Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-އިނގިރޭސި ވިލާތް

ތެރީސާ މޭ އަށް ރަޝިއާ އިން ވަރުގަދަ ރައްދެއް!

އިނގިރޭސި ބޮޑުވަޒީރުގެ ވާހަކަފުޅުތައް ރަޝިއާ އިން ސިފަކޮށްފައި ވަނީ "ފޭކް" ޚަބަރެއްގެ ގޮތުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2017 | ބުދަ 02:40
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ

ރަޝިއާ އިން އިންތިޚާބުތަކަށް ނުފޫޒު ފޯރުވައި، ޑިޖިޓަލް ފޯމެޓުގައި ހުންނަ މައުލޫމާތުން ވައްކަން ކުރާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ކުރެއްވި ތުހުމަތުތައް ރަޝިއާގެ ސިޔާސީ އިސް ފަރާތްތަކުން ދޮގުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ހޯމަ ދުވަހުގެ ރޭ އިނގިރޭސި ބޮޑުވަޒީރު މޭ ވިދާޅުވީ ހުޅަނގުގައި ހަމަނުޖެހުން އުފެއްދުމަށް ދޮގު ޚަބަރު ފެތުރުމަށް ރަޝިޔާއިން މަސައްކަތް ކުރާ ކަމަށެވެ.

ބޮޑުވަޒީރު މޭގެ ވާހަކަފުޅާ ގުޅިގެން ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ފްރެންޓްސް ކްލިންޓްސެވިޗް ވިދާޅުވީ ތެރީސާ މޭ އަމިއްލަފުޅަށް ވަރަށް ގެއްލުން ހޯއްދަވައިފި ކަމަށާއި، "އަމިއްލަފުޅަށް މޮޔަފުޅުވަމުންދާ" ކަމަށެވެ. އަދި ކުރައްވާ ކަންކަމުން ބައިނަލްއަގްވާމީ މައިދާނުގައި ރަޝިއާގެ މަގުބޫލުކަން ބޮޑުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އެލެކްސީ ޕުޝްކޯވް ވިދާޅުވީ "އިރާގު އަޅުވެތި ކުރުމާއި، ލީބިއާގައި ހިނގާ ހަނގުރާމަ އާއި، ޔޫރަޕްގައި ޓެރަރިޒަމް ފެތުރެމުންދާ" ކަމަށެވެ. އަދި "ރަޝިއާ އަށް ހަމަލާދީގެން އެކަން ނުހުއްޓުވޭނެ" ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ބޮޑުވަޒީރު މޭ ވިދާޅުވީ ރަޝިއާއާ ކުރިމަތިލާން އިނގިރޭސިވިލާތުން ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް އިނގިރޭސީންގެ ސިޔާދަތު އެގައުމުން އަމިއްލައަށް ދިފާއުކުރާނެ ކަމަށެވެ. ރަޝިއާގެ ރައީސް ވްލާޑީމިއާ ޕުޓިން އަށް އިންޒާރު ދެއްވަމުން މޭ ވިދާޅުވީ ރަޝިއާ އިން މިހާރު ހިނގާ މަގު ނޫން އެހެން މަގަކުން ހިނގަން ޖެހޭ ކަމަށެވެ. ރަޝިއާ މިހާރު ހިނގާ މަގު ކަމަށް މޭ އިޝާރާތް ކުރެއްވީ ރަޝިއާ އިން ކްރައިމިއާ އަށް އަރައިގަތުމާއި، ޔޫކްރެއިންގެ މަސްރަހު ހަލަބޮލި ކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން އެގައުމުން ޔޫރަޕްގެ ގައުމުތަކަށް ދެމުންދާ ސައިބަރ ހަމަލާތަކަށެވެ.

އިންތިޚާބުތަކަށް ރަޝިއާ އިން ނުފޫޒު ފޯރުވާ ކަމަށް އިނގިރޭސި ވިލާތުން ތުހުމަތުކުރާއިރު 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ވެސް ރަޝިއާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވެއެވެ. އެހެން ނަމަވެސް އިންތިޚާބަށް ނުފޫޒު ނުފޯރުވާ ކަމަށް ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވާ ވިދާޅުވުން ގަބޫލު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވިދާޅުވެފައި ވެއެވެ.

މޭގެ ވާހަކަފުޅާ ގުޅިގެން އިނގިރޭސި ވިލާތުގައި ހުންނަ ރަޝިއާ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެކަމަނާގެ ވާހަކަފުޅު ސިފަކުރައްވާފައި ވަނީ "ފޭކް ޚަބަރެއްގެ" ގޮތުގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު