Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެކައުންޓުގައި ހުރީ ޖާއިޒް ފައިސާކަމަށްވާ ނަމަ އެ ފައިސާ ހޯއްދެވީ ކޮން ގޮތަކުން ހެއްޔެވެ!

ޔާމީންގެ އެެކައުންޓުގައިވާ 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2018 | ބުދަ 13:27
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ހުދުމުތާރުވެރި، އަނިޔާވެރި ވެރިކަމެއްކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓުތަކުގައިވާ 100 މިލިއަން ރުފިޔާ ފްރީޒްކޮށްފައީވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރުމާއެކު، ޔާމީން ވިދާޅުވީ އެކައުންޓުތަކުގައިވާ ފައިސާއަކީ ޖާއިޒް ފައިސާކަމަށެވެ. އަދި "ގާނޫނާ ހިލާފަށް ހޯދި އެންމެ ލާރިއެއް ވެސް ނޯންނާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގައި ހުންނާނީ ޖާއިޒު ފައިސާ، ދައުލަތުގެ ފައިސާއެއް ވެސް ނޫން. މިއީ އެހެން މީހެއްގެ ވެސް ފައިސާއެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ސުވާލަކީ، އެ 100 މިލިއަން ރުފިޔާއަކީ ޖާއިޒް ފައިސާކަމުގައިވާ ނަމަ އެ ފައިސާ ޔާމީން ހޯދެވީ ކޮންތާކުންތޯއެވެ. އެއީ ކޮން މަސައްކަތެއްކުރައްވައިގެން ހޯއްދެވި ފައިސާއެއްތޯއެވެ. ކާކު ދެއްވިި ދީލަތި އެހީއަކުން ލިބިވަޑައިގެންނެވި ފައިސާއެއްތޯއެވެ. އެ ފައިސާ ޖާއިޒް ފައިސާއަށްވީ ގޮތެއް ބުނެދެއްވަން އެބަޖެހެއެވެ.

ޤާނޫނު އަސާސީގެ 119 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެއްވެސް ވިޔަފާރިއެއް ކުރެއްވުމަކީ ޤާނޫނީ ކުށެކެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އެއްވެސް މާލީ މަންފާއް ލިބޭ މަސައްކަތެއްކުރުމަކީ ޤާނޫނީ ކުށެއް ކަން އެ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން ޔާމީން އެ ވިދާޅުވާ ޖާއިޒް ގޮތުގައި ހޯދެއްވި ފައިސާއަކީ ދެކަނބަލުން ވިޔަފާރިއެއް ކުރައްވައިގެން ހޯދެއްވި ފައިސާއެއް ނޫންކަން އެއޮތީ ސާފުކޮށް އެނގެންށެވެ. ދެން އޮތީ ދެ ކަނބަލުންގެ މުސާރައިގެ ވާހަކައެވެ.

ފަސް އަހަރުގެ ތެރޭގައި ދެ ކަނބަލުންނަށް ލިބިވަޑައިގެންނެވި މުސާރައިގެ އެންމެ ފައިސާ ފޮއްޗެއްގައި ނުޖެހި، އެ ރައްކާ ކުރެއްވި ނަމަވެސް، އެންމެ ގިނަވެގެން ވެސް ދެ ކަނބަލުންނަށް ރައްކާކުރެވިފައިވާނީ 11 މިލިއަން ރުފިޔާއެވެ. 100 މިލިއަން ރުފިޔާއެއް އެކަންޓުގައި ރައްކާކުރެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫނެވެ. އޭގެ އިތުރުން އަބްދުﷲ ޔާމީނަކީ ވެރިކަމުގެ ފުރަތަމަ ދެ ވަރަކަށް އަހަރު މުސާރައިގެ ދެ ބައިކުޅައެއްބައި ނެންގެވި ކަމަށް ވިދާޅުވާ ބޭފުޅެވެ. އެމަނިކުފާނުގެ ބަހުން ނަމަ، މުސާރާ އެއްކޮށް ނަންގަވަން ފެށީ ވެސް ދަރިކަލުންގެ އެޕާޓްމެންޓްގެ ކުލި ދެއްކެވުމުގެ ގޮތުންނެވެ.

ދެން އޮތް ގޮތަކީ، އަބްދުﷲ ޔާމީން އަބަދުވެސް ވިދާޅުވަމުންގެންދަވާ ގޮތަށް އެ ފައިސާއަކީ ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާއަށް ވުމެވެ. ސުވާލަކީ ވިޔަފާރިވެރިޔަކު ނަމަވެސް އަބްދުﷲ ޔާމީނަށް މިލިއަނުން މިލއަނުން ފައިސާ ހަދިޔާކުރައްވަންވީ ކީއްވެތޯއެވެ. އަބްދުﷲ ޔާމީނަކީ، މިލިއަނުން މިލިއަނުން ފައިސާ ހަދިޔާކުރައްވަން ކާކުތޯއެވެ.

ވިޔަފާރިވެރިން، އާންމުކޮށް މީހަކަށް ފައިސާ ހަދިޔާގެ ގޮތުގައި ދީ، އުޅެނީ އެ މީހަކު ހުރި މަޤާމެއްގެ ސަބަބުން، ވިޔަފާރިވެރިން ބޭނުންވަ ކަންތައްތަކެއް ހާސިލްކުރުމަށެވެ. ވިޔަފާރީގެ މަސްލަހަތުތަައް ކުރިއަށް ނެރުއްވުމަށެވެ. އެހެންގޮތަކަށް ބުނާ ނަމަ، ކޮރަޕްޝަންގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް، ހަމަ ބޭފުޅަކަށް ވީތީ މިލިއަނުން މިލިއަނުން ފައިސާ ހަދިޔާކޮށްފައިވާ ނަމަ އެއީ ކޮރަޕްޝަންގެ ގޮތުގައި ދެއްވި ފައިސާއަށް ނޫނީ ނުވާނެ އެވެ. އަނެއްކޮޅުން ވެރިކަމުގައި ހުންނަވާ އިރު ހަދިޔާގެ ގޮތުގައި ވެސް ފައިސާއާ ހަވާލުވުމަކީ ގާނޫނީ ކުށެކެވެ.

ފެނަން ހުރި ހަޤީޤަތްކަށް ބަލާކަމުގައިވާ ނަމަ އަބްދުﷲ ޔާމީންގެ އެކަންޓުގައިވާ 100 މިލއަން ރުފިޔާއަކީ ޖާއިޒް ފައިސާއަށް ވާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. އެއީ ޖާއިޒު ފައިސާކަމުގައިވާ ނަމަ އެ ފައިސާ ހޯދެވިި ގޮތަކާއި، އެ ފައިސާ ދެއްވި މީހަކާއި، ދެއްވި ތާރީހަކަށް ދާންދޭން ރައްޔިތުންނަށް ހާމަކުރައްވަން އެބަޖެހެއެވެ.

ދެން އޮތީ ޖާއިޒް ގޮތުގައި އެ ހޯއްދެވި 100 މިލިއަން ރުފިޔާގެ ބޭރުން މިހާރު ވެސް ކުރައްވަމުންގެންދަވާ ހަރަދުތަކުވެ ވާހަކަ އެވެ. އަމިއްލަފުޅު ގެކޮޅު ބުރިބުރިއަށް ނަންގަވަމުންގެންދަވާއިރު، އެއީ ވެސް ކޮންތާކުން ހޯއްދެވި ފައިސާއެއްކަން އަބްދުﷲ ޔާމީން އެބަ ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވައެވެ.

އަބްދުﷲ ޔާމީންއެވެ. މިއަދު މަނިކުފާނުގެ އެކައުންޓުގައިވާ 100 މިލިއަން ރުފިޔާއަކީ ޖާއިޒް ފައިސާކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުން އެ ވާހަކަތައް ގަބޫލެއް ނުކުރާނެއެވެ. އެހެނީ ރައްޔިތުންގެ ހަޒާނާ އިން ކުރި ވައްކަމާއި، ޕްރޮޖެކްޓުތަކުގެ ތެރެއިން ނެގި ކަޓުތަކާއި، ނެގި މާލީ މަންފާތަކާއި އެ ހުރިހާ ކަމެއް ވެސް އޮތީ ރައްޔިތުންނަށް އެނގި ހާމަވެފައެވެ. ހަމައެކަނި ޖާއިޒް ފައިސާއެއް ވިދާޅުވުމުގެ ބަދަލުގައި ތަންކޮޅެއް ކެރިވަޑައިގެން، އެ ފައިސާ ލިބިވަޑައިގެންނެވި ގޮތެއް ވެސް ވިދާޅުވެދެއްވަން އެބަޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު