Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް 2018

ބެންގަލޫރު ނުކުންނަނީ އުނދަގޫ މެޗަކަށް، އަމާޒަކީ ކޮލިފައިވުން

24 އެޕްރީލު 2018 | އަންގާރަ 15:59

ބެންގަލޫރު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އެހެން ނަމަވެސް މިއީ ވަރަށް އުނދަގޫ މެޗެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 24 އެޕްރީލު 2018 | އަންގާރަ 15:59
ބެންގަލޫރުގެ ފަރާތުން ވާހަކަ ދެއްކި އެ ޓީމުގެ ގޯލްކީޕިން ކޯޗު އެޑޫ ގޯސޭލް

ބެންގަލޫރުގެ ފަރާތުން ވާހަކަ ދެއްކި އެ ޓީމުގެ ގޯލްކީޕިން ކޯޗު އެޑޫ ގޯސޭލް

އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި އެހެން ނަމަވެސް ޓީމުގެ އަމާޒަކީ ދެން އޮންނަ ބުރަށް ކޮލިފައިވުން ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީ އިން ބުނެފިއެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންގަލޫރުގެ ފަރާތުން ވާހަކަ ދެއްކީ އެ ޓީމުގެ ގޯލްކީޕިން ކޯޗު އެޑޫ ގޯސޭލްއެވެ. އޭނާ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވީ އެ ޓީމުގެ ކޯޗު އަލްބާޓް ރޯކާ ސަސްޕެންޑްކޮށްފައި ވާތީއެވެ. އޭނާ ސަސްޕެންޑްކުރީ މި މަހުގެ 10 ވަނަ ދުވަހު މި ދެ ޓީމު އިންޑިއާގައި ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކާއި ތަކުރާރުކޮށް ދެކޮޅު ހެދުމާ ގުޅިގެން އޭނާ ބެންޗުން ވެސް ފޮނުވާލުމާ އެކުއެވެ.

ބެންގަލޫރުގެ ފަރާތުން ވާހަކަ ދައްކަމުން އެޑޫ ގޯސޭލް ބުނީ މިއީ ލިބޭ އާ ފުރުސަތެއް ކަމަށާއި މެޗު ނަގާނީ އާ މެޗެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ ބެންގަލޫރު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އެހެން ނަމަވެސް މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ ނިއުގައި ހުރި ސްޕެއިންގެ ކޯޗާ އެކު އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ ކަމަށާއި އެކަން ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ކުޅެފައެއް ނުވެއެވެ. މާދަމާގެ މެޗުގައި އޭނާ ފެނިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ގޯސޭލް ބުނީ ވަރުގަދަ ސްކޮޑެއް ބެންގަލޫރަށް ލިބިފައިވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މެޗުގައި ކުޅޭ ކުޅުންތެރިން ނަގާނީ ކޯޗިން ސްޓާފުން ކަމަށެވެ. އޭނާ ބުނީ ޗެތުރީ ނުކުޅުނު ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ބެންގަލޫރު މި މެޗަށް ނުކުންނައިރު އެ ޓީމުން ވަނީ އިންޑިއަން ސުޕާ ކަޕްގެ ތަށި މިދިޔަ ހުކުރު ދުވަހު އުފުލާލާފައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެ ޓީމުގެ ޑިފެންޑަރު ޖޮއިނެއާ ލޮރެންކޯ ބުނީ ޓީމުގެ މެދުގައި ރޫހު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި މާދާމާގެ މެޗުގައި ހުރިހާ ކުޅުންތެރިން ވެސް އެންމެ ރަނގަޅު ކުޅުން ދައްކަން ތައްޔާރަށް އޮތް ކަމަށެވެ.

މާދާމާގެ މެޗަށް ނުކުންނައިރު ބެންގަލޫރަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ ޓީމެއް އަތުން އެ ޓީމު މިހާތަނަށް ބަލިވެފައިނުވުމެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 04:00 ގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
03 އެޕްރީލު 2017

މާޒިޔާއާ ދެކޮޅަށް ކުޅުމަށް ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެ

03 އެޕްރީލު 2017
މާޒިޔާއާ ދެކޮޅަށް ކުޅުމަށް ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެ
31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް