Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހި

400 ގޯތި ދޫކުރުން ހުއްޓުވާނެ ކަމުގެ އިންޒާރު އޭސީސީން ހައުސިން މިނިސްޓްރީއަށް ދީފި

11 އޮކްޓޯބަރު 2018 | ބުރާސްފަތި 05:42

އޭސީސީން ވަނީ ބުދަ ދުވަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 އޮކްޓޯބަރު 2018 | ބުރާސްފަތި 05:42
ގޯއްޗަށް ކުރިމަތިލާ ފޯމް ލުމަށް ދޫކުރާ ނަންބަރު ހޯދުމަށް ބަޔަކު ކިޔު ޖެހިގެން

ގޯއްޗަށް ކުރިމަތިލާ ފޯމް ލުމަށް ދޫކުރާ ނަންބަރު ހޯދުމަށް ބަޔަކު ކިޔު ޖެހިގެން

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ޚިލާފަށް ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ ހައުސިން މިނިސްޓްރީ އަށް ބުދަ ދުވަހު އެކަމާ ގުޅޭ ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި

Advertisement - newsAdvertisement

އޭސީސީން އެންގި ގޮތަށް އިސްލާހުނުކޮށް، ކުރިއަށް ގެންދާ ނަމަ ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު އެ ކޮމިޝަނުން ހައުސިން މިނިސްޓްރީ އަށް ވަނީ ދީފައެވެ.

ދެވަނަ ފިޔަވަހިން ނުއަގުގައި 400،000ރ. އަށް ގޯއްޗެއްގެ މަތުން 400 ގޯތި ވިއްކަން ހުޅުވާލުމުން އެ މަޝްރޫއު ހުއްޓުވުމަށް ފަހު އޭސީސީން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކާއި ކަރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގު ކޮށްފައެވެ. އެކަމާ ގުޅިގެން ވަކިކަންތައްތަކެއް އިސްލާހުކޮށް އަލުން ގޯތި ދޫކުރުމަށް ހުޅުވާލުމަށް ވަނީ އަންގާފައެވެ.

އެ އެންގުމާ ޚިލާފަށް ހައުސިން މިނިސްޓްރީން ވަނީ އަނެއްކާ ވެސް އަންގާރަ ދުވަހު ފޯމު ދޫކުރުމަށް ފަށާފައެވެ. އަދި ފޯމުލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށް ކަނޑައަޅާފައެވެ.

އޭސީސީ އިން ބުނީ ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިޔަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގާފައިވާ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫނުކޮށް ހުރި ބިންތަކުގެ ތެރޭގައި ހިމެނޭ ސިނާއީ މަސައްކަތްތަކަށް ކަނޑައަޅާފައި ހުރި ހުރިހާ ބިންތަކެއް ހައުސިންގ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ބޭނުންކުރަން ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީ އަށް ސިޓީއަކުން އަންގާފައިވާ ކަމަށާއި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތިތައް ވިއްކުމުގެ މަޤްޞަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އެގޮތުން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300ރ. އާއި 400ރ. އާ ދެމެދު އަގަކަށް ވިއްކަން ނިންމި ކަން އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

" މީޑިއަމް-ހައި އެންޑް އަށް ޚާއްޞަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް -/2000 (ދެހާސް) ރުފިޔާގެ ރޭޓުން 100 ބިން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި، ސޯޝަލް ހައުސިންގ ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީން ކަމަށް 3 އޮކްޓޫބަރު 2018ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައުސިންގ މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެއެވެ. އަދި މި ސިޓީގައިވާ ކަންތައްތައް ބަޔާންކުރުމަށް ފަހު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅު ކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީ އަށް ސިޓީއެއް ފޮނުވާފައިވާނެއެވެ" އޭސީސީގެ އެންގުމުގައި ވެއެވެ.

ހައުސިންގ މިނިސްޓްރީން ސޯޝަލް ހައުސިންގގެ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން އެ ބިންތައް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރުމަށް ނިންމައި، އެ ޕްރޮސެސް ކުރިޔަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ނަމަ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ. އެ ގޮތުން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300ރ. އާއި 400ރ. އާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް އެޗްޑީސީ އިން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ އުސޫލެއް ކަނޑައަޅައި އަލުން އިއުލާނުކޮށް އެކަށީގެންވާ މުއްދަތެއް ދީގެން ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

އޭސީސީން މިހެން އެންގި ނަމަވެސް ހަމަ އެ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ފޯމަށާއި އުސޫލަށް ބައެއް އިސްލާހުތައް ގެނެސް ގޯތި ވިއްކުމަށް ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް