Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސި އިންތިޚާބު 2018

އިންތިޚާބީ ރައީސް އިބޫއާ އެކު މި ގައުމުގައި އޮންނާނީ ރައްޔިތުންގެ ވެރިކަމެއް: އިންތި

30 ސެޕްޓެމްބަރު 2018 | އާދީއްތަ 07:34

ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން ޔާމީންގެ އަސްލު ސައިޒު ވަނީ ދައްކާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 07:34
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ދެން މި ގައުމުގައި އޮންނާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގެ ކުރިމަތީގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން އަބްދުﷲ ޔާމީންގެ އަސްލު ސައިޒު ދައްކާފައިވާ ކަމަށާއި، މިއީ ރައްޔިތުންނަށް ފަސް އަހަރު ފަހުން ލިބުނު ބޮޑު އީދެއް ކަމަށެވެ.

Advertisement - newsAdvertisement
"މި އަށް ފަހު ތި ބޭފުޅުންނަށް އަންނާނެ އީދަކީ ޔާމީން ހައްޔަރު ކުރެވި ދެއަތުގައި ބިޑި އަޅުވައި ރައްޔިތުން ކުރިމަތީގައި ޖަލަށްލާ މަންޒަރު. އެއީ ތިބޭފުޅުންނަށް ދެން ކުރިމަތިލާނެ އީދަކީ. އެހެންވީމަ އަބްދުﷲ ޔާމީން އަކީ ނެތް މީހެއް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައްޔިތުންގެ އިންތިޚާބީ ރައީސް އިބޫއާ އެކު ރައްޔިތުންނާއި މުޅި ގައުމު މިނިވަން ވެފައިވާ ކަމަށާއި، ދެން މިގައުމުގައި އޮންނާނީ ރައްޔިތުންގެ ބާރާއި، ރައްޔިތުންގެ ވެރިކަން ކަމަށެވެ.

ރައީސް ޔާމީން ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވުމަށް ފަހު ވެސް އިންތިޚާބަށް ކުރިމަތިލެއްވީ ބޮޑު ލަދެއްގައި ބެދެންކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ރައީސް ޔާމީންގެ މީހުން އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށްގެން ވެސް ރައްޔިތުންނަށް އޮޅުވާ ނުލެވުނު ކަމަށެވެ. އިންތި ވިދާޅުވީ ވެރިކަމުގައި ހުރެގެން ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނެވި ނަމަވެސް ރައްޔިތުންގެ ބާރަށް ވުރެ ގަދަ ނުވެވުނު ކަމަށެވެ.

މީގެ އިތުރަށް އިންތި ވިދާޅުވީ މި ފާއިތުވެގެންދިޔަ ފަސް އަހަރު ރާއްޖޭގެ ގާނޫނު އަސާސީ ފުޑާލައި އަދުލްއިންސާފުގެ ދާއިރާ ނެތިކޮށްލާފައިވާ ކަމަށެވެ. އަދި އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ ކަމަށާއި، ދެން ކުރިއަށް އޮތް ފަސް އަހަރުގެ ތރޭގައި ރައްޔިތުންގެ ލޮލަށް ކަރުނަ ގޭހުގެ އަސަރު ވެސް ނުކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް