Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުގާބޭ ވެރިކަމުން ދުރުކުރުން

މުގާބޭ ހުންނަވާނީ ހަމަޖެހިވަޑައިގެން ވަރުގަދަ ރިޓަޔަރަމެންޓް ޕެކޭޖެއްގައި:ނަންގަގްވާ

25 ޖެނުއަރީ 2018 | ބުރާސްފަތި 06:24

ނަންގަގްވާ ވިދާޅުވީ ދައުވާ ނުކުރެވޭނެ ފަދަ އިމްތިޔާޒެއް އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ޖެނުއަރީ 2018 | ބުރާސްފަތި 06:24
މުގާބޭއާއި އާއިލާ ދިރިއުޅުއްވާފައިވަނީ މުއްސަނދި ދިރިއުޅުއްވުމެއް

މުގާބޭއާއި އާއިލާ ދިރިއުޅުއްވާފައިވަނީ މުއްސަނދި ދިރިއުޅުއްވުމެއް

ދިގު މުއްދަތެއްގައި ޒިމްބާބުވޭގެ ރައީސްކަން ކުރައްވާފައިވާ ރޮބަރޓް މުގާބޭ ހުންނަވާނީ ހަމަޖެހިވަޑައިގެން ވަރުގަދަ ރިޓަޔަރަމެންޓް ޕެކޭޖެއްގައި ކަމަށް މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި އެމަރސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

އެހެން ނަމަވެސް ބީބީސީގެ މިޝާލް ހުސެއިންއަށް ދެއްވި ވަންޓު ވަން އިންޓަވިއުގައި ނަންގަގްވާ ވަނީ އެއްވެސް މީހަކީ އެމީހަކަށް ދެވިފައިވާ އިމްތިޔާޒްގެ ދަށުން ދައުވާ ނުކުރެވޭނެ މީހެއް ނޫން ކަމަށެވެ.

މުގާބޭއާއި އެ މަނިކުފާނުގެ އާއިލާއިން އުޅުއްވި އާދަޔާ ޚިލާފު މުއްސަނދި ކަމާއިއެކު އެ އާއިލާއިން ހިންގާފައިވާ ކަންކަމަށް ޖަވާބުދާރީ ކުރެވުމަކީ ޒިމްބާބުވޭގެ ގިނަ ރައްޔިތުން ދެކެމުން އަންނަ ދުވަހެކެވެ.

ބީބީސީގައި ވާހަކަ ދައްކަވަމުން ނަންގަގްވާ ވިދާޅުވީ" އެއްވެސް މީހަކަށް އެއްވެސް އިމްތިޔާޒެއް ނުދެއްވާ" ކަމަށެވެ. އަދި އާއިލީ ދިރިއުޅުއްވުން ހަމަޖެހިގެން އުޅުއްވޭކަން އާ ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.

ޒިމްބާބުވޭގައި 37 އަހަރު ވެރިކަން ކުރައްވާފައިވާ މުގާބޭގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މުއްސަނދިކަމުގެ ސަބަބުން އެފްރިކާގެ ގައުމުތަކުގެ ބްރެޑް ބާސްކެޓްގެ ގޮތުގައި އޮތް ޒިމްބާބުވޭ މުގާބޭގެ ވެރިކަމުގައިވަނީ އެ ގައުމުގެ ރައްޔިތުން ބަނޑުފުރާނަ މުއްތިކުރަން ދަތިތަކާ ކުރިމަތިވި ނިކަމެތި ގައުމަކަށްވެފައެވެ. ނަމަވެސް އޭރުވެސް ދިރިއުޅުއްވާ މުއްސަނދި ދިރިއުޅުއްވުމުގެ ސަބަބުން މުގާބޭގެ އަނބި ކަނބަލުން މަޝްހޫރުވެފައިވަނީ "ގުޗީ މުގާބޭ" ނަމުންނެވެ.

މުގާބޭއާއި މިހާރުގެ ރައީ ނަންގަގްވާ ވެސް ހިމެނިވެޑައިގަންނަވާގޮތުން އެ މަނިކުފާނުގެ ސަރުކާރުގެ އޮފިޝަލުންގެ މައްޗަށް ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތްކަމުގެ ތުހުމަތު ފުޅާދާއިރާއެއްގައި ކުރެވިފައެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ،އަނިޔާކުރުމާއި އިދިކޮޅު އެކްޓިވިސްޓުން ރޭޕް ކުރުމުގެ ތުހުމަތު ހިމެނެއެވެ. ނަމަވެސް އެ ފަރާތްތަތަކުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

މީގެ ދެ މަސްކުރިން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ނަންގަގްވާ ވަނީ ވެރިކަމުގެ އިސްފަރާތްތަކުގެ ތެރޭ އޮތް ކޮރަޕްޝަން ނައްތާލައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
04 އޯގަސްޓު 2017

އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި

04 އޯގަސްޓު 2017
އަފްޣާނުގައި ހަަރަކާތްތެރިވާ ގުޅިފައިވާ ސިފައިންގެ ކޯލިޝަނަށް ވަރުގަދަ ހަމަލާތަކެއް ދީފި
29 ޖުލައި 2017

ވެރިކަމުންވެސް ނުފައިބާނަން، މަރެއްވެސް ނުވާނަން: ރައީސް މުގާބޭ

29 ޖުލައި 2017
ވެރިކަމުންވެސް ނުފައިބާނަން، މަރެއްވެސް ނުވާނަން: ރައީސް މުގާބޭ
01 ޖޫން 2017

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް