Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

މުއައްސަސާތައް މިވަނީ ދައުލަތުގެ އެންމެމަތީ ވެރިޔާގެ ނުފޫޒުން ސަލާމަތް ވެފައި: ސައުދު

7 އޮކްޓޯބަރު 2018 | އާދީއްތަ 00:50

މުއައްސަސާތަކުން ޤާނޫނާ އެއްގޮތައް ކަންކަން ކުރަންވީ އަވަހަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 އޮކްޓޯބަރު 2018 | އާދީއްތަ 00:50
މެމްބަރު ސައުދު ހުސައިން

މެމްބަރު ސައުދު ހުސައިން

މުއައްސަސާތައް ދައުލަތުގެ އެންމެމަތީ ވެރިޔާގެ ނުފޫޒުން މިނިވަން ވެފައި ކަމަށާއި މުއައްސަސާތަކުން ޤާނޫން އަސާސީއާއި ޤާނޫންތަކާއި އެއްގޮތަށް ކުރިއަށް ދާންވީކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އިސްލާހީ މަސައްކަތާއި ގުޅިވަޑައިގަތުމުން ގޮނޑި ގެއްލުވާލުމުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައިވެސް ހައްޔަރުކުރި ސައުދު ، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހޮނިހިރު ދުވަހުގެރޭ ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ދައުލަތުގެ އެންމެ މަތީ ވެރިޔާ ރައީސުލް ޖުމްހޫރިއްޔާ ބާރުފޯރުވުން ކަމަށާއި އެކަމަށް ޚުދު ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންނެވި ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ތިމަން މަނިކުފާނު ކަމަށް ޚުދު އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ސައުދު ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތް މިންވަރު ހާމަވާކަން ފާހަގަ ކުރައްވަމުން ސައުދު ވިދާޅުވީ މިއަދު މިވަނީ އެމައްސަލަ ހައްލުވެފައި ކަމަށާއި މުއައްސަސާތަކުން މިއަދު ކުރަންވީ ކަމަކީ ޤާނޫނާ ޚިލާފަށް ކުރެވިފައިހުރި ކަންކަން ހައްލުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އުއްމީދު ކުރަނީ އެންމެއަވަހަށް ފަށާ ޖަލްސާއެއްގައި ބައިވެރިވެވޭނެ ކަމަށް. އެގޮތަށް އުއްމީދު ކުރަމުން މިއަދާހަމައަށްވެސް މިއައީ. އަޅުގަނޑުމެން ޓްރައިކުރަން ކޮންމެ ޖަލްސާއަކަށްވެސް ވަންނަން. އެހެންނަމަވެސް ދައުލަތުގެ ބާރާއި ނުފޫޒް ބޭނުން ކުރައްވައިގެން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައި މިވަނީ. ފެނިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންނެލި އުކާހެން ހަމަ ބޭރުކޮށްލާތަން ދައުލަތުގެ ދިފާއީ ބާރުތައް ބޭނުންކޮށްގެން. މީ މިއަދު ދައުލަތުގެ ހާލަތަކީ. އެހެންނަމަވެސް ކޮންމެ ޖަލްސާއަކީވެސް އަޅުގަނޑުމެންނަށް އުއްމީދެއް. އެއީ އަޅުގަނޑުމެން އުއްމީދު ކުރަނީ ދިވެހިރާއްޖޭގައި އަދްލުގެ ނިޒާމް، ޖުޑިޝަރީއަކީ އިންސާފަށް ހުކުމްކުރާ ތަނެއް ކަމަށް. ޢަދްލަށް ހުކުމްކުރާ ތަނެއްކަމަށް. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެންދިޔަ ދެއްތޯ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި މިއަދު ހުންނެވި ބޭފުޅާ ރައްޔިތުންގެ ކުރިމަތީގައި 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ތިމަން މަނިކުފާނު ކަމަށް އިއުތިރާފްވެވަޑައިގެންނެވީ. ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ މައްޗަށް ނުފޫޒް ފޯރާފައި އޮތް މިންވަރު މިއޮތީ ފެންނަން. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވީމާ ކޮންމެ މުއައްސަސާއަކުން ހިތުހުރިހާ ގޮތަކަށް ކަންތައްތައް ކޮށްލާތަން ފެނިގެން ދިޔައީ. އަސްލު މައްސަލައަކީ ދައުލަތުގެ އެންމެމަތީ ވެރިޔާގެ މައްސަލަ. މިއަދު މިވަނީ އެކަން ހައްލުވެފައި. މިއަދު މިއޮތީ ދައުލަތުގެ މުއްސަސާތައް އެންމެމަތީ ވެރިޔާގެ ބާރާއި ނުފޫޒުން މިނިވަންވެފައި" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މި ތާރީޚީ ބަދަލުގައި ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާއާ އެކީގައި ނުކުންނެވުމުން ރައީސް ޔާމީންގެ އަނިޔާވެރިކަން ފެނިގެންދިޔަކަމަށާއި އޭގެތެރެއިން ސައުދު ނިސްބަތްވެވަޑައިގަންނަވާ ގއ ވިލިނގިއްޔަކީ ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވޭ ރަށެއް ކަމަށެވެ.

ސައުދު ވިދާޅުވީ ވިލިނގިލީ މުއައްސަސާތައް ޖެހޭނީ ސާފުކޮށްލަން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ވިލިނގިއްޔަށް އިންސާފް ހޯދައިދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް