Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަން

ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން

14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:01

ސަރުކާރުން ދަނީ ސިޔާސީ ވަކި ނަސްލެއް ނައްތާލަން މަސައްކަތް ކުރަމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 14 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:01
ގާސިމް އިބްރާހިމް އޭޑިކޭ ހޮސްޕިޓަލުގައި ގެންދަނީ -- ފޮޓޯ:ރާއްޖެ އެމްވީ

ގާސިމް އިބްރާހިމް އޭޑިކޭ ހޮސްޕިޓަލުގައި ގެންދަނީ -- ފޮޓޯ:ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ފޮނުވާދޭން އެދިވަޑައިގަތުމުން ސަރުކާރުން ކުރަމުންދަނީ "ޖެއްސުން" ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާއަށް އިތުރުކޮށްދިން މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެންމެ ފުރަތަމަ ވެސް ތިން މަސްދުވަސް ދޭން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ފުރަތަމަވެސް 10 ދުވަސް ދިނުމުން ސަރުކާރުގެ އިހްލާސްތެރިކަން ނެތްކަން ހާމަވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އޭގެ ފަހުން މުއްދަތު އިތުރުކޮށްދޭން އެދުމުން 10 ދުވަސް އިތުރުކޮށްދިނީ ވެސް ޖެއްސުމަށް ކަމަށް އަމީތު ވިދާޅުވި އެވެ.

ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޑޮކްޓަރުގެ ލިޔުންތަކާއެކު ހުށަހެޅުމުންވެސް އެކަން ކޮށްދިނުމަށް ފުރަތަމަ ދެކޮޅު ހެދިކަމަށް ވެސް އަމީތު ފާހަގަ ކުރެއްވި އެވެ. އަދި ތިން މަސްދުވަހު ސިންގަޕޫރުގައި މަޑުކުރެއްވުމަށް ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާދިނުމުން 10 ދުވަސް ދިނީ އިހްލާސްތެރި ކަމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

" ބަލިމީހަކު ބައްލަވާ ޑޮކްޓަރަކު ބައްލަވާފައި މިހާ މުއްދަތެއް މި ބައްޔަށް ފަރުވާ ކުރުމަށް އެދުނީމަ ކަރެކްޝަންގެ މެޑިކަލް ބޯޑުގައި ތިއްބަވާ ބޭފުޅުން އިއުތިރާޒް ކުރައްވާނެ ތަނެއް އޮންނާނެ ކަމަކަށް މިއީ އިންސާނީ ހަމަ ބުއްދިއަށް ވިސްނޭ ކަމެއް ނޫން. އަޅުގަނޑުމެނަކަށް ނުވިސްނޭ ކޮން ގްރައުންޑަކުން ކަމެއް މިކަމާ ދެކޮޅު ހައްދަވަނީ،" އަމީތު ވިދާޅުވި އެވެ.

ގާސިމާމެދު ސަރުކާރުން ހިތަމުންދަނީ ވަރަށް އިހާނެތިކޮން ކަމަށް ފާހަގަ ކުރައްވައި، އަމީތު އިތުރަށް ވިދާޅުވީ ކޯޓުގެ ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް އަންގާފައިވަނިކޮށް އެކަން ނުކުރަން ސަރުކާރަށް ހުއްޖަތެއް ނުދެއްކޭނެ ކަމަށެވެ. އަދި ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގައި ވެސް ހަމަ ނުޖެހޭ އެތައް ކަމެއް ހުރިއިރު އޭނާއާމެދު ސަރުކާރުން ވެސް އަމަލު ކުރަމުން ދަނީ "ވަރަށް އަނިޔާވެރިކޮން" ކަމަށްވެސް ވިދާޅުވި އެވެ.

" ގާސިމް އިބްރާހިމާމެދު މި ގޮތަށް އަމަލު ކުރެވެމުންދާއިރު ވަޒީރުން ޓީވީތަކަށް އިންޓަވިއު ދެއްވާފައި އެބަ ވިދާޅުވޭ ވަރަށް އިހްލާސްތެރތިކަމާއި، އިހްސާންތެރިކަމާއެކު ކަމަށް. އިހްލާސްތެރިކަމާއެކު އިހްސާންތެރިކަމާއެކު ކަންކަން ކުރައްވާ އުސޫލަކުން ނޫން ކަންކަން ކުރައްވަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން މަސައްކަތްކުރަނީ ސިޔާސީ ގޮތުން ނަސްލެއް ނައްތާލަން ކަމަށްވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންނާމެދު ސަރުކާރުން އަމަލު ކުރަމުންދަނީ ގާނޫނުތަކާ ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް