Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު އިއްތިހާދު

އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން

28 އޯގަސްޓު 2017 | ހޯމަ 13:57

އިލެކްޝަންސް ކޮމިޝަނުން މިއަދު ފެންނަނީ އެއްވެސް މިނިވަން ކަމެއް ނެތި މަސައްކަތްކުރާތަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 އޯގަސްޓު 2017 | ހޯމަ 13:57
މެމްބަރު އަލީ ހުސެއިން:-

މެމްބަރު އަލީ ހުސެއިން:-

އިލެކްޝަންސް ކޮމިޝަނުން ހަ ދާއިރާއެއްގެ ބައި އިލެކްޝަން އިއުލާން ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހާފައި ކަމަށާއި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހޭ ފަދަ ހާލަތެއް އައިސްފައިނުވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައި ކަމަށެވެ.

Advertisement - newsAdvertisement

ތުލުސްދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، ވިލިނގިލީ ދާއިރާ އަދި ދިއްދޫ ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމީ އެއީ ހުކުމެއް ނެރެން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ މެމްބަރުކަން ގެއްލިފައިވާ މައްސަލަ އާއިމެދު ހިލާފު އުފެދުމުން ސުޕްރީމް ކޯޓުން އެކަމުގައި ހުކުމެއް ނެރެން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ނިންމާފައިވެއެވެ.. އެ ނިންމުން ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ހުރިހާ ވަކީލުންނަށް ވެސް ހުކުމް ވަރަށް ސާފު ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާން ކޮށްފައިވާ ދާއިރާތަކުގެ ގޮނޑި ގެއްލުނު ކަމާމެދު ސުވާލު ވެސް ނުއުފެދޭ ކަމަށެވެ.

" ސުޕްރީމް ކޯޓުން ވަރަށް ސާފުކޮން ބަޔާންކޮށްފައި އެބަ އޮތް 13 ޖުލައި 2017 ގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ގޮނޑި ގެއްލޭނެ ފަދަ އެއްވެސް ސަބަބެއް މެދުވެރިވެފައިއެއް ނުވޭ. އެހެންވެގެންނޭ ކުރު ނިމުމެއްގެ ގޮތުގައި ވަގުތީ ނިންމުމެއްގެ ގޮތުގައި އެ ނިންމުން އެ ނިންމީ" އަލީ ހުސެއިން ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިއަދު ފެންނަނީ އެއްވެސް މިނިވަން ކަމެއް ނެތި މަސައްކަތްކުރާތަން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ވެސް ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމުމަކީ އެ ކޮމިޝަން މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމިނާއި ސަރުކާރުން އަންގާހާ ގޮތަކަށް އަންގައިދޭ ހެއްކެތް ކަމަށް ވިދާޅުވި އެވެ

" ރައީސް ޔާމިން ނުވަތަ ސަރުކާރުން އަންގާހާ ގޮތަކަށް ކަންކުރާކަމުގެ ވަރަށް ވަރުގަދަ ހެއްކެތް ރޭގައި ( އާދިއްތަ ދުވަހުގެ ރޭ ) ވެސް އެ ފެނުނީ. ގާތްގަނޑަކަށް ހަތް ގަޑިބައިކަށްހާއިރު ސުޕްރިމް ކޯޓުގެ އެ ނިންމުންތައް އަޅުގަނޑުމެނަށް ލިބުނީ. އަޅުގަނޑުމެނަށް ފެނުނީ 10 ބައި ނުވަތަ 11 ޖަހަން ކައިރިވެފައި ހުއްޓާ ބައި އިލެކްޝަން ބާއްވަން ނިންމި ވާހަކަ. އެކަން ކަމާމެދު ބަހުސް ވެސް ކުރެވެން ޖެހޭނެ. އެކަމު މިކަހަލަ ކަންތައް ބަޔާންކޮށް ބަޔާނެއް ނެރުނީމަ އަޅުގަނޑުމެނަށް އެބަ އިނގޭ އެ ކޮމިޝަނުގެ މެމްބަރުން ތިއްބަވަނީ ކިހާ މިނިވަންކޮންކަން،" އޭނާ ވިދާޅުވި އެވެ.

އަދި އެހެންމެ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް މާނަކުރާ މީހުންނަށް ރައްދު ދެއްވާ އޭނާ ވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމުގެ ވާހަކަ އޭގައި ނެތް ކަމަށެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާން ކޮށްފައިވާތީ ސުޕްރީމް ކޯޓުގެ ނިންމުން އިތުރަށް ތަފްސީލް ކުރުމަށް އިއްތިހާދުން ކުރާނެ ކަމެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 މާއްދާގެ (ބ) އުވާލަން އެ މައްސަލާގައި އެދިފައިވާއިރު އެކަމަށް ގޮތެއް ކަނޑައަޅާފައިނުވުމުގެ މާނައަކީ އެ މާއްދާ ރަނގަޅުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ބޭސްފަރުވާގެ އިންތިޒާމްތައް ހަމަ ޖައްސަދީފައިނުވާ މައްސަލާގައި އަލީ ހުސެއިން ވިދާޅުވީ ސަރުކާރުން އަމަލު ކުރަނީ ހުކުމުގެ އެއްބަޔަށް ކަމަށެވެ.

" ގުރޭޑް ހަތަރެއްގައި އުޅޭ ކުއްޖާއަށް ވެސް އެނގޭ މިންވަރަށްނޫންތޯ އެ އޮތީ ލިޔެފަ. އޮނަރަބަލް ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ވީ އެންމެހާ އަވަހަށް ސަރުކާރުގެ އެންމެހާ އިދާރާތަކުން ހަމަ ޖައްސަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް