Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިލްމުވެރިން

ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް ގެނައި ސަރުކާރާމެދު ރައްޔިތުން ކުރީ އާދައިގެ އުއްމީދެއް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2017 | ބުރާސްފަތި 15:35
ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނިކުތް ޑިސެމްބަރު 23 އިއްތިހާދުގެ ހިލަމެއް މިހާރު ނެތް

ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނިކުތް ޑިސެމްބަރު 23 އިއްތިހާދުގެ ހިލަމެއް މިހާރު ނެތް

ރަނގަޅަށް ހިނގަ ހިނގާ އޮތް ސަރުކާރެއް ވައްޓާލީ އެސަރުކާރު "ލާދީނީ" ވެގެން ކަމަށް ބުނެފަ އެވެ. އެ ސަރުކާރުގެ ވެރިއަކަށް ހުންނެވި ރައީސް ނަޝީދުގެ ޢަމަލްތަކުން ޒަމާނުންސުރެ އޮތް ދިވެހިންގެ ޢަޤީދާ ވެއްޔާ މޮޑެވިދާނެތީ ކެތްމަދުވެގެން ކަމަށް ބުނެ އެވެ. އެންމެން އިސްލާމްދީން ދޫކޮށް ޣައިރު ދީނަށް އެނބުރިދާނެތީ ހަމަނިދިނިދާން އޮންނާންވެސް ނުކެރިގެންނެވެ.

އެކަމަށްޓަކައި އަރުވާ ޖަހާފައި ނިކުތީކީ ނޫކަށި ފުރައިގެ ޒުވާނުންނެއް ނޫނެވެ. ފޫކޮޅު ޖަހާފައި ދުއްވައިގަތީ ތަންދޮރު ދަންނަ ދީނީ އިލްމުވެރިންނެވެ. ސީޑީތައް ބަލައިގެން އެދުރުވިއަސް ނުވަތަ އިންޓަރނެޓުން ޕްރޮފެސަރުވިއަސް ދީނަށް ލޯބި ކުރާ ޝެއިޚުންނެވެ. އެވެރިންގެ ބަހަށް ލިބާހުން ދަރެއް ކަނޑިކިން ދަރެއް ނަގާފައި ނިކުތީ އަންހެން ވެރިންނެވެ. ފަޅުއޮޑިފަހަރުގައި ފަލިޖަހާފައި ނިކުމެ ޑޭވް ބޭލިހެން ކަށިން ހިތްވަރު ނަގާފައި އެވެރިންވެސް މަސައްކަތް ފަށައިގަތީ ހަމަ ޤައުމީ ރޫހުގައެވެ. ދީނުގެ ނަން ބޭނުންކޮށްގެންނެވެ.

މިކަމުގައި އިސްކޮށް އުޅުނީކީ އާދައިގެ ބައެއް ނޫނެވެ. މަޝްހޫރު ބައެއް ޖަމިއްޔާތަކާއި ފުންނާބު އުސް ދީނީ ޝެއިޚުންނެވެ. އެވެރިންގެ ގާތުގައި އެކަމުގައި ހަރަކާތްތެރިވާ މީހުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރަން ޖެހޭކަމަށް ބުނެ އެ އިލްމުވެރިން ލައްކަ މަސައްކަތް ކުރިއެވެ. ބޮޑު ސިންގާ ޑިސެމްބަރު 23 އިއްތިހާދެއް ބާއްވައިގެން މުޅި ރާޅުގަނޑު ސަރަހައްދު ފުރާލިއެވެ. ދެޖިންސު އެއްތަނެއްގައި ބޮޑު ޖަމާޢަތް ހަދައިގެން ޖަމާއަތުގައި ނަމާދުކުރިއެވެ. އެކަމުން ނަޖާ ކުރައްވާތޯ ދުއާ ކުރިއެވެ. އަންދަލުސްފަދައިން މިރާއްޖެއަށް ވެދާނެތީ ލޮލުން ކަރުނަ އެޅިއެވެ.

އެވެރިކަން ބަދަލުކޮށް ދީނީ އިލްމުވެރިންގެ މަދަދާއެކު ވެރިކަމަށް އައަި ސަރުކާރާމެދު ރައްޔިތުން ކުރީ އާދައިގެ އުއްމީދެއް ނޫނެވެ. އެހެން ކަމެއް ނުވިއަސް ދީނީ ގޮތުން ރަނގަޅު ސަރުކާރަކަށް ވާނެ ކަމުގެ ބޮޑު އުއްމީދަކާއެކުގައެވެ.

އެކަމަކު ފެންނާން ފެށީ މުޅިން ތަފާތު މަންޒަރުތަކެއް ނޫނެވެ. އިވެން ފެށީ ސަހަލު ވާހަކަތަކެއް ނޫނެވެ. މިފަހަރު މާ ގޯހެވެ. ރާއްޖެއާއި "ޖަންތުލް ފިރުދޮއުސް"އާ އެއްފަދަ ކުރި އެެވެ. ލިބޭ ފައިސާއެއް ބޭނުން ކުރުމުގައި ޙަލާލެއް ހަރާމެއް ބަލަންނުޖެހޭ ކަމަށް ދެކެވަޑައިގަތެވެ. ތޮބީއީ ކަމަކަށް ވާތީ ކޮރަޕްޝަން ހުއްދަ ކަމަށް ގަބޫލުކުރި އެވެ. ހަރާމް ވިއަސް މަޖިލީހުން ފާސްކޮށްފިނަމަ ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުންފަދަ ކަންކަން ކުށެއް ނޫންކަމަށްވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ. ފައިސާ ދިނުމާއި ހިލޭ އަންހެނުންވެސް ހުއްދަ ވުމެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ހަމަ ރައީސް ނަޝީދެވެ. ހަމަ އެފަދަ ވާހަކަތަކެވެ. ދީނާ ފުށުއަރާކަހަލަ ވާހަކަތަކެވެ.

ހަމައެކަނި ބަސްވިދާޅުވުން އެކަންޏެއް ނޫނެވެ. ޤައުމުން ފެންނާން ފެށި ބައެއް ކަންކަންވެސް ދީނާ ދެކޮޅެވެ. ޢަދްލު އިންސާފާމެދު ރައްޔިތުންގެ އިތުބާރެއް ނެތެވެ. އަމުދުން އިންސާފް ލިބިދާނެ ކަމަށް ޤަބޫލުކުރާނެ މީހަކު ނެތެވެ. ޣައިރު މުސްލިމް ޤައުމުތަކުގައި ހުއްދަ ނަމަވެސް މޫނު ބުރުގާ އެވަނީ ދިވެހި ސްކޫލްތަކަށް މަނާވެފައެވެ. ކިޔަވަން ދިއުމާއި ކިޔަވައި ދިނުމުގައިވެސް ހަމަ މުޅިން މަނާވެފައެވެ.

އެކަމަކު ތަފާތުވި ކަމެއް އެބައޮތެވެ. އެއްކަލަ ޝެއިޚުންގެ ހިލަމެއް ނެތުމެވެ. އެކަންކަމާ އެއްޗެއް ބުނާކަށް ނުކެރުނެވެ. ދީނުގައި އޮންނަގޮތް ހާމަކޮށްލާކަށް ނުކުންނާކަށް ނޫޅުނެވެ. ވެރިމީހާ ކަންކަންކުރަނީކީ ނުވަތަ ޤައުމުގައި މިހިނގާ ކަންކަމާމެދު އެތިބީ ކަހާތަން ހިރުވާވެސް ނުލައެވެ. ކަންބޮޑުވުމެއް ހިތާމަ ކުރުމެއް ނެތެވެ. ޤައުމަށް މެދުވެރިވެދާނެ ހިތާމަވެރި ގޮތަކަށް ބިރުގަތުމެއް ނެތެވެ.

ކޮންމެއަކަސް މިއީކީ އަދި ވިޔާދާ ގޮތެއް ނޫނެވެ. ދީނީ އިލްމުވެރިން ވާނީ ކޮންމެ ދައުރެއްގައިވެސް ދީނީ އިލްމުވެރިންނަށެވެ. ދީނުގައި އޮންނަ ހެޔޮގޮތް ބަދަލުވުމެއް ނެތެވެ. ވަކިވެރިއެއްގެ ސަބަބުން ހަރާމް ހަލާލަކަށް، ހަލާލް ހަރާމަކަށް ބަދަލެއް ނުކުރެވޭނެއެވެ. އާޔަތްތަކާއި ހަދީސް ތަކުގެ މާނަ ބަދަލު ކުރެވޭނެ ގޮތެއް ނޯވެއެވެ. ހަމަ ކޮންމެ ދީނީ އިލްމުވެރިއެއްގެވެސް އޮންނަނީ ހަމަ އެއްވާޖިބެކެވެ. ދީން އުނގަންނައި ދިނުމެވެ. ދީނުގައި އޮންނަ ރަނގަޅު ނުބައި ބުނެދިނުމެވެ. ހެޔޮ ގޮތް ވަކިކޮށްދީ މުންކަރާތްތަކުން ދުރުކުރުމެވެ. މިކަންކަން ކުރުމުގައި ވަކި ރައީސަކު ނުވަތަ ވަކި ސަރުކާރެއްގެ ދައުރު ދީނީ އިލްމުވެރިންގެ ކޮނޑުމައްޗަށް ލީމާ އެވަނީ ޝެއިޚުންނަކަށް ނޫނެވެ. އެވާނީ ސޭކުންނަށެވެ. ޤަބޫލުކުރިއަސް ނުކުރިއަސް މިރާއްޖެއަށް ވެފައި މިވަނީ އެފަދަ ގޮތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ މަޖީދު އަވަހާރަވުން: ރާއްޖޭގެ ދީނީ އިލްމަށް ލިބުނު ބޮޑު ގެއްލުމެއް

ޑރ މަޖީދު އަވަހާރަވުން: ރާއްޖޭގެ ދީނީ އިލްމަށް ލިބުނު ބޮޑު ގެއްލުމެއް

22 މެއި 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު