Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވަކީލު ހިސާން ހުސައިން

ގާނޫނީ ވަކީލު ހިސާން ރާއްޖޭގެ "ވޮންޑަރ ވުމަން" އަށް!

ހިސާންއަކީ އިންތިހާބާ ގުޅޭ މައްސަލައިގައި ތަދައްހުލްވެފައިވާ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2018 | އަންގާރަ 05:57
ސުޕްރީމް ކޯޓުގެ މައްސަލައިގައި ތަދައްހުލުވެފައިވާ ޕާޓީތަކުގެ ފަރާތުން ވަކާލާތުކުރައްވާ ގާނޫނީ ވަކީލުން

ސުޕްރީމް ކޯޓުގެ މައްސަލައިގައި ތަދައްހުލުވެފައިވާ ޕާޓީތަކުގެ ފަރާތުން ވަކާލާތުކުރައްވާ ގާނޫނީ ވަކީލުން

ސުޕްރީމް ކޯޓަށް ވަނީ މި ދުވަސްވަރު އެންމެންގެ ސަމާލުކަން ހުއްޓިފައެވެ. ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގައި ދެފަރާތުން ދައްކަމުންދާ ވާހަކަތަކަކީ ދިވެހިން ކަނުލާ އަޑު އަހަމުންދާ ވާހަކަތަކެވެ. ވަކިން ހާއްސަކޮށް ތަދައްހުލުވެފައިވާ ވަކީލުން މިފާއިތުވެދިޔަ ދެ ދުވަހުގެ އަޑުއެހުމަށްފަހު ނޫސްވެރިންނާ ހިއްސާ ކުރި ވާހަކަތަކަކީ ފާހަގަކޮށްލެވޭ ވާހަކަތަކެވެ. ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަތައް އިންތިހާއަށް ވަނީ ވައިރަލްވެފައެވެ. މިކަންތައްތަކުގެ ތެރެއިން މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިންނަށް ލިބުނު ސަމާލު ކަމަކީ ވެސް ފާހަގަކޮށްލަންޖެހޭ ކަމެވެ. މުޅި ސޯޝަލް މީޑިއާގައި އޭނާއަށް ތައުރީފުގެ ބަސްތަށް އަންނަނީ ބަންޑުން ކުރަމުންނެވެ. އޭނާގެ ކުޅަދާނަ ކަމަށާއި ގަޓު ހުރި ކަމާއި ކެރުންތެރިކަން ހުރި މިންވަރުގެ ވާހަކައެވެ.

ސޯޝަލް މީޑީއާގައި އެއް ފަރާތަކުން ވަނީ ހިސާން ހުސައިންއަކީ ރާއްޖޭގެ އާމާލް ކްލޫނީގެ ގޮތުގައި ވެސް ސިފަ ކުރައްވާފައެވެ. އަދި އިނގިރޭސި ސްޕައި އެޖެންޓް ޖޭމްސް ބޮންޑްއާ ގުޅުވައިގެން "ބޮންޑް ގާލް"ގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.

ހޮލީވޫޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީގެ އަނބިކަނބަލުން އާމާލް ކްލޫނީއަކީ ދުނިޔޭގެ ފާހަގަކުރެވުނު މަޝްރޫހު މައްސަލަތަކުގައި ހައި ޕްރޮފައިލް މީހުންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި އާމާލް ކްލޫނީ މަޝްހޫރުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިސާބުންނެވެ. އާމާލް ކްލޫނީއަކީ ފެޝަން ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ ފެޝަން ސްޓައިލްގެ ސަބަބުން އޭނާއަށް މީޑިއާގައި ލިބޭ ސަމާލުކަން އިތުރުވެގެންދެއެވެ. މިހުރިހާ ކަމަކަށް ވުރެ ވެސް އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކުގައި އެކަމަނާ ހޯއްދަވާފައިވާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

އަމާލްއެކޭ އެއްގޮތަށް ފަހުގެ އަހަރުތަކުގައި ރާއްޖޭގައި ހިންގި ބޮޑެތި ޝަރީއަތްކުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެއް ވަކީލަކީ ހިސާންއެވެ. ޝަރީއަތްތަކަށް ވަޑައިގަންނަވާ އިރު ވަރަށް ތައްޔާރުވެވަޑައިގަންނަވައެވެ. އަމާލްއާ އެކު ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުން ތަޖުރިބާތަކެއް ވެސް ހިސާން އަށް ވަނީ ލިބިވަޑައިގެންފައެވެ. ހެދުން ތުރުކުރެއްވުމުގައި ވެސް އަމިއްލަ ވަންތަ ގޮތްތަކެއް ފާހަގަކުރެވެއެވެ. އަބަދުވެސް އޭނާ ފެނިގެންދަނީ ވަރަށް ރީތިކޮށް އަދި ސާފުކޮށް ހެދުން ތުރުކުރައްވާ ފަރާތެއްގެ ގޮތުގައެވެ.

އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހިސާން މީހުންގެ މައްސަލައާ ހަވާލު ވަނީ ރާއްޖޭގެ ކޯޓުތަށް އޮތް ގޮތް އެނގިވަޑައިގެން ކަމަށެވެ. ހަވާލުވާ ކޮންމެ މައްސަލައަކީ އެއް ކޮޅަށް ނިމޭނެ މައްސަލައެއް ނޫންކަން ވެސް އެނގިވަޑައިގެންނެވެ. އެހެން މީހަކު ބުނީ ހިސާންއަކީ ރާއްޖޭގެ ވޮންޑަރ ވުމަން ކަމަށެވެ. ސޯޝަލް މީޑިއާގައި އެހެން މީހަކު ފާހަގަކުރި ގޮތުގައި ހިސާންގެ މަސައްކަތަކީ ފާހަގަކުރެވޭ މަސައްކަތެއް ކަމަށާއި އޭނާއާ މެދު ފަހުރުވެރިވާ ކަމަށެވެ.

އެހެން މީހަކު ބުނީ ހިސާންއަކީ ގަދަ މީހެއް ކަމަށާއި މި ފާއިތުވެދިޔަ ހަތް ވަރަކަށް އަހަރުގައި ހިސާނުގެ މަސައްކަތް ރައްޔިތުންނަށް ފެނިގެން ހިނގައްޖެ ކަމަށެވެ.

ހިސާންއަކީ އިންސާފު ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ވަކީލެއް ކަމަށާއި ހިސާނުގެ މަސައްކަތަކީ ދިވެހި ރައްޔިތުން ފަހުރުވެރިވާ މަސައްކަތްތަކެއް ކަމަށް އެހެން މީހަކު ބުންޏެވެ.

މިއީ ސޯޝަލް މީޑީއާގައި މީހުން ފާޅުކޮށްފައިވާ ހިޔާލުތަކެވެ. ޝަރީއަތުގެ އަޑުއެހުންތަކަށް ފަހު ދެއްވާ އިންޓަވިއުތަކުގައި ހިސާން ބޭނުންކުރައްވާ ބަސް މަގު ވެސް ގިނަ ބަޔަކު ފާހަގަކުރައްވައެވެ. މިހާރު ކުރިއަށްދާ ޝަރީއަތުގައި ހޯމަ ދުވަހު އޮތް އަޑުއެހުމަށް ފަހު ހިސާން ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ބަލި ގަބޫލު ނުކުރުމަށް ޕީޕީއެމް އިން އަމިއްލައަށް އުފައްދާފައިވާ ކޮންސްޕިރެސީ ތިއަރީއެއްގެ މައްޗަށް ކަމަށެވެ. ހުށަހަޅާފައިވާ މައްސަލައިގައި ހަމައެކަނި މަދުވަނީ "އުދުހޭ މުސައްލައެއް"ގެ ވާހަކަ އެކަނި ކަމަށް ވިދާޅުވިއެވެ. މި މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި މައްސަލަ ހުށަހަޅާފައި ވަނީ ބާތިލް ކަންތައްތަކެއް މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ހިސާން ހުސައިން

މިވާހަކަތައްވެސް ރާއްޖޭގެ ހުރިހާ މީޑީއާއެއްގެ ފަލަސުރުހީ ތަކުން ފެނިގެންދިޔައެވެ. ހިސާން ވަނީ މިމައްސަލައިގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގާނޫނީ ވަކީލު ކަމަށާއި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލު ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް މަސައްކަތްކުރައްވާފައި ވެއެވެ.

ހިސާނަށް ގިނަ ބައެއްގެ ތައުރީފު ލިބެމުންދާ އިރު ދިވެހި މުޖުތަމައު އަށް ބަލާއިރު އިސް މަގާމުތަކުގައި އަންހެނުންނަށް ފައިތިލަ ހަމަކޮށްލެވޭ ވަރު ނިސްބަތުން މަދެވެ. ޕޮލިސީތައް އެކުލަވާލާ ލެވެލްގައި އަންހެނުންގެ ދައުރު މަދު ނަމަވެސް އެފަދަ ލެވެލްތަކުގައި މަސައްކަތްކުރާ، ނުވަތަ މަތީ ފަންތީގެ ވަޒީފާތަކުގައި މަސައްކަތްކުރާ ދިވެހި އަންހެނުންނަކީ ފާހަގަކޮށްލެވޭ އަންހެނުންނެވެ. އެ މީހުންގެ މަސައްކަތްތުގައި ކެރުމާއި ކުޅަދާނަކަން އަންނަނީ ދައްކަމުންނެވެ. ހިސާން ވެސް ވެގެން މިދިޔައީ އެފަދަ މިސާލަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު