Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރޭޓް މާޗް އޮފް ރިޓަރން

ގްރޭޓް މާޗް އޮފް ރިޓަރން: ކުޑަކުއްޖަކު ހިމެނޭ ގޮތުން ފަލަސްތީނުގެ ތިން މީހަކު މަރާލައިފި

9 އޮކްޓޯބަރު 2018 | އަންގާރަ 04:33

އިސްރާއީލް ސިފައިން ވަނީ 12 އަހަރުގެ ކުއްޖަކު މަރާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 އޮކްޓޯބަރު 2018 | އަންގާރަ 04:33
ޣައްޒާގެ ސަރަހައްދީ ރޮނގުގައި 5 އޮކްޓޯބަރ 2018 ގައި މުޒާހަރާ ކުރަނީ

ޣައްޒާގެ ސަރަހައްދީ ރޮނގުގައި 5 އޮކްޓޯބަރ 2018 ގައި މުޒާހަރާ ކުރަނީ

އިސްރާއީލުން ހިސާރު ކޮށްފައިވާ ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮނގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން މާޗް މަހުން ފެށިގެން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހުކުރު ދުވަހު އިސްރާއީލް ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތުން ފަލަސްތީނުގެ ތިން މީހަކު މަރާލައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އުމުރުން 12 އަހަރުގެ ފާރިސް އަލް ސިރްސަވީ މަރާލީ އިސްރާއީލާއި ފަލަސްތީނު ގުޅޭ ސަރަހައްދީރޮނގު ކައިރިން އިސްރާއީލުގެ ސްނައިޕަރަކު ބަޑިޖަހައި ކަމަށެވެ.

Advertisement - worldAdvertisement

އުމުރުން 24 އަހަރުގެ އަކްރަމް އަބޫ ސަމާން ވެސް ބަޑިޖަހައި މަރާލިއިރު އުމުރުން 28 އަހަރުގެ ހުސެއިން އަލް ރަގަބް މަރުވެފައި ވަނީ ވަޒަން އެރުމުން ޚާން ޔޫނިސްގެ ނައްސަރް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

މިނިސްޓްރީގެ ތަރުޖަމާނު އައްޝަރު އަލް ޤިދްރާ ވިދާޅުވިގޮތުގައި އިތުރު 192 މީހަކު ޒަޚަމްވެފައިވާއިރު ޕެރަމެޑިކްއަކާއި ނޫސްވެރިއަކު ހިމެނެއެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ 70 އަހަރު ކުރިން ފަލަސްތީނުން ނެރެލެވުނު އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމުގެ ހައްގު ދިނުމަށް ގޮވާލައި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާ ގުޅޭ ސަރަހައްދީ އިމުގައި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާތާ ފަސް މަސް ދުވަސް ވަނީ ވެފައެވެ.

މާޗް މަހުގެ 30 ވަަނަ ދުވަހު ފެށި ދެމިގެންދާ މުޒާހަރާތައް ގުޅިފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުން ފާހަގަކުރާ ނަކްބާ ދުވަހާއެެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ބިމުން އެ ގައުމުގެ 750،000 ރައްޔިތުން ނެރެލެވުނު ދުވަހެވެ.

ކޮންމެ ހުކުރު ދުވަހަކީ މުޒާހަރާތައް ވަރުގަދަ ދުވަހަކަށްވާއިރު މި މުޒާހަރާތައް ފެށުނު ފަހުން އިސްރާއީލް ސިފައިން ވަނީ މިހާތަނަށް ފަލަސްތީނުގެ މަދުވެގެން 180 އަށް ވުރެ ގިނަ މީހުން މަރާލައި 18،000 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައެވެ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި

06 އޮކްޓޯބަރު 2017
ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ ފޯން ހެކްކޮށްފި
01 އޮކްޓޯބަރު 2017

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

01 އޮކްޓޯބަރު 2017
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ
02 އޯގަސްޓު 2017

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

02 އޯގަސްޓު 2017
އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
14 އެޕްރީލު 2017

"މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ

14 އެޕްރީލު 2017
 "މަދަރ އޮފް އޯލް ބޮމްބްސް" ބޭނުންކުރީ ޓެކްނިކަލް ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް: އެމެރިކާ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް