Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ރާއްޖެޓީވީ ރޯކޮށްލައިގެން އުޅުނު ދުވަސްވަރު އިބޫގެ އަނބިކަނބަލުން ދެއްވި ޚިޔާލުފުޅަށް ތިން މަސް ވަންދެން އިމާރާތުގައި ގުރުއާން ކިޔެވި: ސައްލެ

18 އޮކްޓޯބަރު 2018 | ބުރާސްފަތި 12:56

ފަޒޫ އަމިއްލަފުޅަށް ގުޅުއްވައި ހިތްވަރު ދެއްވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 12:56
ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލައިގެން އުޅުނު ދުވަސްވަރު ތިން މަސް ދުވަސްވަންދެން އޭރު ރާއްޖެޓީވީ ހިންގި ދެ އިމާރާތުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު(ފަޒޫ)ދެއްވި ޚިޔާލުފުޅަށް ގުރުއާން ކިޔެވުން ކުރިއަށް ގެންދިޔަ ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ސޯލިހު ރާއްޖެ ޓީވީ އަށް ވަޑައިގެން އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައްލެ ވިދާޅުވީ ރާއްޖެޓީވީ ރޯކޮށްލި ދުވަސްކޮޅަކީ އަލިފާނުގެ ހަމަލާތަކާއި މުވައްޒަފުންނަށް ނުރައްކާތަކާއި ކުރިމަތިވެގެން ދިޔަ ދަނޑިވަޅެއް ކަމަށާއި ފަޒޫ އަމިއްލަފުޅަށް ގުޅުއްވައި ހިތްވަރު ދެއްވިކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔެވުން ކަމަށް ވިދާޅުވެފައިވާ ކަމަށް ސައްލޭ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އެކަމަނާ އަމިއްލަފުޅަށް އެ ޚިޔާލު ދެއްވުމުން ތިންމަސް ވަންދެން އޭރު ރާއްޖެޓީވީ ހިންގި ދެ އިމާރާތުގައި ގުރުއާން ކިޔުއްވެވި ކަމަށް ސައްލެ ވިދާޅުވިއެވެ.

"ގުޅުއްވާފައި ވިދާޅުވި ތިހުރިހާ ބިރުވެރިކަމެއް ނާމާންކަމެއް ތިމަންނަ މިދަނީ އިހުސާސް ކުރަމުންނޭ އަދި ތަންކޮޅެއް މަންޒަރުން ދުރުގައި ހުއްޓަސް. ތިކަމުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ކޮންމެ ދުވަހަކު ގުރުއާން ކިޔެވުމޭ. އޭރު އަޅުގަނޑުމެންގެ އޮފީސް ހިނގަމުންދިޔައީ ދެ އިމާރާތެއްގައި ވަރަށް ދަތި ހާލުގައި. ކޮންމެ ދުވަހަކު ގުރުއާން ކިޔަވާ މީހަކު ހެނދުނު ދެ އިމާރާތުގައި ތިން މަސްދުވަސް ވަންދެން ގުރުއާން ކިޔަވަމުން ގެންދިޔަ. އެފަރާތަކީ(ޚިޔާލު ދެއްވި) އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ފަޒޫ." ސައްލެ ވިދާޅުވިއެވެ.

ރާއްޖެޓީވީ ރޯކޮށްލާފައިވަނީ 7 އޮކްޓޯބަރ 2013 ވަނަ ދުވަހުއެވެ. ރޯކޮށްލާފައިވަނީ ރާއްޖެޓީވީގައި އެވަގުތު ޑިއުޓީއަށް ހުރި ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލުމަށްފަހުއެވެ.

ސައްލެ ވިދާޅުވީ މިހާރުވެސް އިންތިޚާބީ ރައީސް ސޯލިހުގެ އަނބިކަނބަލުންނަކީ ސްޓޭޝަންގެ މުއައްޒަފުންނާއި ވަރަށް ގާތްކޮށް ކަންތައްތައް ބަހައްޓަވަމުން ގެންދަވާ ބޭކަނބަލެއް ކަމަށެވެ. އަދި އެއީ ސްޓޭޝަނަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް