Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ހާވީ

ތޫފާން ހާވީ: މަރުވި މީހުންގެ އަދަދު 40 އަށް ވުރެ މައްޗަށް

20،000 ގެ ނުވަތަ އިމާރާތް ޓެކްސަސް ސްޓޭޓް އިން ހަލާކުވެފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 07:22
ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައި

ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައި

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު މަރުވި މީހުންގެ އަދަދު މިހާރު 40 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި އަދި އެމެރިކާގެ ކޯސްޓް ގާރޑްއިން ވޭތުވެދިޔަ 48 ގަނޑިއިރު ތެރޭގައި އެކަނިވެސް ހާލުގައި ޖެހިފައިވާ 3000 މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެކްސަސް ސްޓޭޓަށް ކާރިސާގެ އެހީދިނުމާ ބެހޭ ގަރާރުގައި ސޮއި ކުރައްވާފައެވެ. ގެެއްލުން ލިބޭ ސަރަހައްދުތަކަށް އެ ގަރާރުގެ ދަށުން އެމެރިކާގެ މައި ސަރުކާރުން އެހީ ލިބިގެން ދާނެއެވެ.

ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ވެހެމުންދާ ވާރޭއާ ގުޅިގެން ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ވަގުތީ ހިޔާތަކުގައި އެ ސްޓޭޓުގެ 30،000 ރައްޔިތުން ބައިތިއްބަން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ. ޓެކްސަސްގެ ހިއުސްޓަން އަދި ޑާލަސް ސިޓީގައި ވަނީ ބޮޑެތި ވަގުތީ ހިޔާތައް ހުޅުވާފައެވެ. ހިއުސްޓަންގެ މޭޔަރު އަންގާުރަ ދުވަހު ވަނީ 18،000 މީހުންގެ ވަގުތީ ހިޔާއެއް ހުޅުވާދެއްވާފައެވެ.

އެމެރިކާގެ ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ސަބަބުން ގެއްލުންވެފައިވާ ފަރާތްތަކަށް ކުއްލި އެހީ ދިނުމަށް އެދި، އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އަށް އެދޭނެ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ވަނީ ބުނެފައެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓް އަށް ތޫފާން ހާވީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޓެކްސަސްގެ ހާލަތު ބެއްލެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އެ ސްޓޭޓް އަށް ޒިޔާރަތް ވެސް ކުރެއްވިއެވެ..

ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތްފަހުން ދިމާވި ފުރަތަމަ ގުދުރަތީ ކާރިސާ އަކީ ތޫފާން ހާވީ ކަމަށްވާއިރު، އެމަނިކުފާނު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ތޫފާން ހާވީ އިން ލިބިފައިވާ އަދި ލިބެމުންދާ ގެއެްލުންތަކުން އަރައިގަތުމަކީ "ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށާއި" އެހެން ނަމަވެސް އެމެރިކާގެ މައި ސަރުކާރުން ތިބީ ތޫފާނުގެ ސަބަބުން ޓެކްސަސް އަށް ލިބުނު ގެެއްލުންތަކުން އަރައިގަތުމަށް އެހީ ވުމަށް ތައްޔާރަށް ކަމަށެވެ.

.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު