދަވާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲގެ އަބުރު ގެއްލުނު ކަމަށް ބުނެ، "މިހާރު" ނޫހުގެ ނޫސްވެރިން ކަމަށްވާ ފަޒީނާ އަހުމަދާއި އަހުމަދު އަބްދުﷲ ސައީދާއި މުއިއްޒު އިބްރާހީމާއި މުހައްމަދު ޔާމީންގެ އިތުރުން އާސިމާ ނިޒާރުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ ފަސް ނޫސްވެރިން "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމާއި ގުޅިގެން ނަސްރުﷲ ވަނީ އެ ލިޔުމުގައި ހަގީގަތާ ހިލާފު ވާހަކަތައް ހިމަނާފައިވުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ފަސް ނޫސްވެރިންގެ އަތުންވެސް (ކޮންމެ ނޫސްވެރިޔަކު) ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ޖުމްލަ 35 މިލިޔަން ރުފިޔާ ހޯދުމަށް ނަސްރުﷲގެ އެ ދައުވާތަކުގައި އެދިފައި ވެއެވެ.

ޝެއިހު ނަސްރުﷲ ދައުވާ އުފުލާފައިވާ ނޫސްވެރިން: ސިވިލް ކޯޓުން ނުކުންނަނީ

"މިހާރު" ނޫހުގެ އެ ފަސް ނޫސްވެރިންގެ ތެރެއިން އެ ނޫހުގައި ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރ ކުރަމުންދާ ނޫސްވެރިޔާ މުއިއްޒުގެ މައްޗަށް ނަސްރުﷲ އުފުލި ދައުވާ އޭނާ ވަނީ ފުރަތަމަ އަޑުއެހުމުގައި އަނބުރާ ގެންގޮސްފަ އެވެ.

މިމައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ "މިހާރު" ނޫހުގެ އަހުމަދު އަބްދުﷲ ސައީދު އެމައްސަލައިގެ ފުރަތަމަ އަޑުއެހުމުން ނިކުމެ ވަޑައިގެން ވިދާޅުވެފައި ވަނީ އެލިޔުންތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ނުހުންނާނެ ކަމަށާއި ހަވާލާ ދެއްވާފައި ވާނީ ވެސް މިދިއަ އަހަރުގެ ހައްޖު މޫސުމުގައި ހައްޖު މިޝަންގެ އެންމެ އިސްވެރިއަކަށް ހުންނެވި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުގެ ނައިބު ޝެއިހް އިބްރާހީމް އަހުމަދުއާ ކަމަށް ވެސް އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

"ރިޕޯޓުގައި އެހުރީ އަޅުގަނޑުމެންގެ އަމިއްލަ ވާހަކަތަކެއް ނޫން. އެއީ މިދިއަ ހައްޖު މޫސުމުގައި، ހައްޖު މިޝަންގެ އިސްވެރިޔާ އިބްރާހީމް އަހުމަދުއާ ހަވާލާދީ އަޅުގަނޑުމެން ލިޔުނީ. މިހާތަނަށް ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި ނަސްރުﷲގެ ފަރާތުންގެ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެއް ނެތް. އެހެންވީމާ އެއީ އަބުރާ ބެހުން ކަމަށް ގަބޫލެއް ނުކުރަން،" ލިޔުންތެރިޔާ އަދި ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

"މިހާރު" ނޫހުގެ ނޫސްވެރިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި އިބްރާހީމް ރިފްއަތު މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުން ނިކުމެ ވަޑައިގެން ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ އަބުރުގެ މި ދައުވާތައް އުފުލާފައި ވަނީ 2007 ގައި އަމަލު ކުރަމުންއައި އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

"އެގަވާއިދުގައި ބުނާ ގޮތުން ވެއްޖިއްޔާ ގެއްލުމުގެ ބަދަލުގެ ގޮތުންގައި މިއޮންނަނީ 100ރ އާއި 5000ރ ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިސާ ނަގައިދޭން. މިދައުވާތަކުގައި އެބައޮތް ކޮންމެ މީހެއްގެ އަތުން ހަތް މިލިއަން ރުފިޔާ ހޯދުމަށްއެދި ހުށަހަޅާފައި. މިމައްސަލައާ ގުޅިގެން މީޑިއާ ކައުންސިލަށްވެސް ނަސްރުﷲގެ ފަރާތުން މިމައްސަލަތައް ހުށަހަޅަފައިވޭ. އެހެންވީމާ މިނިވަން މުއައްސަސާއަކުން ތަހުގީގު ހިންގާ ގޮތެއް ނިންމަންޖެހޭ ކަމެއް ނުނިމެނީސް ޝަރީއަތުގައި އެމައްސަލައެއް ބެލުމަކީ އެއީކީ ހަމަޖެހޭ އުސޫލެއްކަމަކަށް ގަބޫލެއް ނުކުރެވޭ،" މަޝްހޫރު ގާނޫނީ ވަކީލު ރިފްއަތު ވިދާޅުވި އެވެ.

އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންގޮސް، އެމީހުން ހާލުގައި ޖެހުނު ވާހަކަ ލިޔުނު ނޫސްވެރިންނާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ޝެއިހު ނަސްރުﷲ ކޯޓަށް ހުށަހެޅިއިރު، އެމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ.

މީގެ އިތުރުން އަނބިމީހާއަށް އަޅާނުލުމާއި، ދަރިންނަށް އަޅާނުލުމުގެ އިތުރުން އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ދައުވާ ވެސް ނަސްރުﷲގެ މައްޗަށް ދަނީ ކުރެވެމުންނެވެ. މިމައްސަލަތައް ފެންމަތިވެ، ނަސްރުﷲ އޭރު ޕްރިންސިޕަލްކަން އަދާކުރަމުން ގެންދިޔަ ޢަރަބިއްޔާ ސްކޫލުން އޭނާ ވަނީ އިސްތިއުފާ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު