Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިބޫ ހުވާކުރެއްވުން

އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު

ރައީސް ޔާމީންގެ ދައުރު ހަމަވާނެ ކަމަށް އީސީން ބުނަނީ ނޮވެމްބަރު 17 ގައި ކަމަށް

ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2018 | ހުކުރު 13:10
އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމް، އުފާފާޅުކުރުމުގެ އެއްވުމެއްގެ ތެރެއިން

އިބްރާހިމް މުހައްމަދު ސޯލިހް އާއި ފައިސަލް ނަސީމް، އުފާފާޅުކުރުމުގެ އެއްވުމެއްގެ ތެރެއިން

މި އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ އުފާވެރި މުނާސަބަތެވެ. ނަމަވެސް އެ ރަންޔޫބިލްގެ ފުރިހަމަކަމާއި ވިދުމަށް ވަނީ ހުރަހެއް އެޅިފަ އެވެ.

ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ހުވާކުރެއްވީ 11 ނޮވެމްބަރު 1968 އެެވެ. އެއަށް ފަހު ފަސް އަހަރުގެ ދައުރު ހަމަވުމަށް ފަހު ކޮންމެ ރައީސަކު ވެސް ހުވާކުރައްވާފައިވަނީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. ނަމަވެސް، މި ތާރީޚު ބަދަލުވެެގެން ދިޔައީ، 2013 ވަނަ އަހަރުގެ އެވެ. ފުލުފުލުގައި އިންތިޚާބު ފަސްކުރަމުން ގޮސް، ދައުރު ހަމަވިއިރު އިންތިޚާބުގެ އެންމެ ފަހު ބުރެއް ނުބޭއްވުނެވެ. އެންމެ ފަހު ބުރު ބޭއްވުނީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ހުވާކުރެެއްވީ 2013 ވަނަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

މި އަހަރުގެ އިންތިޚާބު ކައިރިވެގެން އައިއިރު އެންމެ ބޮޑު ބަހުސަކަށްވެފައިވާ އެއް ކަމަކީ، އާ ރައީސް ހުވާކުރައްވާނެ ތާރީޚަކާމެދު އެވެ. 2013 ވަނަ އަހަރުގެ ދާއިމި ނަތީޖާ ހިމެނޭ އިއުލާނުގައި ބުނެފައި ވަނީ އަބްދުﷲ ޔާމީން ހޮވިވަޑައިގަތީ 11 ނޮވެމްބަރު 2013 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިއުލާނުގައި އެގޮތަށް ލިޔަން ނިންމީ، ދިމާވި ސަބަބުތަކަކާއެދު އާ ރައީސް ހުވާކުރެއްވުން ލަސްވި ނަމަވެސް ނޮވެމްބަރު 11 ގައި އާ ދައުރު ފެށޭނެ ކަމަށް، ކޮމިޝަންގެ މެމްބަރުންނާއި ގާނޫނީ ވަކީލުން ވެސް ލަފާ ދެއްވުމުން ކަމަށެވެ. އެހެންވެ، އެކަން އޮޅުން ނާރާނެ ވަރަށް ސާފުކޮށް ލިޔެފައި ބޭއްވުން މުހިންމުވި ކަމަށް ފުއާދު ވިދާޅުވި އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށްވާތީ، ރައީސް ޔާމީންގެ ދައުރާމެދު އުފެދިފައިވާ ބަހުސްގައި އިލެކްޝަންސް ކޮމިޝަނުން، އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވި އެވެ. އެޓާނީ ޖެނެރަލް ލަފާ ދެއްވީ ކުރީގެ ކޮމިޝަނުން ނިންމާފައިވާ ގޮތާ ހިލާފަށެވެ. މިހާރުގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންގެ ދައުރު ހަމަވާނީ ނޮވެމްބަރު 17 އަށެވެ.

ދިވެހި ޖުމްހޫރިއްޔާ އަށް ރަންޔޫބިލް ފުރޭއިރު، އެކަން އެންމެ ފުރިހަމަ މުނާސަބަތެއްގެ ގޮތުގައި ފާހަގަ ކުރެވޭނީ އާ ރައީސްގެ ހުވާކުރެއްވުން ނޮވެމްބަރު 11 އަހަށް ހަމަޖައްސައިގެންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ފަޚުރުވެރި މި ތާރީޚް ދެމެހެއްޓުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީން ވެސް، މިކަމަށް ވިސްނަވަންޖެހެ އެވެ. އަދި ކޯޓުން ނިންމި ނިންމުމަކާއެކު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ހަ ދުވަހަށް އިތުރުކޮށްފައިވާއިރު، ދިވެހި ޖުމްހޫރީ ވެރިކަމުގެ ތާރީޚް އެއްގޮތެއްގައި ދެމެހެއްޓުމަށް، ކޯޓުން ވެސް ވިސްނަންޖެހެ އެވެ. ދިވެހި ގިނަ ރައްޔިތުން އެދެމުންދަނީ މި ރަންޔޫބިލް ނޮވެމްބަރު 11 ވަނަ ދުވަހު ފާހަގަކުރުމަށެވެ.

މި ފަޚުރުވެރި، ޝަރަފުވެރި ތާރީޚު ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ހުރިހާ ބޭފުޅުން ވެސް ހެޔޮ ވިސްނުން އިސްކުރުން މުހިންމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!

މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!

04 ސެޕްޓެމްބަރު 2020
ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!

ޤާސިމް އިބްރާހިމް: އޭރުވެސް މިހާރުވެސް ޓެކްސް ނެގުމާއި ދެކޮޅު!

17 އޮކްޓޯބަރު 2019
އުމްރާނީ ތަރައްޤީގައިވެސް ޔާމީނަށްވުރެ ރައީސް ސޯލިހް ކުރީގައި!

އުމްރާނީ ތަރައްޤީގައިވެސް ޔާމީނަށްވުރެ ރައީސް ސޯލިހް ކުރީގައި!

17 ޖުލައި 2019
ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

ރައީސް ސޯލިހްގެ އިންޑިއާ ދަތުރުފުޅު: ގުޅުންތަކުގެ އައު ސޮފްޙާތަކެއް

11 ޑިސެމްބަރު 2018
ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

24 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު