Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވޯޓާ ފިލްޓާ މެޝިން

ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި

ކަންގެން ވޯޓާ ފިލްޓާގެ ތަފާތު ފަސް މެޝިނެއް ރާއްޖޭގެ މާކެޓަށް ނެރޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖުލައި 2017 | ހޮނިހިރު 10:48
ކަންގެން ވޯޓާ ފިލްޓާ މެޝިން ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކަންގެން ވޯޓާ ފިލްޓާ މެޝިން ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކަންގެން ވޯޓާ ފިލްޓާ މެޝިން ރާއްޖޭގައި ތައާރަފުކޮށްފި

މި ވޯޓާ ފިލްޓާ މެޝިން ލޯންޗުކޮށްފައިވަނީ ހޮނިހިރު ދުވަހު ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި ހަފުލާއެއްގަ އެވެ.

ކަންގެން ވޯޓާ ފިލްޓާ މެޝިންއާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވަނީ މޮރިޝަސްގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި މިހާރު އެނަޖިކް ކުންފުނީގެ އެނަޖިކް ހެލްތު ޕާޓްނަރ މައިކަލް ސިކް ޔުއެންއެވެ.

މައިކަލް ބުނީ މި ފިލްޓަރުން ފެން ދެބަޔަކަށް ބެހިގެންދާނެކަމަށާއި ފެން ދެބަޔަކަށް ބެހިގެން ދިޔުމުން އަލްކަލައިން ފެނާއި އެސިޑިކް ފެން ލިބިގެންދާނެކަމަށެވެ. އެސިޑިކް ފެނަކީ ހަށިގަނޑަށް ރަގަޅު ނޫން ފެނެއްކަށާއި އެހެންނަމަވެސް ހަންގަނޑަށާއި އިސްތަށިގަނޑަށް ރަގަޅު ފެނެއް ކަމަށެވެ. އަލްކަލައިން ފެނަކީ ބޯން އެންމެ ރަގަޅު ފެންކަމަށެވެ. މި ފިލްޓަރުން ފެން ފިލްޓާވެގެންދަނީ ސަޕްލައި ފެން އިސްކުރާ މެޝިން ގުޅާލުމުންނެވެ.

ކަންގެން ވޯޓާ ފިލްޓަރުން ފިލްޓާވެގެންދާ ފެނުން ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިބި މީހާ ހިކުމަށް މަގުފަހިވެ، ލޭގެ ޕްރެޝަރު ދަށްވެ، ހަށިގަނޑު ލުއިވެގެންދާނެ ކަމަށް މައިކަލް ފާހަގަކުރެއްވިއެވެ.

މައިކަލް ވަނީ މިފިލްޓަރުން ފިލްޓާވާ ފެނުގެ ހުރި ތަފާތުކަން އެކިއެކި އެކްސްޕެރިމެންޓްތައް މެދުވެރިކޮށްގެން ދައްކާލާފައެވެ. ކަންގެން ވޯޓާ ފިލްޓަރުން ފިލްޓާވެގެންދާ ފެނުގެ އާދަޔާ ހިލާފު ކަމަކަށް ފާހަގަކުރެވުނީ ފެން ހޫނުނުކޮށް ސައިފަތް ޕެކެޓެއް ފެނުގެ ތެރެއަށް ލުމުން ކަޅުސައި ތައްޓެއް ހެދިގެންދާ މަންޒަރެވެ. އެހެން ނަމަވެސް މިނަރަލް ފެން އެޅުމަށްފަހު ސައިފަތް ޕެކެޓް ލުމުން އެއްވެސް ބަދަލެއް ފެން ތައްޓަކަށް އަންނަ މަންޒަރެއް ފެނިގެނެއް ނުދެއެވެ.

ކަންގެން ވޯޓާ ފިލްޓާގެ ތަފާތު ފަސް މެޝިނެއް ރާއްޖޭގެ މާކެޓަރަށް ނެރޭނެކަމަށް މައިކަލް ވިދާޅުވި އެވެ.

މި ފިލްޓާ މެޝިން އެހެން ޤައުމުތަކުގައި ލޯންޗުކުރިތާ 40 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މި ފިލްޓާ މެޝިންއަކީ ޖަޕާނުގެ އުފެއްދުމެކެވެ.

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2017

ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް

07 އޮކްޓޯބަރު 2017
ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް
17 އޯގަސްޓު 2017

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި

17 އޯގަސްޓު 2017
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތައުލީމީ ފެއާ ފަށައިފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
27 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު