Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ މަޖީދު އަވަހާރަވުން

ޑރ މަޖީދު އަވަހާރަވުން: ރާއްޖޭގެ ދީނީ އިލްމަށް ލިބުނު ބޮޑު ގެއްލުމެއް

މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މެއި 2018 | އަންގާރަ 15:14
ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ

ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ

ދެގޮތެއް ނުވެ ޙައްޤުބަސް ވިދާޅުވުމުގައި ދެމިހުންނެވި ދީނީ އިލްމުވެރިއަކީ ކޮންބޭފުޅެއްތޯ އަހައިފިނަމަ ގިނަބައެއްގެ ދުލުކުރިއަށް އެންމެ ފުރަތަމަ އަންނާނެ އެއް ނަމަކީ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީއެވެ.

އައްޑޫ ސިޓީ ހުޅުދޫއަށް އުފަން ޑރ. މަޖީދުގެ ބައްޕާފުޅަކީ އައްޝައިހް އަބްދުލްބާރީ އެވެ. މަންމާފުޅަކީ މަރިޔަމް ވަދީފާ އެވެ. އެ ދެމަފިރިންގެ ދަރީންގެ ތެރެއިން ޑރ. މަޖީދަކީ އެމަނިކުފާނުގެ ބައްޕާފުޅު ފަދައިން ގައުމަށް ހިދުމަތްކުރުމުގެ ލޯބި އަބަދު ވެސް ހުންނެވި، ގައުމުދެކެ ލޯބިފުޅުވި ބޭފުޅެކެވެ.

ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި ދީނީ ތައުލީމް އެންމެ ބޮޑަށް ރާއްޖޭގައި ދެނެވަޑައިގެން ހުންނެވި މިފަހުގެ ތާރީޚްގައި ގުނާލެވޭ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނޭނެއެވެ. ޚާއްޞަކޮށް އެމަނިކުފާނަކީ ފިޤުހު އިލްމަށް އަރާހުންނެވި ބޭފުޅެކެވެ.

އެއަށްވުރެ ބޮޑަށް އެމަނިކުފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ދީނީ އިލްމުވެރިންގެ ތެރެއިން ދެގޮތެއް ނުވެ ޙައްޤުބަސް ވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ.

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަކީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާ އަށެވެ. ޤުރުއާން ތަފްސީރުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ މަޖީދުގެ ތީސިސް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުންނެވެ.

ރާއްޖޭގައި ޕާޓީތައް އުފެދިގެން އައިއިރު ދީނީގޮތުން ކަން އޮތްގޮތް ބުނެދިނުމަށާއި ދީން އާލާކޮށް ކުރިއެރުވުމަށް އުފެއްދި އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސަކީ ޑރ މަޖިޑެވެ. އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސަކީވެސް ޑރ ޢަބްދުލް މަޖީދެވެ. އެއީ ރާއްޖޭގައި އުފެއްދި ފުރަތަމަ ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސެވެ. ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމްއެމްއޭގެ ޝަރީއާ ބޯޑުގެ މެންބަރުކަން ޑރ މަޖީދު ކުރެއްވިއެވެ.

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެން އުޅުއްވި ޑރ މަޖީދަކީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ޚާއްޞަކޮށް ވަޒީރުކަމުގައި ހުންނަވައިގެންވެސް ދީނީ ކަންކަމުގައި ސަރުކާރަށް ބަސް ވިދާޅުވުމުގައި ފަހަށްޖެހިވަޑައި ނުގަތް ހުންނެވި ބޭފުޅެކެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްަރަށުގައި ވަކި ހުއްދައެއްގެ ދަށުން ބަނގުރާ ވިއްކުމާ ދެކޮޅަށް ކުރެވުނު އިހުތިޖާޖުގައި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން ބައިވެރިވެވަޑައިގެން އަޑު އުފުއްލެވިއެވެ.

ޑރ މަޖީދަކީ އެއްކޮޅާ އިދިކޮޅުގެ ހުރިހާ ބޭފުޅުންވެސް އިޙްތިރާމާއި ޤަދަރު ކުރެއްވި ބޭފުޅެކެވެ.

ދީނީ އިލްމުވެރިން ސިފަކުރައްވާ ގޮތުގައިވެސް އެމަނިކުފާނު ނެތިގެން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި އެމަނިކުފާނަކީ އެތައް ސަތޭކަ ދަރިވަރުންގެ މުދައްރިސެކެވެ.

އެކުގައި ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި ޑރ. މަޖީދަކީ ކެބިނެޓް ތެރޭގައި ވެސް ހައްގު ބަސް ވިދާޅުމަށް އަބަދު ވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނަކީ އަބަދު ވެސް ކަމެއް ގޯސްކޮށްދާ ނަމަ އެކަން ރަނގަޅުކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޑރ މަޖީދަކީ ރާއްޖެ ދުށް ދީނީ އިލްމުވެރިންގެ ތެރެއިން އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ފާހަގަ ކުރެއްވޭ އެއް ބޭފުޅެވެ. އަބަދުވެސް ޙައްޤުބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިނުގަތް ޤިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގެން އިރުޝާދުދެއްވި ބޭފުޅެއް ކަމަށެވެ.

ކޮންމެއަކަސް މިއަދުވެސް ކޮލެޖްތަކުގައި ކިޔަވައިދެއްވަމުންދާ ޑރ މަޖީދު އެވަނީ މިފަނާކުރަނިި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެމަނިކުފާނަށްޓަކައި އެތައް ބައެއްގެ ހެޔޮބަސްތަކާއި ދުޢާތައް ދަނީ އޮހެމުންނެވެ. އެފަރާތްތަކުން ބުނަމުން އެދަނީ ގެއްލިގެން އެދިޔައީ ދީނީ އިލްމުގެ އެއްބައެވެ. އެއީ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު