Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ރޭސް 2018

ރައީސް ޔާމީން އެ ދަނީ ބޮލާލާ ޖަހަމުން، އެކަމަށް ކާޓޫނެއް ހަދަން ވެސް ހެޔޮ ނުވާނެ: އާޒިމް

ރައީސް ޔާމީން ވެރިކަމުން ފައިބައިފި ނަމަ ވަންނަން ޖެހޭނީ ޖަލަށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 13 އޮކްޓޯބަރު 2018 | ހޮނިހިރު 06:57
ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އާޒިމް

ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އާޒިމް

ރައީސް އަބްދުﷲ ޔާމީނަކީ "ބޮލާލާ ޖެހުމުގެ މާހިރެއް" ކަމަށާއި އެމަނިކުފާނުގެ ކަންތައްތައް ކުރައްވާ ގޮތުގެ މައްޗަށް ކާޓޫނެއް ހަދަން ވެސް ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި ގޮތުގައި ހުކުމެއް އިއްވުމުން ފަޑިޔާރުންތަކެއް ހައްޔަރުކޮށް، މަސީހް މަގާމުން ވަކިކުރަން އުޅުމުން މެމްބަރުންގެ ގޮޑިތައް ގެއްލުވާލައި، ރައީސް ޔާމީން ބޭނުންވާ ނަތީޖާތައް ނެރުމަށް ކުރި މަސައްކަތުން އެނގިގެން ދިޔައީ އެމަނިކުފާނަކީ ބޮލާލާ ޖެހުމުގެ މާހިރެއް ކަމެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން މިހާރު އެ އުޅުއްވަނީ ރައްޔިތުންގެ ބޮޑު ނިންމުން ބޮލާލާ ޖަހަން ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އާޒިމް އިޝާރާތް އެ ކުރައްވަނީ ސެޕްޓަމްބަރު 23 ގެ ވޯޓާ ގުޅޭ ގޮތުން ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ކަމަށް ބެލެވެއެވެ.

އިންތިހާބީ ޝަކުވާގެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި އިރު، އެމަނިކުފާނު ވަނީ ރަސްމީކޮށް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޕާޓީ ކަމަށްވާ ޕީޕީއެމް އިން ވެސް ރަސްމީކޮށް، އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލުކޮށް، އިންތިހާބުގެ ނަތީޖާ ގަބޫލު ކޮށްފައި ވެއެވެ.

އާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ލައިގެން އުޅެނީ އެންމެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ވެރިކަމުން ފައިބައިފި ނަމަ ޖަލު ނޫން ތަނަކަށް ވަންނަން ފުރުސަތު ނުލިބޭނެތީ ކަމަށެވެ. ކޮށްފައި ހުރި ކުށްތަކާއި ވެފައި ހުރި އިއުތިރާފްތަކުން ރައީސް ޔާމީނަށް އެނޫން އެއްވެސް ގޮތެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމުން ފޭބުމުގެ ކުރިން އެ އުޅުއްވަނީ ޖަލުން ސަލާމަތްވެވޭތޯ ބެލުމަށް ޖަހާ އެންމެ ފަހު މަޅި ޖަހަން ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު