Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އިބޫއަކީ އިންތިހާބީ ރައީސް ނޫން ކަމަށް ބުނެ ޕީޕީއެމް، މުޒާހަރާގައި ގަރާރެއް ފާސްކޮށްފި

އެ ގަރާރު ހުށަހެޅީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2018 | އަންގާރަ 21:46
ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއަށް ނުކުތް މީހުން އެޕާޓީގެ އޮފީސް ކުރިމަތީގައި

ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއަށް ނުކުތް މީހުން އެޕާޓީގެ އޮފީސް ކުރިމަތީގައި

ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އިންތިޚާބީ ރައީސް ނޫން ކަމަށް ބުނެ، ޕީޕީއެމްއިން ގަރާރެއް ފާސްކޮށްފިއެވެ.

މަދު ބަޔަކާއެކު، ޕީޕީއެމް އޮފީސް ކުރިމަތީގައި އަންގާރަ ދުވަހުގެ ރޭ ކުރި މުޒާހަރާގައި އެ ގަރާރެއް ހުށަހަޅައި ފާސް ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (މުއާ) އެވެ. އެ ގަރާރު ހުށަހަޅައި، އެގޮތަށް ފާސް ކުރަން އަތް މައްޗަށް ނަގާފައި ވަނީ އެ ވަގުތު އެތަނުގައި ތިބި މަދު ބައެކެވެ.

Advertisement - newsAdvertisement

ޕީޕީއެމް މުޒާހަރާއަށް މަދު ބަޔަކު ނުކުމެ، އެފަދަ ގަރާރެއް ފާސްކުރި ސަބަބާ ގުޅޭ ގޮތުން "ރާއްޖެ.އެމްވީން" ސުވާލު ކުރުމުން މުއާޒު ވިދާޅުވީ އެތަނަށް އެއްވެ ތިބީ، ހައްގު ނިގުޅައިގެންފައިވާ ކަމަށް ބުނެ، މީޑިއާގެ ކުރިމައްޗަށް މޫނު ދައްކާލަން ކެރޭ މީހުން ކަމަށެވެ.

"މިތަނުގައި މި ތިބީ މިވަގުތަށް އާދެވެން ތިބި، އެފަރާތްތަކުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް މީޑިއާގެ ކުރިމައްޗަށް މިވަގުތު ވެސް މޫނު ދައްކާލަން ކެރިވަޑައިގަންނަވާ ދިވެހި ރައްޔިތުން މި ތިއްބެވީ. މި ހުށަހެޅި ގަރާރު އެތައް، އެތަން އެއްވުންތަކަަކަށް ބެހިގެންދާނެ. ކުރިއަށް އޮތް ތަނުގައި ވެސް، ރައްޔިތުން މި ދަނީ އެދެމުން ތިމަންނާމެންނަށް އިންސާފު ގާއިމުކޮށްދެއްވާށޭ،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމުން ކުރި މުޒާހަރާއަށް ގަރާރު ހުށަހެޅީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން ނޫން ކަމަށާއި އޭނާ އެ ގަރާރު ހުށަހެޅި އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާއިރު، އެކަން ތަހުގީގު ކުރުމަށް ސަރުކާރުން ބާރު ނާޅަނީ ކީއްވެގެންތޯ ރާއްޖެ.އެމްވީއިން ސުވާލު ކުރުމުން މުއާޒު ދެއްވީ ފިނި ޖަވާބެކެވެ. މުއާޒު ވިދާޅުވީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަވާނަމަ، އެ މައްސަލަތައް ހިފައިގެން އަންނަ މީހުންނަށް ޕާޓީއެއްގެ ފެންވަރުން އެހީތެރިވެދެއްވާނެ ކަމަށެވެ.

"މައްސަލަތަކެއް ހުރިއްޔާ ޕާޓީއެއްގެ ފެންވަރުން، ރައްޔިތުން ގެންނަ ޝަކުވާތައް، އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް އެހީތެރިވާން އަޅުގަނޑުމެންގެ ޕާޓީން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ،" މުއާޒު ވިދާޅުވިއެވެ.

މަދު ބަޔަކާއެކު ނުކުމެ، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައި ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ސިލްސިލާ މުޒާހަރާތަކެއް މާލެ އާއި ރާއްޖެތެރޭގައި ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައި ވަނިކޮށެވެ. ބޮޑު ފަރަގަކުން އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް ޔާމީން އެގޮތަށް ގޮވާލެއްވުމުން ވެސް މަދު ބަޔަކު މުޒާހަރާއަށް ނުކުތުމުން އެނގިގެން ދަނީ އެމަނިކުފާނު ތާއިދު ގެއްލިފައިވާ މިންވަރު ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު