Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަން

މަސީހު ކިތަންމެ އުހުގައި އިންނެވިއަސް ޖަލްސާ ބާއްވަން ލާހިކެއް ނޫން، ހުރަސް އަޅާނަން: އިދިކޮޅު ކޯލިޝަން

24 ސެޕްޓެމްބަރު 2017 | އާދީއްތަ 13:58

މަސީހަކީ މަޖިލީހުގެ ރައީސެއް ނޫން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 13:58
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ކިތަންމެ އުސް ތަނެއްގައި އިންނެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ފަރާތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫން ކަމަށެވެ. މިހާރު މަޖިލީހުގެ ރިޔާސަތު ނެތް ކަމަށާއި ކިތަންމެ އުހުގައި އިންނެވިއަސް އެއީ މަޖިލީހުގެ ރައީސަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަލްސާތައް ހުއްޓުވުމަށް އިހްތިޖާޖު ކުރާނެ ކަމަށާއި އެންމެ ބޮޑު ސަބަބަކީ މަސީހަކީ މަޖިލީހުގެ ރައީސަށް ނުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
" އުސްތަނެއްގައި ސްޓޭޖް ހެއްދެވީމަ އަޅުގަނޑުމެންގެ އަތެއް ނުފޯރާނެ ތޯ. ފޯރާނެ ނޫންތޯ، އަޅުގަނޑުމެންވެސް ކޮންމެ ވެސް ގޮތެއް ހޯދާނެ ނޫން ތޯ އެ ސްޓޭޖަށް އަރަން. މަސީހަށް އެ ސްޓޭޖަށް އެރޭ ގޮތައް އަޅުގަނޑުމެނަށްވެސް އެރޭނެ ނޫންތޯ،" އަމީތު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އިންނަވަން ސްޓޭޖެއް ހަދަމުންދާ ކަމާއި އެތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ލިބެނީ އެ މަސައްކަތުގައި އުޅޭ މީހުންގެ ފަރާތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލިސް ފެށުމުގެ ކުރިން އެ ސްޓޭޖްގެ ފޮޓޯވެސް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް ތަޅުމުގައި ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކަށް އުސް ސްޓޭޖެއް ހަދަނީ މަސީހް ހިމާޔަތް ކުރުމަށް ކޮންމެ ފަހަރަކު ސިފައިން ނުވަންނާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެގޮތަށް އުސް ސްޓޭޖެއް ހަދާފައި ހުންނަނީ މިހާރު ދުނިޔޭގެ އެންމެ ހުދުމުހްތާރު ވެރިކަމެއް ކުރަމުންދާތަން ފެންނަ އުތުރު ކޮރެއާގައި ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

ސިފައިން ބަތިއްބައިގެން މީގެ ކުރިންވެސް މަޖިލީހުގައި ޖަލްސާތައް ބޭއްވި ކަމަށާއި އެހެން ނަމަވެސް ޖަލްސާތައް ދިޔައީ ކިހިނެތްކަން މެންބަރުންނަށް ސާފުނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މަޖިލީހުން ހިންގާ ގާނޫނާ ހިލާފު ކަންކަމުގައި ގުރުބާން ކުރަނީ އެތަނުގެ އާދައިގެ މުވައްޒަފުން ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

" އޭގެ ހެއްކެތް އެއީ، ތިނަދޫ އަބުޅޯގެ ގޮނޑި ގެއްލިއްޖެ ކަމަށް މުސާރަ ކަނޑާލުމަށް މި މެމޯގައިވެސް މި ސޮއި ކުރެއްވީ ކޮން ކުއްޖެއް ތޯ، އަމީން އާންމުގެ ނައިބަކަށް އުޅޭ ކުއްޖެއް. މަސީހް އޮންނެވީ ގޭގައި. މަސީހު ބޭނުމެއްނުވި އެ އެއްޗިހީގައި ސޮއި ކުރައްވާކަށް. އެ މަސީހަށް އެނގޭ މަސީހް ސޮއި ކުރައްވައިފިނަމަ ކޮންމެވެސް ދުވަހަކުން އެ އެއްޗިއްސަށް ތިމަންނަ ޖަވާބު ދާރީވާން ޖެހޭނެކަން،" އަމީތު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް