Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

 400 ގޯތި ދޫކުރެވޭނީ އާ އުސޫލެއް އެކުލަވާލައިގެން: އޭސީސީ

9 އޮކްޓޯބަރު 2018 | އަންގާރަ 12:26

ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޮކްޓޯބަރު 2018 | އަންގާރަ 12:26
އޭސީސީގެ ރައީސް ހަސަން ލުތުފީ

އޭސީސީގެ ރައީސް ހަސަން ލުތުފީ

ހުޅުމާލޭ 2 ވަނަ ފިޔަވަހިން 400 ގޯތި ދޫކުރެވޭނީ އާ އުސޫލެއް އެކުލަވާލައިގެން ކަމަށް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދޫކުރާނީ 1000 އަކަފޫޓްގެ ގޯތި ކަމަށާއި، އަކަ ފޫޓެއް ވިއްކަނީ 400ރ. އަށް ކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އިދާރީ މަސައްކަތްތައް ނިންމާ، އަންނަ ހޮނިހިރު ދުވަހު ގުރުއަތު ނަގައިގެން ގޯތި ދޫކުރުމަށެވެ. އޭސީސީ އިން ވަނީ އެމައްސަލަ ބަލައި ގޮތެއް ނިންމަންދެން އެމަސައްކަތް ހުއްޓުވުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބެލުމަށް ފަހު އޭސީސީ އިން ބުނީ ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު، ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިޔަށް ގެންދިއުމަށް އެކޮމިޝަނުން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގާފައި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫނުކޮށް ހުރި ބިންތަކުގެ ތެރޭގައި ހިމެނޭ ސިނާއީ މަސައްކަތްތަކަށް ކަނޑައަޅާފައި ހުރި ހުރިހާ ބިންތަކެއް ހައުސިންގ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ބޭނުންކުރަން ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީ އަށް ސިޓީއަކުން އަންގާފައިވާ ކަމަށާއި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތިތައް ވިއްކުމުގެ މަޤްޞަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށާއި، އެގޮތުން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300ރ. އާއި 400ރ. އާ ދެމެދު އަގަކަށް ވިއްކުން ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަދި މީޑިއަމް-ހައި އެންޑް އަށް ޚާއްޞަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް -/2000 (ދެހާސް) ރުފިޔާގެ ރޭޓުން 100 ބިން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި، ސޯޝަލް ހައުސިންގ ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީން ކަމަށް 3 އޮކްޓޫބަރު 2018ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައުސިންގ މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި މި ސިޓީގައިވާ ކަންތައްތައް ބަޔާންކުރުމަށް ފަހު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅު ކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްޑީސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

ހައުސިންގ މިނިސްޓްރީން ސޯޝަލް ހައުސިންގގެ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން އެ ބިންތައް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރުމަށް ނިންމައި، އެ ޕްރޮސެސް ކުރިޔަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ނަމަ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ. މިގޮތުން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300ރ. އާއި 400ރ. އާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިންގ މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް އެޗްޑީސީ އިން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރަން ވާނީ އުސޫލެއް ކަނޑައަޅައި އަލުން އިއުލާނުކޮށް އެކަށީގެންވާ މުއްދަތެއް ދީގެން ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2017

ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ

11 ޖުލައި 2017
ގޯތި ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމެއް ތައާރަފް ކުރަނީ
29 ޖޫން 2017

ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި

29 ޖޫން 2017
ގެއެއްގެ ގޯތި ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި
22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
20 މާރިޗު 2017

ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި

20 މާރިޗު 2017
ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
11 މާރިޗު 2017

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް