Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މީޓޫ މޫވްމެންޓް

ޖިންސީ ފުރައްސާރައާ ދެކޮޅަށް އިންޑިއާގެ އަންހެން ނޫސްވެރިން ތެދުވެއްޖެ

ގިނަ އަދަދެއްގެ ނޫސްވެރިންވަނީ އެފަރާތްތަކަށް ކުރިމަތިވި ހާދިސާތައް ހިއްސާކޮށްފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2018 | ހޮނިހިރު 14:12
އިންޑިއާ މީޓޫ ކެމްޕެއިންގ

އިންޑިއާ މީޓޫ ކެމްޕެއިންގ

އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައިގައި އިންޑިއާގެ ނޫސްވެރިން ތެދުވެއްޖެއެވެ.

ޓުވިޓަރގައި ގިނަ އަދަދެއްގެ ނޫސްވެރިންވަނީ އެފަރާތްތަކަށް މަސައްކަތުގެ މާހައުލުގައްޔާއި އިންޓަރވިއުތަކުގައި އަދި އެނޫން ހާލަތްތަކުގައި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ ނަން ހާމަކޮށްފައެވެ. އެގޮތުން ބައެއް ނޫސްތަކުގެ އިސްވެރިންނާއި އެޑިޓަރުންނާއި ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ނަން އާންމުކޮށްފައިވެއެވެ. ހުކުރު ދުވަހުން ފެށިގެން ނޫސްވެރިން ދަނީ އެފަރާތްތަކަށް ކުރިމަތިވަމުންދާ އެފަދަ ހާދިސާތައް ހިއްސާ ކުރަމުންނެވެ. ބައެއް ފަރާތްތަކުން އެފަދަ ހާދިސާތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރަމުންދާ އިރު، ބައެއް ނޫސްވެރިން އެމައުލޫމާތުތައް ހާމަކޮށްފައިވަނީ ނަން ހާމަނުކޮށެވެ.

ޓައިމްސް އޮފް އިންޑިއާގެ އެޑިޓަރ ސަންދިޔާ މެނަން ވަނީ މީގެ އެތަށް އަހަރެއްގެ ކުރިން ބެންގަލޫރު މިރަރ ނޫހުގައި މަސައްކަތް ކުރި އެޑިޓަރެއް ކަމުގައިވާ ކޭ.އާރް ސްރީނިވާސްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާކަން ހާމަކޮށްފައިވެއެވެ.

Caption

ސަންދިޔާ އޭނާއަށް ކުރިމަތިވި ކަންތައް ހިއްސާކުރިއިރު، ބައެއް އެހެން ނޫސްވެރިންވެސް ވަނީ މަސައްކަތުގެ މާހައުލުގައި އިސް ވެރިންގެ ފަރާތުން ކުރިމަތިވެފައިވާ ފުރައްސާރައިގެ ވާހަކަ ހިއްސާކޮށްފައެވެ.

އަދި MeToo# ބޭނުންކޮށްގެން ގިނަ ބަޔަކު ދަނީ ޖިންސީ ފުރައްސާރަ އާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީޓޫ ކެމްޕެއިން ގެ ތެރެއިން އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ކިރަން ނަގަރްކަރް އާއި ފޮޓޯގްރަފަރު ޕަބްލޯ ބަތޮލޮމިއުގެ އިތުރުން ނޫސްވެރިޔާ އަދި އޭޝިއަން ކޮލެޖް އޮފް ޖަރނަލިޒަމްގެ ލެކްޗަރާރ އެއް ކަމުގައިވާ ސަދާނަންދު މެނަން ފަދަ ފަރާތްތަކަށް ގިނަ ބަޔަކު ދަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަމުންނެވެ.

އިންޑިއާގެ ނޫސްވެރިންގެ މެދުގައި މިވާހަކަތައް ދެކެވެން ފަށާފައިވަނީ މަޝްހޫރު ފިލްމީތަރި ތަނޫޝްރީ ދައްތާއަށް 2008 ވަނަ އަހަރު ނާނާ ޕަޓޭކަރު ޖިންސީ ފުރައްސާރަ ކުރިކަމަށް ދެކެވުނު ވާހަކަތައް އަނެއްކާވެސް މީޑީއާގައި ފެންމަތިވެފައިވަނިކޮށެވެ.

މިއާއިއެކު ޖިންސީ ފުރައްސާރައިގެ ވާހަކަތައް ނޫސްވެރިން ފާޅުކަންބޮޑުގޮތެއްގައި ދައްކަމުންދާއިރު އިންޑިއާގެ މެއިންސްޓްރީމް މީޑިއާތަކުން އެވާހަކަތަކަށް ސަމާލުކަންދޭވަރު ކުޑަކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ނޫސްވެރިން ހާމަކޮށްފައިވާ ގޮތުގައި މަސައްކަތްކުރާ ނޫސްތަކުގައި އިންޓަރނަލް ކޮމްޕްލެއިންޓްސް ކޮމިޓީ (އައިސީސީ) އެއް އުފައްދާފައި ނުޥާއިރު، އެފަދަ ކޮމިޓީއެއް އޮތް ނަމަވެސް އެ ކޮމިޓީތައް ވެފައިަވނީ ހަމައެކަނި ނަމެއްގައި އޮންނަ ތަންތަނަށެވެ.

އިންޑިއާގެ އަންހެން ނޫސްވެރިން އިސްވެ އެ ޤައުމުގައި މީޓޫ ކެމްޕެއިން ފަށާފައިވާއިރު މިކެމްޕެއިން ފެށިގެން ދިޔައީ 2017 ވަނަ އަހަރެވެ. ސޯޝަލް މީޑީއާގައި ފެށުނު މި ކެމްޕެއިންގ އަކީ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރާ ފަރާތްތަކާ ދެކޮޅަށް ތެދުވުމަށް ފެށި ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ތެރެއިން 2017 އޮކްޓޫބަރު 15 ވަނަ ދުވަހު އެކަނިވެސް 4.7 މިލިއަން މީހުން ޓްވިޓާގައި މި ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ. މި ކެމްޕެއިންގައި އެމެރިކާގެ ހޮލީވުޑްގެ މަޝްހޫރު ތަރިންވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު