Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ނިންމުން

އަދުލްއިންސާފާއި، ހަމަހަމަކަން ގާއިމްކުރެވޭނީ ކޯލިޝަން ދެމެހެއްޓިގެން: އަލީ ނަޒީރު

20 އޮކްޓޯބަރު 2018 | ހޮނިހިރު 00:30

ހަމަޖެހުމާއި، އިންސާފު އޮތީ ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން

އަމްނާ އިމާދު
އަމްނާ އިމާދު | 20 އޮކްޓޯބަރު 2018 | ހޮނިހިރު 00:30
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު

އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު

މިރާއްޖޭގައި އަދުލްއިންސާފާއި، ހަމަހަމަކަން ގާއިމްކުރެވޭނީ ކޯލިޝަން ދެމެހެއްޓިގެން ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ރައްޔިތުންގެ ނިންމުން ޕްރޮގްރާމްގައި ނަޒީރު ވިދާޅުވީ އަދުލްއިންސާފު ގާއިމް ކުރުމަކީ ހަމައެކަނި ސިޔާސީ ހަތަރު ޕާޓީގެ ލީޑަރުން މިނިވަން ކުރުން ނޫން ކަމަށެވެ. ލީޑަރުން މިނިވަން ކުރުމުގެ އިތުރަށް މިރާއްޖޭގައި ރައްޔިތުންގެ ހަމަހަމަކަން ގާއިމް ކުރަންޖެހޭ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަމަހަމަކަމާއި، އިންސާފު ރައްޔިތުންނަށް ހޯދައިދެވޭނީ ވެރިކަން ގާއިމް ކުރި ކޯލިޝަން ދެމެހެއްޓިގެން ކަމަށާއި، އެކަން މިފާއިތުވެގެންދިޔަ 10 އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަޒީރު ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި، އިންސާފު އޮތީ އަޣުލަބިއްޔަތު ރައްޔިތުންގެ ވިސްނުމާއި ފިކުރާއި އެއްގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެސް މިކަން ސާފުކޮށް ފަހުމްވެވަޑައިގަންނަވާނެ ކަމަށެވެ.

"އިންސާފޭ މިދަންނަވަނީ ހަތަރު ޕާޓީގެ ލީޑަރުން ޖަލު ގޮޅީގައި ބަންދުކުރާ ވާހަކަ އެކަންޏެއް ނޫން. މިރާއްޖޭގައި އިންސާފު ނެތިގެން މިއުޅެނީ ވަޒީފާއެއް ދިނަސް ވަޒީފާއަކުން ވަކިކުރިއަސް ވަޒީފާގެ ކުރިއެރުމެއް ދިނަސް ދައުލަތު ފޯރުކޮށްދޭ އެހެން ޚިދުމަތެއް ފޯރުކޮށްދިން ކަމުގައި ވިޔަސް މީހަކަށް ލޯނެއް ދިންކަމުގައި ވިޔަސް އެހީ އެއް މީހަކަށް ދައުލަތުން ފޯރުކޮށްދިން ކަމުގައި ވިއަސް މިއިން އެއްވެސް ކަމެއްގައި އިންސާފެއް ހަމަހަމަކަމެއް ނެތް. އެކަން އެގޮތަށް ވާނެ ކަމަށް ގަބޫލެއް ނުކުރަން" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މިރާއްޖޭ މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މިއޮތް ހަލަބޮލިކަމުން އަރައިގަނެ، ރައްޔިތުން ހަމަޖެހިގެން ދިރިއުޅެން ބޭނުންވާ ކަމަށާއި، މިފަސް އަހަރު ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"އެކަން އެގޮތަށް ކުރެވޭނެ ކަމަށް ޔަގީންވާ ސަބަބަކީ ވޭތުވެދިޔަ ތިން އަހަރު ތަފާތު އެތަކެއް ގޮންޖެހުންތަކާއެކު އަޅުގަނޑުމެންގެ ޕާޓީތަކުގެ ލީޑަރުން މިއޮތީ މިކޯލިޝަން ހިފަހައްޓާފައި. އަދި އެކަމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވީ އެއްބޭފުޅަކީ އިންތިޚާބީ ރައީސް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އެތަޖުރިބާތަކާއެކު މިކޯލިޝަން އަޅުގަނޑުމެންނަށް ކާމިޔާބު ކަމާއެކުގައި ފަސް އަހަރު ވަންދެން ދެމެހެއްޓޭނެ ކަމަށް." ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ އަޣުލަބިއްޔަތު ރައްޔިތުންގެ ނިންމުން ދޫކޮށްލާ ހިސާބުން ސަރުކާރު ދެމިނޯންނެ ކަމަށާއި، ސަރުކާރު އޭގެ ގޮތުގައި ނުހިންގޭކަން ވެސް ވޭތުވެދިޔަ ދެސަރުކާރުން ވެސް ފެނިފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން މިކުރި ތަޖުރިބާގެ އަލީގައި ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ފަސް އަހަރު ދިވެހި ރައްޔިތުން ނިންމާފަ އޮތް ނިންމުން ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި އިންތިޚާބީ ރައީސް ސޯލިހުއަކީ ތަފާތުގެ ފިކުރުގެ މީހުން ގޮވައިގެން ގައުމު ހިންގޭނެ ބޭފުޅެއް ކަމާމެދު ސުވާލެއް އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އެމަނިކުފާނަށް އެންމެން ވެސް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ ސަބަބު ހާމަ ކުރަން ޖެހޭނެ: އިދިކޮޅު ކޯލިޝަން

24 ސެޕްޓެމްބަރު 2017
އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ ސަބަބު ހާމަ ކުރަން ޖެހޭނެ: އިދިކޮޅު ކޯލިޝަން
24 ސެޕްޓެމްބަރު 2017

މަސީހު ކިތަންމެ އުހުގައި އިންނެވިއަސް ޖަލްސާ ބާއްވަން ލާހިކެއް ނޫން، ހުރަސް އަޅާނަން: އިދިކޮޅު ކޯލިޝަން

24 ސެޕްޓެމްބަރު 2017
މަސީހު ކިތަންމެ އުހުގައި އިންނެވިއަސް ޖަލްސާ ބާއްވަން ލާހިކެއް ނޫން، ހުރަސް އަޅާނަން: އިދިކޮޅު ކޯލިޝަން
22 ސެޕްޓެމްބަރު 2017

ސަރުކާރު ކޯލިޝަން އެމްޑީއޭގެ އިސްބޭފުޅެއްގެ އެޕާޓްމެންޓަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެ

22 ސެޕްޓެމްބަރު 2017
ސަރުކާރު ކޯލިޝަން އެމްޑީއޭގެ އިސްބޭފުޅެއްގެ އެޕާޓްމެންޓަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެ
14 ސެޕްޓެމްބަރު 2017

ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން

14 ސެޕްޓެމްބަރު 2017
ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން
12 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން

12 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން
28 އޯގަސްޓު 2017

އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން

28 އޯގަސްޓު 2017
އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން
30 ޖުލައި 2017

މަސީހުގެ މައްސަލަ އަދިވެސް ބާތިލެއް ނުވޭ : އިދިކޮޅު ކޯލިޝަން

30 ޖުލައި 2017
މަސީހުގެ މައްސަލަ އަދިވެސް ބާތިލެއް ނުވޭ : އިދިކޮޅު ކޯލިޝަން
20 ޖުލައި 2017

މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން

20 ޖުލައި 2017
މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން
24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
10 އެޕްރީލު 2017

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް