Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރެމިއަރ ލީގު

ވިކްޓަރީން މެޗަކަށް ނުދިޔަ!

ދިވެހި ލީގުގައި ޓީމެއް މެޗަކަށް ނުދިޔަ ފުރަތަމަ ފަހަރު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 4 އޮކްޓޯބަރު 2018 | ބުރާސްފަތި 07:01
ދިވެހި ލީގުގައި ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން

ދިވެހި ލީގުގައި ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބް ކުޅެންޖެހޭ މެޗަށް ވިކްޓަރީ ދަނޑަށް ހާޒިރެއް ނުވިއެވެ.

ވިކްޓަރީން ދަނޑަށް ހާޒިރުނުވުމުން ޓީސީ އަށް ވަނީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ލިބިފައެވެ. އަދި އެފްއޭއެމްގެ ގަވައިދުގައިވާ ގޮތުގެ މަތިން ވިކްޓަރީ 25،000ރ. އިން ޖޫރިމަނާ ވެސް ކުރާނެއެވެ.

ބުދަ ދުވަހުގެ ރޭގެ މެޗަށް ވިކްޓަރީން ނުދާން ނިންމީ ކުޅުންތެރިންނަށް މުސާރަ ނުދެވި، މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ބޮޑު ގޮންޖެހުންތަކުގެ ސަބަބުންނެވެ.

ބޮޑު ބްރޭކަކަށްފަހުން ދިވެހި ލީގުގެ ކުޅުން ފެށިފަހުން ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ޕްރެކްޓިސް ކޮށްފައެއްނުވެއެވެ. އަދި މުބާރާތުގެ ކުޅުން އަލުން ފެށިފަހުން ވިކްޓަރީ ކުޅެފައިވަނީ އެންމެ މެޗެކެވެ. މާޒިޔާއާ ދެކޮޅަށް ކުޅުނު އެމެޗަށްވެސް ކުޅުންތެރިން ހަމަކުރެވުނީ ހަމަ ކިރިޔާއެވެ.

ޓީސީ މެޗަށް ވިކްޓަރީގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ބައެއް ފަރާތްތަކުން ދާންބޭނުންވިޔަސް، ދަނޑަށް ނުދިޔައީ ކްލަބް ހިންގުމުގައި އަމަލީކޮށް މަސައްކަތްކުރާ ބޯޑުގެ ބައެއް މެމްބަރުން މެޗަށް ނުކުންނަން ބޭނުންނުވިއެވެ.

ލީގުގައި މި ވަގުތު ވިކްޓަރީ އޮތީ ހަތަރު މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ފުރައިގެން ދިޔައީ މުސާރަ ނުލިބުމާއި ކްލަބްގައި ކުރިއަށްދާން އެކަށީގެންވާ މާހައުލެއް ނެތުމުންނެވެ.

މީގެ އިތުރުން ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ މިހާރު ހަތަރު މަސް ވެއްޖެއެވެ. އެގޮތުން އެޓީމުގެ ކުޅުންތެރިން އެކަމާ ހިތްހަމަނުޖެހިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ވިކްޓްރީގެ ޗެއާމަން އަކީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. ވައިސް ޗެއާމަން އަކީ ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.

މާޗުމަހު އޮތް އިންތިޚާބުގައި މަޤާމަށް އައްޔަންވުމުގެ އިތުރުން މި ދެބޭފުޅުންގެ އަޅާލުމެއް ކްލަބަށް ނުލިބޭތާވެސް ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.

މިއީ ދިވެހި ޕްރިމިއާ ލީގުގައި ޓީމެއް މެޗަށް ނައިސް، މެޗު ދޫކޮށްލާ ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވިކްޓަރީން ގިނަ މައްސަލަތަކެއް ފެނުނެވެ. މެނޭޖްމަންޓާ އެހެން ކަންތައްތައް އޮތީ ބޮއްސުންލައިފަ އެވެ.

ވިކްޓަރީ 2012 ވަނަ އަހަރު އަޑިއަޅާލި ފަހުން އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2019

ޔޫއެފާގެ ތިންމެޗަކަށް ނޭމާ ސަސްޕެންޑްކޮށްފި

27 އެޕްރީލު 2019
ޔޫއެފާގެ ތިންމެޗަކަށް ނޭމާ ސަސްޕެންޑްކޮށްފި
09 އޮކްޓޯބަރު 2018

އެނބުރި އައިސް ވިކްޓަރީން ނިއުރޭޑިއަންޓް ހިފަހައްޓައިފި

09 އޮކްޓޯބަރު 2018
އެނބުރި އައިސް ވިކްޓަރީން ނިއުރޭޑިއަންޓް ހިފަހައްޓައިފި
24 އެޕްރީލު 2018

ބެންގަލޫރު ނުކުންނަނީ އުނދަގޫ މެޗަކަށް، އަމާޒަކީ ކޮލިފައިވުން

24 އެޕްރީލު 2018
ބެންގަލޫރު ނުކުންނަނީ އުނދަގޫ މެޗަކަށް، އަމާޒަކީ ކޮލިފައިވުން
07 އެޕްރީލު 2018

ވަރުގަދަ މެޗަކަށް ނިއު ބެންގަލޫރަށް

07 އެޕްރީލު 2018
ވަރުގަދަ މެޗަކަށް ނިއު ބެންގަލޫރަށް
22 މާރިޗު 2018

ރަހުމަތްތެރިކަމުގެ މެޗަކަށް ގައުމީ ޓީމު ސިންގަޕޫރަށް

22 މާރިޗު 2018
ރަހުމަތްތެރިކަމުގެ މެޗަކަށް ގައުމީ ޓީމު ސިންގަޕޫރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު