Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޯކް ކެމްޕޭން

ޝެއަރ އަ ކޯކް ކެމްޕޭން ރާއްޖޭގައި ލޯންޗުކޮށްފި

ކެމްޕޭން ލޯންޗު ކޮށްދެއްވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޮކްޓޯބަރު 2018 | ހުކުރު 05:46
ޝެއަރ އަ ކޯކް ކެމްޕޭން ރާއްޖޭގައި ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޝެއަރ އަ ކޯކް ކެމްޕޭން ރާއްޖޭގައި ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކޮކާ ކޯލާ އިން ކުރިއަށްގެންދާ ޝެއަރ އަ ކޯކް ކެމްޕޭން ރާއްޖޭގައި މިއަދު ލޯންޗުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އަރޓް ގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗުކޮށްދެއްވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީއެވެ.

މި ރަސްމިއްޔާތުގައި ކޮކާ ކޯލާގެ ރީޖަނަލް މާކެޓިން މެނޭޖަރު އަމަރްނާތު ޑުޓާ ވިދާޅުވީ ޝެއަރ އަ ކޯކް ކެމްޕެއިނަށް ދުނިޔޭގެ އެކި ގައުމުތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެ ކެމްޕެއިން ރާއްޖެއަށް ތައާރަފުކޮށް ގާތް މީހުންނާއެކު ހާއްސަ ވަގުތުތައް ހިއްސާކުރެވޭނެ ކަމަށެވެ.

ޝެއަރ އަ ކޯކުގެ މަގުސަދަކީ ހަޔާތުގެ މުހިއްމު ބައިވެރިންނާއެކު ކޮކާ ކޯލާ ހިއްސާކޮށް، އުފާވެރިކަން ގެނެސްދިނުން ކަމަށެވެ. އަދި ކެމްޕެއިނާއެކު ފުޅީގެ ލޭބަލްގައި 16 ޓެގެއް ވަނީ ރާއްޖޭގައި ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ބައްޕަ އާއި މަންމަ އާއި ގާތް ރަހުމަތްތެރިންގެ ނަން ހިމެނުމުގެ ފުރުސަތު ލިބެއެވެ. ޝެއަރ އަ ކޯކް އެންމެ ފުރަތަމަ ލޯންޗުކުރީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ.

ކޮކާ ކޯލާ އިން ވަނީ މީގެ ފަސް މަސް ކުރިން ފުރަތަމަ ފަހަރަށް ދިވެހި ބަހުން ކޮކާ ކޯލާގެ އިޝްތިހާރެއް ލޯންޗުކޮށްފައެވެ. ރާއްޖޭގައި ހެދި އެ އިޝްތިހާރުގައި ދައްކުވައި ދެނީ އާއިލާއެއްގެ އުފާވެރިކަން ކޮކާކޯލާ އިން، ކެއުމުގެ ސުފުރާމަތީގައި ފުރިހަމަކޮށްދޭ ތަނެވެ. އަދި އެ އިޝްތިހާރުގައި ވާހަކަ ދައްކާފައި ވަނީ ވެސް ދިވެހި ބަހުންނެވެ.

ކޮކާކޯލާ އިން ބުނީ ރާއްޖޭގައި ހެދި ކޮކާ ކޯލާގެ އިޝްތިހާރުގައި ދިވެހިވަންތަކަން ގެނެސްފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ހާއްސަކޮށް ކޮކާ ކޯލާގެ އިޝްތިހާރުތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ކޮކާ ކޯލާ އަކީ ދިވެހިންގެ މަޝްހޫރުކަން ހޯދާފައިވާ ބުއިމެކެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި

08 ޖުލައި 2017
ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
27 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު