Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިހުރޯޒު މިސްކިތް

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

ގަބުރު ފެނިފައިވާތީ ގޯތި ތެރޭގައި ނަމާދު ކުރުން މަނާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 އެޕްރީލު 2017 | ބުރާސްފަތި 12:34
ބިހުރޯޒު ކަމަނާ މިސްކިތް

ބިހުރޯޒު ކަމަނާ މިސްކިތް

ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

ރަށްދެބައިމަގާއި ނީލޯފަރު މަގާ ގުޅުނު ކަންމަތީގައި ހުންނަ ބިހުރޯޒު މިސްކިތުގެ ގޯތި ތެރޭގައި ނަމާދު ކުރުން މަނާކޮށްފައި ވަނީ، މިސްކިތުގެ ގޯތި ތެރެއިން ގަބުރު ފެނިފައިވާތީ އެވެ. ގޯތި ތެރޭގައި ނަމާދު ކުރުން މަނާކުރި ނަމަވެސް މިސްކިތުގެ ތެރޭގައި ނަމާދު ކުރުން މިނިސްޓްރީން މަނާކޮށްފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ބިހުރޯޒު ކަމަނާ މިސްކިތަކީ ވަރަށް ޒަމާންވީ މިސްކިތެކެވެ. މާލޭގައި ހުރި އެންމެ ޒަމާންވީ މިސްކިތްތަކުގެ ތެރޭގައި އެ ކުޑަ މިސްކިތް ހިމެނެއެވެ. އެ މިސްކިތުގައި ގިނަ ބަޔަކު ނަމާދުކުރާއިރު، ޖާގަ ކުޑަވުމުގެ ސަބަބުން މިސްކިތުގެ ގޯތި ތެރޭގައި ސަފުތައް ހަދައިގެން ނަމާދު ކުރެ އެވެ.

އައްސުލްތާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އާއި އެ ރަދުންގެ ކޮއްކޯފުޅު، އަލްޣާޒީ ހަސަން ރަންނަބަނޑޭރި ކިލެގެފާނުގެ މަހާނަފުޅު ހުރި ޒިޔާރަތެއް ހުންނަ މި މިސްކިތް ބިނާކުރައްވައިފައިވަނީ ބިހުރޯޒު ފާށަނާކަލޯ އެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2018

ރަސްދޫ މިސްކިތުގެ މުންނާރު ވެއްޓިއްޖެ

05 އޮކްޓޯބަރު 2018
ރަސްދޫ މިސްކިތުގެ މުންނާރު ވެއްޓިއްޖެ
02 ސެޕްޓެމްބަރު 2018

ފިތުނައިގެ އަސްލަކަށް މިސްކިތުގެ އިމާމުން ވެގެންނުވާނެ: މިނިސްޓަރު ބާގިރު

02 ސެޕްޓެމްބަރު 2018
ފިތުނައިގެ އަސްލަކަށް މިސްކިތުގެ އިމާމުން ވެގެންނުވާނެ: މިނިސްޓަރު ބާގިރު
09 ޖުލައި 2018

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި

09 ޖުލައި 2018
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި
18 ޖޫން 2018

ކުމުންދޫގެ ހުކުރު މިސްކިތުގެ ކުލަ ވެސް ބަދަލުކުރަން އަންގައިފި

18 ޖޫން 2018
ކުމުންދޫގެ ހުކުރު މިސްކިތުގެ ކުލަ ވެސް ބަދަލުކުރަން އަންގައިފި
09 މެއި 2018

ސިނަމާލޭ 3 ގެ ގޯތިތެރޭގައި ބަޔަކު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރާތީ ދިރިއުޅޭ މީހުންނަށް ބޮޑެތިދަތިތަކެއް!

09 މެއި 2018
ސިނަމާލޭ 3 ގެ ގޯތިތެރޭގައި ބަޔަކު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރާތީ ދިރިއުޅޭ މީހުންނަށް ބޮޑެތިދަތިތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު