Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ގައުމީ ޓީމު

ރަހުމަތްތެރިކަމުގެ މެޗަކަށް ގައުމީ ޓީމު ސިންގަޕޫރަށް

22 މާރިޗު 2018 | ބުރާސްފަތި 11:56

ލިބުނު އަނިޔާއެއްގެ ސަބަބުން ދަގަނޑޭ މި މެޗުގައި ނުކުޅޭނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 މާރިޗު 2018 | ބުރާސްފަތި 11:56
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ގައުމީ ފުޓްބޯޅަ ޓީމު ސިންގަޕޫރަށް ފުރައިފިއެވެ.

ޖުމްލަ 23 ކުޅުންތެރިންގެ ސްކޮޑެއް ގައުމީ ޓީމުން ނެގި ނަމަވެސް މި ދަތުރުގައި އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގު ބައިވެރިވެފައެއް ނުވެއެވެ. އާ ކޯޗެއްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ނުކުންނައިރު މި މެޗު ވެގެންދާނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ކްރޮއޭޝިއާގެ ޕީޓާރ ސެގެޓްގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަށެވެ.

ސިންގަޕޫރަށް ފުރި ސްކޮޑުގައި އެންމެ ގިނައިން ހިމެނިފައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންނެވެ. އެ ކްލަބްގެ އަށް ކުޅުންތެރިން ހިމެނޭއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަސް ކުޅުންތެރިޔަކު ހިމެނިފައިވެއެވެ. ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސްގެ ތިން ކުޅުންތެރިން ހިމެނިފައިވާއިރު ކްލަބް ގްރީން ސްޓްރީޓްސް އިން ހިމެނިފައި ވަނީ ދެ ކުޅުންތެރިންނެވެ. ހަމައެހެންމެ ޔުނައިޓެޑް ވިކްޓްރީ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްއިން ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ލިބުނީ ކޮންމެ ޓީމަކުން އެންމެ ކުޅުންތެރިޔަކަށެވެ.

ނިއުއިން ގައުމީ ޓީމަށް ނަގާފައިވަނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، އަކްރަމް އަބްދުލް ޣަނީ (އަކޫ) މުހައްމަދު އުމައިރު، ހަމްޒާ މުހައްމަދު (ހަމްޕު) އަލީ ފާސިރު (ސެންޓޭ) ހިސާމް ސަލީމް (ކޮކީ) އަދި ރިހާމް އަބްދުލް ޣަނީ (ބޮބީ) ގެ އިތުރުން ކީޕަރު މުހައްމަދު ފައިސަލްއެވެ. މާޒިޔާއިން ޓީމުގައި ހިމެނިފައިވަނީ ސަމޫހު އަލީ (ސަމުއްޓެ)، ޔަސްފާދު ހަބީބް (މުލަކޭ)، މުހައްމަދު އިރުފާނު (އިރޭ) އަދި މުޖުތާޒު މުހައްމަދު (މުޖޭ) ގެ އިތުރުން ހުސައިން ޝަރީފްއެވެ.

ހަމައެހެންމެ ޓީސީގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަދި އިބްރާހިމް ވަހީދުގެ އިތުރުން އައްޒާމް އަބްދުﷲ ހިމެނުނުއިރު ކްލަބް އީގަލްސްއިން ގައުމީ ޓީމަށް ހޮވުނީ މުހައްމަދު ނާއިމް އަދު ހުސައިން ޝިފާއު މޫސާގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ގްރީން ސްޓްރީޓްސްގެ އަސްހަދު އަލީ (އަޑުބަރޭ) އަދި އަބްދުﷲ ޔާމީން ސްކޮޑަށް ނަގާފައިވާއިރު ވިކްޓްރީގެ ހުސައިން ނިހާން އަދި ޔުނައިޓެޑް ވިކްޓްރީގެ ހަސަން ތޮލާލްއަށް ވެސް ވަނީ ގައުމީ ޓީމުން ފުރުސަތުދީފައެވެ.

މިފަހަރުގެ ގައުމީ ޓީމުން ބައެއް ސީނިއާ ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެއެވެ. އެގޮތުން މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި ޝާފިއު މުހައްމަދު (ޝާފީ) ގެ އިތުރުން މުހައްމަދު ރަޝީދު (ހޮކޭ) އަށް ފުރުސަތު ދީފައެއް ނުވެއެވެ. ހަމައެހެންމެ ގައުމީ ޓީމުން ފަހަކަށް އައިސް ގަވާއިދުން ފުރުސަތު ހޯދަމުންދިޔަ އަހުމަދު ރިޒުވާން (ރިޒޭ ) އަދި ނާއިޒު ހަސަން (ދާދު) އަށް ވެސް ފުރުސަތު ދީފައެއް ނުވެއެވެ.

ސިންގަޕޫރާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ބޫޓާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިއީ ކޮލިފައިންގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗަށްވާއިރު ރާއްޖެ ހިމެނޭ ގްރޫޕުގެ ތިންވަނައިގައި އޮތީ ރާއްޖެއެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަދި ބޫޓާނަށް ވެސް ވަނީ ގެއްލިފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް