Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ހަލާކު ހޯއްދެވީ އަމިއްލަފުޅަށެވެ.

3 އޮކްޓޯބަރު 2018 | ބުދަ 14:25

ރައީސް ޔާމީން އިންތިޚާބުގެ ބަލި ގަބޫލު ނުކުރައްވާއިރު، ދަނީ އެކަނި ވަމުން

| 3 އޮކްޓޯބަރު 2018 | ބުދަ 14:25
ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހު

ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހު

ވެރިކަމަށް ވަޑައިގަތުމަށް ފަހު ފެއްޓެވީ 2018 ވަނަ އަހަރުގެ ކެމްޕެއިންނެވެ. މަހާސިންތާތައް ބާއްވަން ފެށިއެވެ. އެއާއެކު ޕާޓީތެރޭގައި ބައިބައިވުން ބޮޑުވަމުންދިޔަ އެވެ. ރިޔާސީ އިންތިޚާބަށް ހަރަދުކުރަން އެކި މީހުން އަތުން ފައިސާ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. އެ ފައިސާ މެނޭޖުކުރެއްވީ ކާކުކަން ވިދާޅުވި އެވެ. އެ ފައިސާއެއް މިފައިސާއެއް ނޭނގޭ މިންވަރަށް ނުހައްގު މުއްސަނދިކަން އެ މީހާ ހޯދި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވުމަށް އެ ފައިސާ ހަރަދުކުރިކަން އަށް އޭރުވެސް އެނގިވަޑައިގެންނެވި އެވެ. މަގާމަށް އައްޔަން ކުރެއްވިއިރު، އާދައިގެ ގޮތަކަށް އުޅުއްވަމުން ގެންދެވި އިންސާނާ، މުއްސަނދިކަން ހޯއްދެވި ގޮތެއް، މެމްބަރުންނަށް ހަރުދުކުރައްވަން އެހާ ފައިސާ ހޯއްދެވީ ކިހިނެއްތޯ ބެއްލެވުމުގެ ވިސްނުން ވަލިއްޔުލްއަމުރުގެ ނެތީ ކީއްވެގެންތޯ އެވެ؟

ދައުލަތް ހަރާބުވުމުގެ ފެށުމަކީ އެއީ އެވެ. ނާޖާއިޒު ގޮތުގައި ހޯދި ފައިސާއިން ޝާހީ އާއިލާއަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަރަދުކުރިކަން ތުހްމަތުކުރެވެ އެވެ. ބައެއް ހެކި ފެންނަން އެބަ ހުއްޓެވެ. ނަމަވެސް މައްސަލަ ގޯހުން ގޯހަށް ދިޔައީ އެކަންކަން ބެލުމުގެ ބަދަލުގައި ކަންކަން ކުރަން ހިތްވަރު ލިބޭ ގޮތަށް ހިންގުން ބައްޓަންވެގެން ދިއުމެވެ. ތިމާގެ އަމިއްލަ ފައިދާއަށް ގާނޫނުތައް ބަދަލުކުރުމާއި މަގާމުތަކުގައި ތިބި ބޭފުޅުން ބަދަލުކުރުމާއި މުއައްސަސާތަކުގެ ދުވަސް ދުއްވާލުން އެއީ އުސޫލަކަށްވި އެވެ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެކި އެކި ނުފޫޒު ފޯރުވައި، ބިރުވެރިކަމުގައި ބެހެއްޓުމަކީ ހިންގުމުގެ އުސޫލް ކަމަށް ވެގެންދިޔަ އެވެ. މި ދަރަޖައަށް ގޯސްވުމުން، އެބައެއްގެ ހަލާކު އެ ބައެއްގެ ތެރެއިން ނުކުންނާނެކަން އެއީ ޠަބިޢީ އުސޫލުކަން ދަންނަންޖެހެ އެވެ. މިއަދު ދަނީ އެ މަންޒަރު ފެންނަމުންނެވެ.

އިންތިޚާބުގެ ކުރިން ވިދާޅުވަމުން ގެންދެވީ ކޮންމެ ގޮތަކުން ވިޔަސް ވެރިކަމުގައި ހުންނަވާނީ އެމަނިކުފާނު ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށްޓަކައި ގިނަ ކަންކަންތައްތަކެއް ކުރި ކަމަށް ތުހްމަތު ކުރެވުނެވެ. އިލެކްޝަންސްގެ އޮފިޝަލުން ކަނޑައެޅީ ރިޔާސީ ގަނޑުވަރުން ކަަމަށާއި، ސަރުކާރުގެ އޮފިސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރިރެޖިސްޓްރޭޝަން ފޯމްތަކުގެ ބައެއް ތަންތަން ފުރިހަމަ ނުކޮށް ގެންދިޔައީ ރިޔާސީ ގަނޑުވަރަށް ގެންދިޔަ ކަމަށް ތުހްމަތުކޮށް ވާހަކަ ފެތުރިގެންދިޔަ އެވެ. އެގޮތަށް ފޯމްތައް އަންނަ ކަމަށް އެއްބަސްވާ ވީޑިއޯއެއް ވެސް ދައުރުވި އެވެ. ކެމްޕެއިން އޮފީހުންކަމަށް ބުނެ ދައުރުވަމުންދިޔަ ފޯންކޯލްތަކުގެ މައްސަލަ ވެސް ހޫނިވި އެވެ. މި ނޫން ވެސް އެތައް ބައިވަރު މައްސަލައެކެވެ.

އިންތިޚާބުގެ ސައްހަކަމާމެދު ރައީސް ޔާމީނާއި ޕީޕީއެމްއިން މިހާރު ސުވާލު އުފެއްދި ނަމަވެސް، އެ ދައްކަވާ ވާހަކަތަކާމެދު ކުރިން އެ ބޭފުޅުންގެ ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވުން ތިލަވީ އިންތިޚާބުގެ ބޮޑު ނާކާމިޔާބީ ގަބޫކުކުރެއްވި ފަހުންނެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރިކަންް އިއުލާނު ކުރެއްވި ނަމަވެސް، ހަގީގަތުގައި އިންތިޚާބު ބަލިވާނެ އެއްވެސް ގޮތެއް އޭރު ފެނިވަޑައިގެންފައި ނެތުމުން، އިންތިޚާބުގެ ނަތީޖާއާމެދު ސުވާލު އުފައްދައި، މުޒާހަރާ ފެއްޓެވި އެވެ. ވަރަށް ވެސް ހުތުރު ވެގެންވާ މަންޒަރެކެވެ.

މާލޭގައި މުޒާހަރާނުކުރެވޭ ގޮތަށް ހެދި ގާނޫނާ ޚިލާފަށް މުޒާހަރާކުރާ ރައީސް ޔާމީން ހިތްވަރު ދެއްވި އެވެ. އެމްޑީޕީން މުޒާހަރާ ކުރާ ހިތްވަންޏާ ހައްޖަށް ދިއުމަށާއި، ކަށްވަޅުގައި ވެސް އެމްޑީޕީން ކުރާނީ މުޒާހަރާ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، މިއޮތީ ފޭއްސި އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރިފަ އެވެ. މި ހާލަތަށް ދިޔައީ ކީއްވެގެންތޯ ވިސްނާލަން ހިނގާށެވެ.

އެއްވެސް ކަމެއްގައި އިހްލާސްތެރިކަމެއް ނެތީ އެވެ. ފުރަތަމަ ދުއްވާލީ، ވެރިކަމަށް ގެނައި ބޭފުޅުންނެވެ. އެކުވެރިންނެވެ. އިދިކޮޅު ލީޑަރުން ތިބުމަށް ނޭދުނެވެ. ވާދަވެރިން ޖަލުގަ އެވެ. އާއިލާ ބޭފުޅުންނަށް ވެސް އޮތީ ކުޑަކޮޅި އެވެ. ޕާޓީގެ އިސް ބޭފުޅުންނަށް ވެސް އޮތީ ބިރުވެރިކަމެވެ. ދައުލަތުގެ މަގާމުތަކުގައި ދެމެހުރުމަށް ބަލަންޖެހެނީ ވެރިޔާގެ ރުހުން ހޯދުމަށެވެ. ރައްޔިތުންގެ ބާރެއް ނޯންނާނެ ކަމަށް ވިސްނި ކަންކަން ކުރި ނަމަވެސް، މިއަދު މިވަނީ ރައްޔިތުންގެ ބާރު ދައްކައިފަ އެވެ. ދެން ވެސް ހެޔޮ ގޮތަށް އަމަލުކުރާށެވެ. ނޫނީ ބީވެގެންދާނީ ތިމާގެ ނަފުސެވެ. ތިމާގެ ބާރުވެރިކަމުގައި ހުންނައިރު، ފަނިފޮކުސަ ކައި އުޅުނު ނަމަވެސް، ބާރުދާ ހިސާބުން، އެ ފަނިފަކުސަ ތިމާ ސިކާރަކޮށްލަ އެވެ. މިއީ ފިތުރަތުގެ އުސޫލެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2018

އެކައުންޓުގައި ހުރީ ޖާއިޒް ފައިސާކަމަށްވާ ނަމަ އެ ފައިސާ ހޯއްދެވީ ކޮން ގޮތަކުން ހެއްޔެވެ!

19 ޑިސެމްބަރު 2018
އެކައުންޓުގައި ހުރީ ޖާއިޒް ފައިސާކަމަށްވާ ނަމަ އެ ފައިސާ ހޯއްދެވީ ކޮން ގޮތަކުން ހެއްޔެވެ!
26 އޮކްޓޯބަރު 2018

5 އަހަރުތެރޭ ހަލާކުކޮށްލީ ޗާލު މާފިނޮޅު، އެއާޕޯޓް ނޭޅުނުތާ އަދިވެސް ހަދަނީ މަތިމައްޗަށް ދޮގު!

26 އޮކްޓޯބަރު 2018
5 އަހަރުތެރޭ ހަލާކުކޮށްލީ ޗާލު މާފިނޮޅު، އެއާޕޯޓް ނޭޅުނުތާ އަދިވެސް ހަދަނީ މަތިމައްޗަށް ދޮގު!
03 ޖުލައި 2018

އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!

03 ޖުލައި 2018
އިޤްތިޞާދު ހަލާކުވަނީވެސް، ޔޫރަޕާއި ގުޅުން ކެނޑެނީވެސް ސަޢީދުމެން ފަދަ ބޭފުޅުންނާއި ހެދި!
15 ފެބުރުއަރީ 2018

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު
13 ޖެނުއަރީ 2018

ތަޅާ އަނގައިން ލަދުން ބޯ ހަލާކު!.

13 ޖެނުއަރީ 2018
ތަޅާ އަނގައިން ލަދުން ބޯ ހަލާކު!.
04 ޖެނުއަރީ 2018

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

04 ޖެނުއަރީ 2018
ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!
29 ނޮވެމްބަރު 2017

ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!

29 ނޮވެމްބަރު 2017
ބައިނަލްއަޤްވާމީ ފަރުތަކުގެ އަހަރާއި ރާއްޖެ ކުރިމަތިލަނީ 20 ފަރު ހަލާކުކުރުމުގެ ޕްލޭނަކާއިއެކު!
17 އޮކްޓޯބަރު 2017

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
11 އެޕްރީލު 2017

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް