Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝެއިޚް ހަސީނާ

ބަންގްލަދޭޝްގައި 2004 ވަނަ އަހަރު ދިން ހަމަލާއެއްގައި ބައިވެރިރިވި 19 މީހަކަށް މަރުގެ ހުކުމްކޮށްފި

11 އޮކްޓޯބަރު 2018 | ބުރާސްފަތި 07:49

ހަމަލާ ދެވުނީ އޭރުގެ އިދިކޮޅު ލީޑަރު ޝެއިޚް ހަސީނާ ހުންނެވި ރެލީއަކަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 07:49
ޝަރީއަތް ހިނގަމުންދިޔައިރު ސަލާމަތީ ކަންކަންވަނީ ވަރުގަދަ ކުރެވިފައި

ޝަރީއަތް ހިނގަމުންދިޔައިރު ސަލާމަތީ ކަންކަންވަނީ ވަރުގަދަ ކުރެވިފައި

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް އަމާޒުކޮށް 2004 ވަނަި އަހަރު ދިން ހަމަލާއާ ގުޅިގެން ކުރީގެ ދެ ވަޒީރަކު ވެސް ހިމެނޭ ގޮތުން 19 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައި އިދިކޮޅު އިސް ލީޑަރަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

"ކަރުގައި ވާޖަހައި އެމީހުން ދަންޖެއްސިދާނެ" ޚާއްސަ ޓްރައިބިއުނަލްގެ ފަނޑިޔާރު ޝާހިދު ނޫރައްދީން ވިދާޅުވިއެވެ.

މިހާރު ގައުމުން ބޭރަށް އަރުވާލެއްވިގެން އުޅުއްވަމުންދާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ފިރެހެން ދަރިކަލުން ތާރިޤް ރަހްމާންގެ މައްޗަށް ވެސް ހުކުމް އިއްވެވީ ފަނޑިޔާރު ޝާހިދްއެވެ.

ޒިއާ މި ވަގުތު ވެސް ހުންނެވީ ކޮރަޕްޝަނުގެ މައްސަލައެއްގައި ޑާކާގެ ޖަލެއްގައެވެ. މި ހުކުމް އައިސްފައި ވަނީ މި އަހަަރުގެ ފަހުކޮޅު ބާއްވާ އާއްމު އިންތިޚާބުގެ ކުރިންނެވެ.

ބަންގަލަދޭޝްގެ އިދިކޮޅު ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެކްޓިންގ ޗެއަރމަން ރަހުމާން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ ޣައިރު ހާޒިރުގައެވެ. 2008 ވަނަ އަހަރުން ފެށިގެން އޭނަ ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.

ބަންގްލަދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ހައްޤު ވިދާޅުވީ ރަހްމާނަށް ވެސް މަރުގެ ހުކުމް އިއްވޭތޯ ސަރުކާރުން ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރަކަށް ޝެއިޚް ހަސީނާ ހުންނަވައި އެކަމަނާގެ އަވާމީ ލީގް ޕާޓީން ޑާކާގައި ކުރިޔަށްގެންދިޔަ އެއްވުމަކަށް އަމާޒުކޮށް 2004 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 21 ވަނަ ދުވަހު ވަނީ ގްރެނޭޑް ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާއިން ހަސީނާ ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގެންނެވީ އެކަމަނާގެ ޕާޓީގެ ލީޑަރުންނާއި މެމްބަރުން އެކަމަނާ ވަށާލައި އިންސާނީ އައްޑަނަތަކަކަށް ވެވަޑައިގަތުމުންނެވެ. އެ ހާދިސާގައި އަވާމީ ލީގުގެ އިސް ލީޑަރެއް ކަމަށްވާ އައިވީ ރަހްމާން ހިމެނޭ ގޮތުން 20 މީހަކު މަރުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް