Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުންގެ އިސްވެރިން

މިނިސްޓަރ ޝައިނީ އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

17 އޮކްޓޯބަރު 2018 | ބުދަ 06:03

ޝައިނީ ވަޑައިގެން މިވަގުތު ހުންނެވީ ކޮލަމްބޯގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އޮކްޓޯބަރު 2018 | ބުދަ 06:03
މިނިސްޓަރު ޝައިނީ

މިނިސްޓަރު ޝައިނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިސްކޮށް އުޅުއްވި މިނިސްޓަރ މުހައްމަދު ޝައިނީ، އޭނާގެ އާއިލާއާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝައިނީ، އޭނާގެ އާއިލާއާ އެކު ވަޑައިގެންނެވި ކޮލަމްބޯ އަށެވެ. ޑރ. ޝައިނީ ފުރީ އަންގާރަ ދުވަހުގެ ހަވީރު 16:20ގައި، EK652 ފްލައިޓުންނެވެ. ޝައިނީއާ އެކު ވަޑައިގެންނެވީ އޭނާގެ އަނބިކަނބަލުންނާއި ދެ ކުދިންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝައިނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާފައިވާއިރު، ސަރުކާރުގެ އިސްވެރިން ފައިސާ ރައްކާކުރުމުގެ ގޮތުން ރާއްޖޭގައި ހުރި ފައިސާތައް ރާއްޖެއިން ބޭރަށް ގެންދަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ވަރަށް އަވަހަށް ސަރުކާރުގެ އިސް ފަރާތްތައް ރާއްޖެ ދޫކޮށް ވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. އަދި އެކަން ތަހުގީގުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފޮލިހަށް ވެސް ހުށަހަޅުއްވާފައި ވެއެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ވެރިކަން ހަވާލު ކުރުމުގެ ކުރުމުގެ ކަންކަން ކުރިއަށްދާއިރު، ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހަށް އެއްބާރުލުން ދެއްވުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޝައިނީ މީގެ ކުރިން ދެކޮޅު ހެއްދަވާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑރ. ޝައިނީ ކީ ބޭރު ދުނިޔޭގައި ސަރުކާރު ޕްރޮމޯޓްކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވަޒީރެވެ. އަދި ހާއްސަކޮށް، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ސަރުކާރުން އެކިއެކި ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޝައިނީ އަދާ ކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާއަށް ގޮވާލެއްވުމާއި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ވެސް ހުންނެވި ޑރ. ޝައިނީއެވެ.

ޑރ. ޝައިނީ ރާއްޖެއިން ބޭރަށް މި ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިވުމާއި ގުޅިގެން، އާ ސަރުކާރާ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރަމުންދާ ދަނޑިވަޅުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް