Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމީޓޫ މޫވްމެންޓް

ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ އިސްތިއުފާ ދެއްވައިފި

ގިނަ އަދަދެއްގެ އަންހެނުން ވަނީ އަކްބަރުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 11:59
އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ މުބައްޝިރު ޖާވިދު އަކްބަރު

އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ މުބައްޝިރު ޖާވިދު އަކްބަރު

އެކި ދުވަސްވަރު ގިނަ އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ރައްދުވެފައިވާ އިންޑިއާގެ ޖޫނިއަރ ފޮރިން މިނިސްޓަރ މުބައްޝިރު ޖާވިދު އަކްބަރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިންޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދާ #MeToo ކެމްޕެއިންގެ ތެރެއިން ގިނަ އަދަދެއްގެ އަންހެނުން ވަނީ އެކި ދުވަސްވަރުގެ މަތިން އަކްބަރު އެމީހުންނަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިހާރު އުމުރުން 67 އަހަރުގެ އަކްބަރާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވާ އިރު މި ތުހުމަތުތައް ކުރި އަންހެނުންގެ ތެރޭގައި ގިނައިން ހިމެމެނީ ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ނޫސް އެޑިޓަރެއްގެ ގޮތުގައި އަކްބަރު މަސައްކަތް ކުރިއިރު އޭނާ އާއި އެކު މަސައްކަތްކުރި މީހުންނެވެ.

އަކްބަރަކީ އިންޑިއާގެ #MeToo ކެމްޕެއިންގެ ތެރެއިން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު އިރު އެންމެ އިސް މަޤާމެއްގައި ހުރި މީހާ ކަމަށްވާއިރު، އޭނާގެ މައްޗަށް ކުރެވުނު ގިނަ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. ބުދަ ދުވަހު އިސްތިއުފާ ދެއްވި އިރު އަކްބަރު ވަނީ އެނާ އާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވާ ނޫސްވެރިއަކާއި ދެކޮޅަށް އަބުރުގެ ދައުވާ ވެސް ކޮށްފައެވެ.

"އަޅުގަނޑާއި ދެކޮޅަށް ކޮށްފައިވާ ދޮގު ތުހުމަތުތަކަށް އިންސާފު ހޯދުމަށް އަމިއްލަ ހައިސިއްޔަތުން ކޯޓަށް ދިއުމަށް ނިންމާފައި ވާތީ އަޅުގަނޑު ދެކެނީ މިވަގުތު އަޅުގަނޑު ހުރި މަޤާމުން އިސްތިއުފާ ދިނުމަކީ އެންމެ މުނާސަބު ގޮތް ކަމަށް"، ބުދަ ދުވަހު އަކްބަރު އާންމު ކުރެއްވި ބަޔާނެއްގައި ވެއެވެ.

ތުހުމަތުތަކާއި ގުޅިގެން އަކްބަރު އިސްތިއުފާ ދެއްވިއިރު، #MeToo ކެމްޕެއިންގެ ތެރެއިން އިންޑިއާގެ ބާރުގަދަ މަޤާމުތަކުގައި ތިބި އެކިއެކި ސިޔާސީ ފަރާތްތަކާއި، މަޝްހޫރު އެކިއެކި ފަރާތްތަކާއި ދެކޮޅަށް ވެސް އެކި ފަރާތްތަކުން ދަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު