Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯލިޝަންގެ ކާމިޔާބީ ފާހަގަކުރުން

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުން ހަރަކާތެއް ބާއްވައިފި

މި ހަރަކާތު ގައި އިންތިޚާބީ ނާއިބު ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޮކްޓޯބަރު 2018 | އަންގާރަ 14:09
ގުޅިފައިވާ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންބޭއްވި ހަފްލާގައި އިންތިހާބީ ރައީސް ސޯލިހް ހަފްލާއަށް ހާޒިރުވި ފަރާތަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ގުޅިފައިވާ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންބޭއްވި ހަފްލާގައި އިންތިހާބީ ރައީސް ސޯލިހް ހަފްލާއަށް ހާޒިރުވި ފަރާތަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ނިމިދިޔަ ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ކުރެވުނީތީ އެކަމުގެ އުފާ ފާޅު ކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ މީރުބަހުރު ބަނދަރު (ނޯތު ހާބަރު) ސަރަހައްދުގައި ބޭއްވި މި ހާއްސަ ހަރަކާތް ފެށުނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އެ ސަރަހައްދަށް ވަޑައިގެންނެވުމުންނެވެ.

Advertisement - newsAdvertisement

އިންތިހާބީ ރައީސް ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އެ ސަރަހައްދަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ބައެއް އިސްބޭފުޅުންނެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މި ހަފްލާއަށް ހާޒިރުވި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވައި އެފަރާތްތަކާއި އެކު ފޮޓޯ ނަންގަވާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގމޭޓް ފައިސަލް ނަސީމަށް އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެ އާއި ރަށްރަށުގައި ދަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ ބަލި ގަބޫލުކުރައްވައި އެކަން އިއުލާނު ކުރެއްވުމަށް ފަހުއެވެ. މި އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވޯޓުގެ 58.4 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 އިންސައްތައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
12 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު