Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ނައިބު ރައީސް

ނިހާނުގެ ވިސްނުން ހުރީ ނޭފަތު ކުރިއާ ހަމައަަށް ކަމަށް ޝިފާޒު ވިދާޅުވެއްޖެ!

ނިހާނުގެ ޓްވީޓްތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ނިހާނަށް ފާޑު ކިޔަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޑިސެމްބަރު 2017 | ބުރާސްފަތި 09:37
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ވިސްނުން ހުރީ އޭނާގެ ނޭފަތު ކުރިއާ ހަމައަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނުގެ ވިސްނުމުގެ ކޮށިކަމުން ހަމްދަރުދީވާ ކަމަށެވެ. އަދި ނޭފަތުގެ ކުރިއަށް ވުރެ ދުރަށް ނިހާނުގެ ވިސްނުން ގެންދެވޭނަމަ އެފަދަ ވާހަކައެއް ވިދާޅުނުވީސްކަން ކަށަވަރު ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒު އެގޮތަށް ވިދާޅުވެ ނިހާނުއަށް ރައްދު ދެއްވީ ނިހާނު ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. ނިހާނު ވިދާޅުވެފައި ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭރުގެ ޕްރެޝަރާ އެކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވައިފިނަމަ، އެ މަނިކުފާނު ވަންނަވަން ޖެހޭނީ ޖަލަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ދިވެހިން އެދޭ ގޮތަށް ރާއްޖޭގެ ހާލަތު ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސްް ނަޝީދު ވިދާޅުވުމާ ގުޅިގެން، ނިހާން ވަނީ ރައީސް ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ލީޑަރުންނަށްވެސް ނިހާނާއި ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މިފަހަކަށް އައިސް ސިޔާސީ ގިނަ ޖަލްސާތަކާއި އިވެންޓްތަކުގައި ރައީސް ޔާމީންއާއި ސަރުކާރުގެ އިސްވެރިން ތަކުރާރުކޮށް ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުންނެވެ. ހަމަ އެގޮތުން އިދިކޮޅު ފަރާތްތަކުން ވެސް ގެންދަވަނީ އެވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި

10 އެޕްރީލު 2017
ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި
08 އެޕްރީލު 2017

ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު

08 އެޕްރީލު 2017
ސަރުކާރުން ޤާސިމް ހުރީ ރަހީނުކޮށްފައި: އަބްދުﷲ ޝާހިދު
02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު