ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 02:34
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
މަގޭ ރިޕޯޓް
އުމްރާނީ ތަރައްޤީގައިވެސް ޔާމީނަށްވުރެ ރައީސް ސޯލިހް ކުރީގައި!
 
1.1 ބިލިއަން ރުފިޔާގެ 31 މަޝްރޫއެއް އަންނަނީ މިހާރުވެސް ކުރިއަށްގެންދަމުން
 
މި ސަރުކާރުން މިހާތަނަށް 9200 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވޭ
 
ޔާމީންގެ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ފެށުނީ 7000 ހައުސިން ޔުނިޓްގެ މަސައްކަތް

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް މިވަގުތު އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަކީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް ބުނެ އަމާޒުކުރާ ފާޑުކިޔުންތަކެވެ. ސަރުކާރުގެ ދުވެލި ލަސްކަމާއި، އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްޤީއާއި ގާތްކުރާ މިންވަރަށްވެސް ތަރައްޤީ ގެނެސް ނުދެއްވާކަމަށް ބުނެ އަމާޒުކުރާ ފާޑުކިޔުންތަކެވެ. ނަމަވެސް އެ ފާޑުކިޔުންތަކުގެ ހަޤީޤަތް އޮތީ ކިހާ ހިސާބެއްގައިކަންވެސް ބަލާލުމަކީ މުހިންމު ކަމެކެވެ.

އަބްދުﷲ ޔާމީންގެ ވެރިކަމުގެ 5 އަހަރު ނިމިގެންދިޔައިރު، އެމަނިކުފާނު ވަނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއްކޮށްފަ އެވެ. އެކަމާ ދެބަސްވާނެ ރައްޔިތަކު ނުހުންނާނެއޭ ބުނެވިދާނެ އެވެ. ވައްކަންކޮށްގެން ނަމަވެސް، އެ ކަންތައްތައް ވަނީ ކޮށްފަ އެވެ. ނަމަވެސް އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ތަފާސް ހިސާބުތަކަށް އެކަނި ބަލާލިނަމަވެސް އެކަމުގައިވެސް މި ސަރުކާރު އުޅެނީ މާކުރީގައޭ ބުނެވިދާނެ އެވެ.

އަބްދުﷲ ޔާމީންގެ ވެރިކަމުގެ 5 އަހަރު ނިންމާލިއިރު، އެމަނިކުފާނުގެ ސަރުކާރަށް ފަށައިގަނެވިފައިވަނީ އެންމެ 7000 ހައުސިން ޔުނިޓްގެ މަސައްކަތްތެވެ. ވެރިކަމުގެ 5 އަހަރު ނިންމާލިއިރުވެސް އެ ސަރުކާރަށް އުޅުނީ އޭގެކުރީ ސަރުކާރުން އިމާރަތްކުރި ހައުސިން ޔުނިޓްތައް އޭގެ ހައްޤުވެރި ފަރާތްތަކަށް ނުދެވި އެވެ. މި ދެންނެވި 7000 ހައުސިންގެ ޔުނިޓްގެ މަސައްކަތްވެސް އެ ސަރުކާރަށް ފަށައިގަނެވިފައިވަނީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގަ އެވެ.

ދެން އޮތީ މި ސަރުކާރުގެ 7 މަސް ދުވަހުގެ ވާހަކަ އެވެ. ސަރުކާރުގެ ފުރަތަމަ 7 މަސް ދުވަސް ނިންމާލިއިރު، އަތޮޅު ތެރޭގައި 5000 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެގްރިމެންޓުގައި އެ ވަނީ ސޮއިކޮށްފަ އެވެ. މާލެ ސަރަހައްދުގައި 4200 ހައުސިން ޔުނިޓް ހައުސިން ޔިނިޓާއެކު ޖުމްލަ 9200 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެގްރިމެންޓްގެ މަސައްކަތް ނިންމާލާ، ސަރުކާރުން ލަފާކުރާގޮތުގައި އެ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެ އެވެ.

ޔާމީންގެ 5 އަހަރުގެ ދައުރު ނިންމާލިއިރު، އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި އަވަސް އަރުވާލާއި، ކުދި ހޮހޮޅަތަކެއް ފަދަގޮތަކަށް ފަށައިގަނެވިފައިވަނީ އެންމެ 7000 ހައުސިން ޔުނިޓްކަމަށްވާއިރު، މި ސަރުކާރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި އެ ވަނީ 9200 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ތައްޔާރުވެފަ އެވެ.

ކުރީ ސަރުކާރުން ހުޅުމާލެގައި އިމާރަތްކުރަން ފެށި ފްލެޓްތައް -- ފޮޓޯ: ރާއްޖެ.އެމްވީ

ދެން އޮތީ ތައްގީގެ އެހެން ބޮޑެތި ޕްރޮޖެކްޓްތައް ކަމަށް ބުނެ ޕީޕީއެމުން ސިފަކުރާ މަޝްރޫއުތަކުގެ ވާހަކަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާގޮތުގައި ފެނާއި، ނަރުދަމާ ނިޒާމްގެ މަސައްކަތްތަކަކީ ސަރުކާރުން ވައުދު ފުއްދުމުގެ ގޮތުގައި ކުރިއަށްގެންދަވާނެ މަސައްކަތްތަކެއް ނޫނެވެ. އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަކަށްވާއިރު، އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުންތަކެއް ނުގެންގުޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 1.1 ބިލިޔަން ރުފިޔާގެ 36 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެތެރޭގައި ފެނުގެ 3 މަޝްރޫއަކާއި، ނަރުދަމާގެ މަޝްރޫއެއްގެ އިތުރުން ފެނާއި ނަރުދަމާގެ 11 މަޝްރޫއެއް ކުރިއަށްގެންދެ އެވެ. އަދި މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ބަނދަރު ހެދުމުގެ 14 މަޝްރޫއެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެއިތުރުން 41 މަޝްރޫއެއްގެ އައެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިއީ ގަޑުބަޑުކޮށްފައިވާ ދައުލަތެއްގެ ނިޒާމް ހަރުދަނާކޮށް، ސަރުކާރަކުން 7 މަސްދުވަހުގެ ތެރޭގައި ފަށާ ބައެއް ޕްރޮޖެކްޓްތަކެވެ. މި އަދަދުތަކާއި ޔާމީންގެ ފުރަތަމަ 7 މަސް ދުވަހުގެ އަދަދުތަކާއި ގާތްކުރާ އަދަދަކަށްވެސް ނުދެ އެވެ.

ރައީސް ސޯލިހް ނ. ހެނބަދޫގައި -- ފޮޓޯ: ރައީސް އޮފީސް

އޭގެއިތުރުން މާލެ ވިލިނގިލި، ތިލަފުށި، ގުޅީ ފަޅު ގުޅާލުމުގެ މަޝްރޫއު އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރު ތައްޔާރުވަމުން އަންނައިރު، މާލޭ ވިޔަފާރިވެރިންގެ ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށުމަށް އެ ވަނީ ތައްޔާރުވެފަ އެވެ. ސިއްހީ މަރުކަޒުތައް ބޮޑުކުރުމާއި، ފުޓުބޯޅަ ދަނޑުތައް ހެދުމުން ފެށިގެންގޮސް އެތަށް ގިނަ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އަބްދުﷲ ޔާމީންގެ ފަރާތުން އަބްދުއްރަހީމާއި، މުހައްމަދު ސައީދާއި، ޑރ. މުހައްމަދު މުއިއްޒު ކިތަންމެ ގިނައަކުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ސަރުކާރުން ތަރައްޤީގެ މަސައްކަތްތަކެއް ކުރިއަށްނުގެންދާކަމަށް ބުނި ނަމަވެސް ހަޤީޤަތަކީ ޔާމީނަށްވުރެ ރައީސް ސޯލިހް އުޅުއްވަނީ އެކަމުގައިވެސް ކުރީގައިކަމެވެ. އަދިކިޔެއްތަ އެ ޕްރޮޖެކްޓްތައް ކުރިއަށްގެންދަނީ ހުޅުވާލެވިފައިވާ ބިޑިން ޕްރޯސެސެއްގެ ތެރެއިން އާންމު ރައްޔިތުންގެވެސް އިތުބާރު އޮންނަގޮތުގެ މަތިންކަމެވެ. އަބްދުﷲ ޔާމީން ކަންކުރެއްވިގޮތަށް ކޮންމެ މަޝްރޫއުތަކުން ބޮޑެތި ކަޓުތައް ނަންގަވާގޮތަށް ނޫންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
7%
41%
0%
43%
5%
4%
ކޮމެންޓް
23 ޖުލައި 2019 | އަންގާރަ 20:41
ޢިޒޫ
ޜުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ކަރުދާސްތަޖެއްގަ ސޮއި ކުރިޔަކަސް ވާނެ ކަމެއް ނޯންނާނެ ކިތައްމެ ކުލަ އެއްގެ ކިތައްމެ ކަރުދާހެއްގަ ކިތައްމެ ރީތި ކުރެހުންތަކެއްވެސް ކުރެހިދާނެ ބޭނުންވަނީ އަމަލީ މަސައްކަތް
19 ޖުލައި 2019 | ހުކުރު 13:45
ޙުސޭނު
ރާ ޓީވީ އަދި ރާ އެމްވީ އެކޭ ޗެނަލް 13 އެކޭ އެއްވެސް ތަފާތެއް ނެތް.ސިޔާސީ ގޮތުން ވިކި ހުސްވެފަ އޮތް 2 މީޑިޔާ.ކެރެންޔާ ޔާމީނަށްވެސް ސޯލިހަށް ވެސް ނުވާ ކަންކަމުގެ ވާހަކަ ލިޔެބަލަ. ޜާއްޖެ ޓީވީގަ އުޅުނު ރިޕޯޓރުން މިއަދު ފެންނަނީ ރައީސް އޮފީހާއި ތަފާތު މިނިސްޓްރީތަކުގެ ވަޒީފާއިން.