Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބެލެވޭ ގޮތުގައި އަލިފާން ރޯވީ ލަކުނޑި ކުނިތަކެއްގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 އެޕްރީލު 2017 | ހޮނިހިރު 11:30
އެމްޕީއެލް ލޭބާ ކުއާޓާސް ތެރޭގައި ހިނގި އަލިފާނުގެ ހާދިސާ މާގިނަ އިރުތަކެއް ނުވަނީސް ވަނީ ނިއްވާލާފަ

އެމްޕީއެލް ލޭބާ ކުއާޓާސް ތެރޭގައި ހިނގި އަލިފާނުގެ ހާދިސާ މާގިނަ އިރުތަކެއް ނުވަނީސް ވަނީ ނިއްވާލާފަ

އަމީނީ މަގުގައި ހުންނަ އެމްޕީއެލް ޕޯޓް ކޮމްޕްލެކްސްގެ ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ހާއިރު އެމްޕީއެލް ލޭބާ ކުއާޓާސް ގައި ހިނގި އަލިފާނުގެ ހާދިސާ މާގިނަ އިރުތަކެއް ނުވަނީސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަލިފާން ރޯވީ ލަކުނޑި ކުނިތަކެއްގައި ކަމަށް ބެލެވޭ

އޮފިޝަލް ވިދާޅުވީ ބެލެވޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެތަނުގައި ބަހައްޓާފައި ހުރި ލަކުނޑި ކުނިތަކެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި އިތުރު ތަނަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ލިިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދުގައި ހުރި ރާއްޖެއެމްވީގެ ރިޕޯޓަރު މައުލޫމާތު ދިން ގޮތުގައި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަފައިގެން ދިއުމުގެ ސަބަބުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތުދެ އެވެ.

ރާއްޖެއެމްވީގެ ރިޕޯޓަރު މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވަނީ ކަޅުހަންތަކަކާއި ލަކުނޑިތަކެއްގަ އެވެ. އަލިފާނުގެ ސަބަބުން ޖެހިގެން ހުރި ގުދަނެއްގެ ފާރަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު