Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ

10 އޮކްޓޯބަރު 2018 | ބުދަ 14:28

ގިނަ މީހުނަށް މަރުހަބާ ދެންނެވޭ ގޮތަށް އިންތިޒާމް މި ދަނީ ހަމަޖައްސަމުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 އޮކްޓޯބަރު 2018 | ބުދަ 14:28
ރައީސް ނަޝީދު އެމްޑީޕީގެ އެއްވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ: -އެމަނިކުފާނު އަންނަ މަހު މާލެ ވަޑައިގަންނަވާނެ

ރައީސް ނަޝީދު އެމްޑީޕީގެ އެއްވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ: -އެމަނިކުފާނު އަންނަ މަހު މާލެ ވަޑައިގަންނަވާނެ

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ވީހާ ވެސް ގިނަ ބަޔަކު ނިކުތުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން އެ ޕާޓީގެ އޮފީހުގައި އަންގާރަ ދުވަހުގެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގައި ޖަލު ހުކުމް އިއްވުމަށް ފަހު އެ ހުކުމް ތަންފީޒު ކުރަމުން ދާއިރު އެ ހުރިހާ ކަމަކީ ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަންތައްކަން ދުނިޔޭގެ ޖަމިއްޔާ ޖަމާއަތްތަކުން ގަބޫލުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ސިޔާސީ އަދި އިންސާނީ ހައްގުތައް ބޭނުން ކުރެވޭނެ ގޮތަށް މިނިވަން ކަމާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މުޅި ދުނިޔެ ގަބޫލުކޮށްފި ރައީސް ނަޝީދާ ދޭތެރޭގައި ދިވެހި ސަރުކާރުން، ރައީސް ޔާމިން އަމަލު ކުރައްވާފައި ވަނީ މުޅިން ގާނޫނާ ހިލާފަށް ކަމަށް. އެކަން ދިވެހި ރައްޔިތުން ވެސް ދައްކަދީފި، މުޅި ބައިނަލް އަގުވާމީ މުޖުތަމައު ވެސް ދައްކައިދީފި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު ވެސް އެމަނިކުފާނު އެ ހުންނެވީ މިނިވަނެއްގެ ގޮތުގައި. އަދި އެމަނިކުފާނު ސިޔާސީ އަދި މަދަނީ ހައްގެއް ބޭނުން ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ނޮވެމްބަރު އެކެއްގެ ފަހުން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވަނީ ރާއްޖޭގެ އަތޮޅުތަކުން ވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވަން ބޭނުންވާ ފަރާތަކުން އެ ދުވަހު މާލެ އައުމަށް ގޮވާލައްވާފައެވެ.

"ރައީސް ނަޝީދަށާއި މި އިސްލާހީ ހަރަކާތަށް ތާއީދުކުރައްވާ އެކި ބޭފުޅުން، އެކި ޖަމިއްޔާތަކުން އެ ވަޑައިގަންނަވަނީ މި ކަމުގެ އިންތިޒާމްތައް ހުރީ ކިހިނެއްތޯ ބައްލަވަމުން. އަޅުގަނޑުމެނަށް ފޯނުގެ ޒަރިއްޔާއިން، ޓެކްސް މެސެޖުގެ ޒަރިއްޔާ އިން، އަދި އެކި ގުރޫޕްތަކުގައި ދެކެވޭ ވާހަކައިން އަޅުގަނޑުމެން ގާތު އެދެމުން ދަނީ ވީހާ ވެސް ގިނަ ބަޔަކަށް މަރުހަބާ ދެންނެވޭނެ ގޮތަށް ޕާޓީން އިންތިޒާމްތައް ހަމަ ޖައްސާދިނުމަށް. އަޅުގަނޑުމެން ވޭތުވެދިޔަ ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި މަޝްވަރާ މި ކުރީ އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ކިހިނެއް ތޯ. އަދި އަމިއްލަ ގޮތުން މިކަމުގައި ބައިވެރިވާން ތިބި ފަރާތްތަކާ އެކީގައި މަޝްވަރާ ކުރާނަން،" ހަސަން ލަތީފު ވިދާޅުވިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ހަމަ ޖެހިފައި ވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމްތައް ހަމަ ޖެއްސުމަށް އެމްޑީޕީން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ އިންތިޒާމްތައް ހަމަޖައްސާނީ ވީހާ ވެސް ގިނަ ބަޔަކަށް މަރުހަބާ ކިޔުމުގައި ބައިވެރިވެވޭނެ ގޮތަށް ކަމަށް ރައީސް ހަސަން ލަތީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ޕާޓީން ކުރަން ޖެހޭ އިންތިޒާމްކޮށް، ހަމަ އެހެންމެ ރައީސް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުންނާ ޕާޓީގެ މެމްބަރުން މިކަމުގައި ބައިވެރިވުގެ އިންތިޒާމްތައް މިހާރު ވަނީ ރާވަން ފެށިފައި," ހަސަން ލަތީފު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ހަމަ ޖެހިފައި ވަނީ ރައީސް ނަޝީދު ހައްޔަރިތާ ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ފަހުންނެވެ. އެމަނިކުފާނުގެ މައްޗަށް އިއްވުނު ހުކުމަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ފަހުން ހުންނެވީ އިނގިރޭސިވިލާތުން ހިމާޔަތް ހޯދައްވައިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް