Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް

ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް: ރައްޔިތުންގެ ހިޔާލު ދެކަފިވެފައި!

ސަރުކާރާމެދު އަދި އެއްޗެއް ބުނަން މާ އަވަސް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2018 | ހޮނިހިރު 14:30
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިއަދު ވަނީ ހަފްތާއެއް ފުރިފައެވެ. އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ގަލޮޅު ބޯޅަ ދަނޑުގައެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވާނެ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އެ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ބައެއް ކަންތައްތަކަކީ މިސްކިތް ތަކުގައި ގުރުއާން ކިޔަވައިދޭން ފެށުމާއި މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން އާއިލާއާއެކު ދަތުރު ދާނެ ރަށެއް ހާއްސަ ކުރުމާއި ދިވެހިރާއްޖެ އަލުން ކޮމަންވެލްތްގެ މެމްބަރަކަށްވުމަށް ހުށަހެޅުއްވުމާއި ސިއްހީ ޚިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅާލުމުގެ އިތުރުން ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އަނބުރާ ވަޒީފާ ދިނުން ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ކަޅުވަކަރު މިސްކިތް އަލުން ރޭވުމަށް ވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ހަފްތާއެއް ފުރުމާއި ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް އާންމުން ބުނީ އެމަނިކުފާނުގެ ސަރުކާރާމެދު އަދި އެއްޗެއް ބުނަން މާ އަވަސް ކަމަށެވެ. އަދި އަނެއް ބައި މީހުން ބުނީ އެއްވެސް ގޮތަކަށް މި ސަރުކާރުން ކަންތައްތައް ކުރާ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"ވަރަށް ގޯސް ސަރުކާރު، އަހަރުމެން ވޯޓްދިނީ މި ސަރުކާރު މިހެން ހިންގާކަށް ނޫން، ޤާސިމް އިބްރާހީމް އަށް ހުރިހާ ބާރެއް ދީގެން ނުވާނެ" އާންމުންގެ މީހަކު ބުންޏެވެ.

އަނެއް ބައި ފަރާތްތަކުން ވަނީ ރައީސް ސޯލިހްގެ ސަރުކާރު ހިނގަމުންދާ ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށް ވެސް ބުނެފައެވެ. ކޮންމެޔަކަސް އެކި މީހުންގެ ހިޔާލު ރައީސް ސޯލިހްގެ ސަރުކާރާ ދޭތެރޭގައި ހުރީ ވަރަށް ތަފާތު ކޮށެވެ.

"ސަރުކާރު އަދި ދާގޮތް ރަނގަޅު. ދެން މި ސަރުކާރާމެދު ގޮތެއް ނިންމަން އިނގޭނީ 100 ދުވަސް ފަހުން، އަޅުގަނޑު އެދެނީ ރައީސް ސޯލިހްގެ ސަރުކާރު މާތްﷲ ގެ ރަހުމަތްފުޅާއެކީގައި ކުރިއަށް ދިޔުން" ރައީސް ސޯލިހްގެ ސަރުކާރަށް ހަފްތާއެއް ވުމާއި ގުޅިގެން ރާއްޖެއެމްވީއަށް އިންޓަވިއު ދިން އާންމުންގެ މީހަކު ބުންޏެވެ.

އެހެންނަމަވެސް ގިނަ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އެންމެ ބޮޑެތި މައްސަލަތައް ގޮތުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައާ ބިދޭސީން ރާއްޖޭގައި ޤަވާދާއި ހިލާފަށް އުޅޭ މައްސަލައިގެ އިތުރުން މަސް މާރުކޭޓު ކުރިމަތީގައި އޮންނަ ފަޅުގައި ދޯނިތައް ބެހެއްޓުމަށް ދަތިވުމުގެ މައްސަލަ އެވެ. އަދި މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލައްވާފައިވާ ގޮތާއި ދެތޭރެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ވަރަށް ގިނަ އާންމުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ސޯލިހްގެ ވެރިކަމަށް ހަފްތާއެއް ވެފައިވާއިރު އެމަނިކުފާނު ވެވަޑައިގެންނެވި ބައެއް ވައުދުތައް ވަނީ ފުއްދަވާފައެވެ. އެގޮތުން އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވައި ސިޔާސީ ހައްޔަރީންނަށް އާއިލާގެ ގާތަށް ދެވުމާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފެއްޓެވުމުގެ އިތުރުން އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަރާތްތަކަށް ވީނުވީ ހޯދައި، މަރުތަކުގެ ހަޤީޤަތް ހޯދުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ފައްޓަވާފައެވެ. އަދި މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ބޯޑުގެ ފީ ކަނޑާލާ، ގަވައިދާއި ހިލާފަށް ޕާކުކޮށް، އަދި ގިނަ ދުވަސްވީ އުނޅަދުތަށް ޓޯ ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ސަރުކާރުގެ ބޭނުމަށް މާލޭގެ ފަޅުތެރެއިން ނަގާފައިވާ ބައެއް ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފައެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ހަފްތާއެއް ފުރިފައިވާއިރު ޝައްކެއް ވެސް ނެތް ގޮތުގައި ސަރުކާރެއްގެ ހިންގުން އެންމެ އެދެވޭ ގޮތުގައި ފެންނާނީ ކުންފުނިތަކަށް މީހުން އައްޔަންކޮށް، ސަރުކާރުގެ މުއައްސަސާތަކަށް ޤާބިލް ފަންނީ އަދި ނަޒާހަތްތެރި ފަރާތްތައް އައްޔަންކޮށްގެންނެވެ. ކުންފުނިތަކުގެ އިސް މަޤާމުތައް ހުސްކޮށްވާއިރު، ރައްޔިތުން އުއްމީދުކުރަނީ އެ ކުންފުނިތަކަށް ނަޒާހަތްތެރި ފަރާތްތައް އައްޔަންކުރާނެ ކަމަށެވެ.

ރަނގަޅު ސަރުކާރެއްގެ ފަރާތުން ރައްޔިތުން އެދޭނީ ހަމަހަމަކަމާއެކީ އިންސާފުގެ މަގުން ކަންތައްތައް ކުރިއަށް ގެންގޮސް ރައްޔިތުންނާއި ގާތުން ހިދުމަތްދޭނެ ވެރިއެކެވެ. ރައީސް ސޯލިހްގެ ވައުދަކީވެސް އެއީއެވެ. ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށްދޭނެކަމުގެ ވައުދުއެވެ. އައު ސަރުކާރަށް އަދި ހަފްތާއެއްވީއިރު، ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް އެމަނިކުފާނަށް އިތުރު ވަގުތާއި ފުރުސަތު ރައްޔިތުން ދެއްވަންޖެހެއެވެ. އެމަނިކުފާނަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭ، ރައްޔިތުންގެ ވެރިއެއްކަން ސާބިތުކޮށްދިނުމަށް ފުރުސަތު ދެއްވަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު