Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

އަލުން ބެލުމުންވެސް އިންތިޚާބު ބާތިލް ކުރެވޭވަރުގެ މައްސަލައެއް ފެންނާކަށް ނެތް: ޝަރީފް

10 އޮކްޓޯބަރު 2018 | ބުދަ 10:30

އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުންވެސް މަކަރު ހަދާފައިވާ ކަމުގެ ސާބިތު ހެއްކެއް ފެންނާކަށެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 އޮކްޓޯބަރު 2018 | ބުދަ 10:30
އިލެކްޝަސް ކޮމިޝަންގެ ރައީސް ޝަރީފް

އިލެކްޝަސް ކޮމިޝަންގެ ރައީސް ޝަރީފް

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތުތަކާ ގުޅިގެން، އިންތިޚާބުގެ ހުރިހާ ކަމެއް އަލުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އިންތިޚާބު ބާތިލްކުރެވޭނެ ވަރުގެ މައްސަލައެއް ނުފެނުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މީޑިއާގައި މަޢުލޫމާތު ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އިންސާފުވެރި އިންތިޚާބުގެ ގޮތުގައި ދިވެހިރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ބަލައިގަނެފައިވާ އިންތިޚާބާ މެދު ޕީޕީއެމުން ތުހުމަތުތަކެއް ކުރި ނަމަވެސް އަންގާރަ ދުވަހާ ހަމައަށް އެ ކޮމިޝަނަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެ ކޮމިޝަންގެ މެމްބަރުންނާ މެދު ސާބިތު ނުހިފޭ ދޮގު ތުހުމަތު އަޅުވައި ޝައްކު އުފައްދަމުންދާތީ، އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުތަކާއި ޝަކުވާތައް އަލުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ އެތަކެތި މުރާޖައާ ކުރިއިރުވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް ކަމެއް އަދި އިންތިޚާބު ބާތިލް ކަމަށް ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުންވެސް އިންތިޚާބުގައި މަކަރު ހަދާފައިވާކަމުގެ ސާބިތު ހެއްކެއް ފެންނަން ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ޕީޕީއެމުން ތުހުމަތުކުރާ ގޮތަށް، އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޝަރީފް ވަނީ ތަކުރާރު ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީން ޝަރީފަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ޝަރީފްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޝަރީފް މިހެން ވިދަޅުވެފައިވަނިކޮށް ރައީސް ޔާމީންގެ ފަރާތުން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް