Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިޙް ހުވައި ކުރެއްވުން

އިބްރާހިމް މުހައްމަދު ސޯލިޙް އަނެއްކާވެސް ދެއްކެވީ މިސާލެއް

މަޝްވަރާ ކުރިއަށް ނެރުއްވާ ބޭފުޅެއްކަމަށް ކުރިންވެސް މަޝްހޫރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2018 | އާދީއްތަ 17:44
އިންތިޚާބީ ރައީސް ސޯލިޙް ރައްޔިތުންގެ މަޖިލީހުގައި

އިންތިޚާބީ ރައީސް ސޯލިޙް ރައްޔިތުންގެ މަޖިލީހުގައި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އަކީ ހިތްތިރި، އެންމެނާއި ގުޅޭ، މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުއްވާ ބޭފުޅެއްކަަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އޭގެ ތެރޭގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން ވާދަވެރި ޕީޕީއެމްގެ ބޭފުޅުންވެސް ހިމެނެއެވެ. ގުޅިފައިވާ ޕާޓީތަކުން މިއަހަރުގެ އިންތިޚާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިޙް ނެރުމަށް ޕާޓީތަކުން ނުނިންމަނީސް އެކަމަށް ތާޢީދުކޮށް ވާހަކަ ދެއްކީވެސް ޕީޕީއެމްގެ ލީޑަރޝިޕުންނެވެ.

ކޮންމެއަކަސް، ކެމްޕޭންގެ ތެރޭގައި ރައްޔިތުންނަށް އެމަނިކުފާނުގެ މިސިފަފުޅުތައް ވަރަށް ކައިރިން ވަނީ ފެނިފައެވެ. ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ނެރުމަށް އުކުޅަހުގައި އެމްޑީޕީއިން ބޭއްވި ކޮންގްރެސްގައި ނިންމުމާއިއެކު ދެއްވި ސްޕީޗުން ވެސް ސަޕޯޓަރުން ފާހަގަކުރެއްވީ އެކަންކަމެވެ. ކެމްޕޭންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަށް ރައީސް ސޯލިޙް ވަޑައިގަތްއިރު، ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުން ރައްޔިތުންނަށް ފާހަގަ ކުރެއްވުނީ ހިތްތިރިކަމާއި ސާބިތުކަމެވެ. ސިޔާސީ ބައެއް ބޭފުޅުން އުޅުއްވާހެން ޖަޒުބާތުގައި ޖެހިވަޑައިގެން ވާހަކައެއް ނުދައްކަވައެވެ. ސިޔާސީ ވާދަވެރިންނަށް ހިތުހުރި އެއްޗެއް ވިދާޅެއް ނުވެއެވެ. ނުފުއްދޭ ވަރުގެ ވައުދެއް ވެވަޑައިނުގަންނަވައެވެ.

ކެމްޕޭންގައި އެކި ހިސާބުތަކުން ގުޅިފައިވާ ޕާޓީތަކަށާއި ޚުދު ރައީސް ސޯލިޙަށް ތަފާތު ހުރަސްތަކާއި ކުރިމަތިވެވަޑައިގަތެވެ. އެހެން ނަމަވެސް އެހުރިހާ ކަމަކާއި ކުރިމަތިލެއްވީ ކެތްތެރިކަމާއިއެކުގައެވެ. އެމަނިކުފާނަށް ޖިސްމާނީ އަނިޔާކުރުމަށް ވެސް ބަޔަކު ދިމާކޮށްލި ނަމަވެސް، އެމަނިކުފާނު ކެތްތެރިކަމާއިއެކު ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދެވިއެވެ.

އަނެއްކާވެސް އާދިއްތަ ދުވަހު ފެނިގެން ދިޔައީ އެމަނިކުފާނު ނަމޫނާ ދެއްކެވިތަނެވެ. ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރައްވައި، އެމަނިކުފާނު އެހުންނެވީ ސިޔާސީ ގޮތުން ބޭރުގައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ބާރު އެއްކޮށް ކެނޑި، ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުން ވެސް ގުޅިފައިވާ ޕާޓީތަކުގެ އެދުމާއި އެއްގޮތަށް މަޖިލިސް ތެރެއިންވެސް ކަންތައް ކޮށްދޭން ތައްޔާރަށް ތިބި މިދަނޑިވަޅުގައި ހަމަ ކުޑަކޮށް ވާން ކޮށްލިޔަސް އެކޮޅުން އެއޮތީ ދޫދޭށެވެ. ހުވައި ކުރަން ޖެހޭނީ ނޮވެމްބަރު 11ގައި ކަމަށް ނިންމުމަށް ތަންކޮޅެއް ބޮޑަށް ހިފާލައި، އެކަމަށް ރައީސް ސޯލިޙް އެދިވަޑައިގެންފިނަމަ އެކަންވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެން ނަމަވެސް އެމަނިކުފާނު އިސްކުރެއްވީ މަޝްވަރާގެ އުޞޫލެވެ. އަދި އަމިއްލަފުޅު މަސްލަހަތު ހިމެނޭކަމެއްގައި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވިއެވެ. އަމިއްލަ މަސްލަހަތު އިސްކުރެއްވުމަށް ލިބިވަޑައިގެންނެވި މިފަދަ ފުރުސަތުގައިވެސް އެމަނިކުފާނު އަމަލު ކުރެއްވީ ނަމޫނާ ގޮތަކަށެވެ. ދެން އޮތީ ވެރިކަމަށް ވަޑައިގެން، އެމަގުން ހިންގެވުމެވެ.

މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނު ހުވާ ކުރައްވާނެ ދުވަހަކާމެދު ހިޔާލު ތަފާތު ވެފައިވާއިރު، އެފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެންނަށް އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ އެކަމާއި ގުޅިގެން ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއިންވެސް ފެނިގެން ދިޔައީ މަޝްވަރާގެ އުޞޫލު ކުރިއަށް ނެރުއްވި މަންޒަރެވެ.

ރައްޔިތުން އިބްރާހިމް މުހައްމަދު ސޯލިޙަށް ވެރިކަން ދޭން ނިންމީ އެކަކު އަމިއްލައަށް ބޭނުން ގޮތަކަށް 'އައިމް ދަ ބޮސް، ސޯ މައި ވޭ ގޯސް' އޭ ބުނެ ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެއް ބޭނުން ނުވާތީއެވެ. ރައީސް ސޯލިޙަކީ މަޝްވަރާ ކުރިއަށް ނެރުއްވާ ބޭފުޅެއްކަމަށް ސިޔާސީ ބޭފުޅުން އެވިދާޅުވާ ވިދާޅުވުމަށް ރައްޔިތުން އެވަނީ އެމަނިކުފާނަށް އިތުބާރުކޮށް، ބޮޑު އަމާނާތެއް ހަވާލު ކޮށްފައެވެ. ޚިޔާނާތްތެރިވެވަޑައި ނުގަންނަވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު