Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސުޕްރީމް ކޯޓު

ބްރެޓް ކެވަނައު އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި

9 އޮކްޓޯބަރު 2018 | އަންގާރަ 13:19

ކެވަނައު އަށް 50 މެމްބަރުން އާނބަސް ބުނެފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 އޮކްޓޯބަރު 2018 | އަންގާރަ 13:19
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބްރެޓް ކެވަނައު

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބްރެޓް ކެވަނައު

ސެނޭޓްގެ ހަނި އަޣުލަބިއްޔަތަކުން ފަނޑިޔާރުކަމަށް ރުހުން ލިބިވަޑައިގެންނެވުމާއެކު ބްރެޓް ކެވަނައު އެމެރިކާގެ ސުޕްރީމް ކޯޓުގެ 114ވަނަ ފަނޑިޔާރުގެ ގޮތުގައި ހުވާ ކުރައްވައިފިއެވެ.

ކެވަނައު އަށް ރުހުންދިނުމުގައި ރިޕަބްލަކަނުންނާއި ޑެމޮކްރޭޓުން ވަނީ، ކެވަނައުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާއެކު ބޮޑު ޚިޔާލު ތަފާތުވުމަކަށް ގޮސްފައެވެ. ކެވަނައު ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ.

ސެެނޭޓްގެ މެމްބަރުންގެ ތެެރެއިން 50 މެމްބަރަކު ކެވަނައުއަށް އާނބަސް ބުނެފައިވާއިރު 48 މެމްބަރަކު ދެކޮޅު ހައްދަވާފައިވެއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ލީސާ މަރްކޯވސްކީ ކެވަނައު އައްޔަން ކުރެއްވުމަށް ދެކޮޅު ހެއްދެވި ނަމަވެސް ރިޕަބްލިކަން އަށް ނިސްބަތްވެ ވަޑައިގަންނަވާ އަދި މޮންޓާނާގެ އެހެން މެމްބަރެއްކަމަށްވާ ސްޓީވަން ޑެއިނެސް އެ މަނިކުފާނުގެ ދަރިކަނބަލެއްގެ ކައިވެނި އޮތުމުން ރަށުގައި ނޫޅުއްވާތީ ބަދަލުގައި ދެއްވާ ވޯޓެއްގެ ގޮތުގައި ވޯޓް ދެއްވިއެވެ.

ސްޓީވަން ޑެއިނެސްއަކީ ކެވަނައު އައްޔަން ކުރެއްވުމަށް ތާއީދުކުރައްްވާ ބޭފުޅެެކެވެ.

ކެވަނައުގެ ނަން ސެނޭޓުން ފާސްކުރުން ވެގެންދާނީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބަކަށެވެ.

ކެވަނައު މަގާމަށް އައްޔަން ކުރެވުމާއެކު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސެނޭޓަށް މަރުހަބާ ވިދާޅުވެފައެވެ.

ރިޕަބްލިކަން ޕާޓީގެ އެންމެ މެމްބަރަކު ދެކޮޅު ހައްދަވާފައިވާއިރު ޑެމޮކްރޭޓުންގެ ތެރެއިން ކެވަނައުއަށް ވޯޓް ދެއްވާފައިވަނީ އެންމެ މެމްބަރެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

އެންތޮނީ ކެނެޑީއަކީ ކޮންޒަވެޓިވް ވިސްނުންފުޅުގެ ބޭފުޅަކަށްވާއިރު ބޮޑެތި މައްސަލަތަކުގައި އެމަނިކުފާނުގެ ވޯޓް ބަދަލުކުރައްވާފައިވެއެވެ.

ނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައު އަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކެވަނައު އައްޔަން ކުރުން ދެތިން ހަފްތާއަށް ލަސްވެގެން ދިޔައީ ކެލިފޯނިއާގައި ސައިކޮލޮޖީ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ކްރިސްޓީން ބްލޭސީ ކެވަނައުގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތާއި ގުޅިގެންނެވެ

އޭނާ ވަނީ މީގެ 36 އަހަރު ކުރިން ހިނގާފައިވާ އެ ހާދިސާގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ކަމަށް ބުނެފައެވެ.

ބްލޭސީ ތުހުމަތުކުރަނީ 1982 ވަނަ އަހަރު ވޮޝިންގޓަންގައި ކެވަނައު އާއި އޭނާ އާއި ދެ މީހުންގެ ފުރާވަރުގެ އުމުރުގައި އުޅުނުއިރު ކެވަނައު މަސްތުގެ ހާލުގައި ހުރެ އޭނާގެ ހެދުން ބާލުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބްލޭސީ ބުނެފައި ވަނީ އެނދުމައްޗަށް އޭނާ ވައްޓާލުމަށް ފަހު ހަޅޭއްލަވަން އުޅުމުން ކެވަނައު އޭނާގެ އަނގަމަތީގައި އަތްއަޅާފައިވާ ކަމަށެވެ.

އުމުރުފުޅުން 53 އަހަރުފުޅުގެ ކެވަނައު ވަނީ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ކެވަނައު އާ ބްލޭސީވެސް ވަނީ ސެނޭޓްގެ ޖުޑީޝަލް ކޮމިޓީގައި ވަރަށް ޖަޒުބާތީ ބަޔާންތަކެއް ދެއްވާފައެވެ.

އޭގެފަހުން އެފްބީއައިގެ ތަހުުގީގެއް ހިންގާފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް