Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ދެ އަހަރު ފަހުން ބޭރު ކީޕަރުން ނުގެވޭނެ!

6 އޮކްޓޯބަރު 2018 | ހޮނިހިރު 12:05

ދިވެހި ކީޕަރުންނަށް ފުރުސަތު ތަނަވަސް ވެގެންދާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 6 އޮކްޓޯބަރު 2018 | ހޮނިހިރު 12:05
ގައުމީ ޓީމުގެ ކީޕަރު ފައިސަލް

ގައުމީ ޓީމުގެ ކީޕަރު ފައިސަލް

ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ދިވެހި ކުލަބުތަކަށް ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް އެފްއޭއެމުން ނިންމައިފިއެވެ.

އެފްއޭއެމްގެ މި ނިންމުމަކީ ދިވެހި ގޯލްކީޕަރުންނަށް ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. 2020 ވަނަ އަހަރުން ފެށިގެން އެގޮތަށް އަމަލުކުރަން ނިންމި ނަމަވެސް ކުރިން އޮތީ އަންނަ އަހަރު ފެށިގެން ބިދޭސީ ކުޅުންތެރިން ނުގެވޭ ގޮތަށެވެ.

ދެހާސް ވިހިވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރީ އެއް އަހަރު ކުރިއަށް ދުރާލާ ޓީމުތަކަށް އެކަން އެންގުމުން އެކަން ކުރަން ފަސޭހަވާނެ ކަމަށް އެފްއޭއެމަށް ގަބޫލުކުރެވިގެންނެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދިވެހި ކީޕަރުން ކުރިއެރުވުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުމަށް ދިވެހި ކީޕަރުން އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި އަންނަ އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އެގޮތުން ކީޕަރުންގެ އެކަޑަމީއެއް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރިއަށްދާ ކަމަށާއި ބޭނުމަކީ ދިވެހި ކީޕަރުން ކުރިއެރުވުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ގޯލްކީޕަރު އެކެޑަމީގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅޭނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމްއެވެ.

އެފްއޭއެމުން ހަމަޖައްސާފައި ވަނީ ޓީމުތަކުގައި އަންނަ އަހަރުން ފެށިގެން ކޯސް ހަދައިގެން ތިބި ގޯލްކީޕަރު ޓްރެއިނަރުން ބެހެއްޓުމަށެވެ.

އަންނަ އަހަރަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކުލަބުތަކުގެ ގޯލްކީޕަރު ޓްރެއިނިން އަށް ތިބެން ޖެހޭނީ ކޯސް ހަދައިގެން ލައިސަންސް ލިބިފައިވާ ޓްރެއިނަރުންނެވެ.

މުޅި ރާއްޖެ އަށް ބަލާއިރު ހުނަރުވެރި ގިނަ ކީޕަރުން ތިބޭނެ ކަމަށާއި އެ ކީޕަރުން ހޯދައި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކްލަބްތަކުން ދިވެހި ކީޕަރުން ފެންނަ އަދަދު އަންނަނީ މަދުވަމުންނެވެ. މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ 10 ޓީމުގެ ތެރެއިން ހަތަރު ޓީމުގައި ތިބީ ބިދޭސީ ކީޕަރުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް