Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ އާދޭސް: އެއްވެސް މީހަކު އޮޑިން ފުންމާ ނުލާ

29 ސެޕްޓެމްބަރު 2018 | ހޮނިހިރު 00:46

އަޅުގަނޑުމެންނާ އެކުގައި ތިއްބަވާ އެއްވެސް ބޭފުޅަކު މި އޮޑިން ފުންމާ ނުލައްވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 00:46
ރައީސް ޔާމީން

ރައީސް ޔާމީން

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމިގެން ދިޔައީ ވަރަށް ހިތްދަތިކަމާއެކުގައި ކަމަށާއި ޕީޕީއެމްގެ މަޖިލީސް މެންބަރުންނާއި ވަޒީރުން ޕާޓީގެ އޮޑިން ފުންމާލައިފި ނަމަ އެ ގެއްލުން ތަހަންމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަން ނުކުރުމަށް ރައީސް އަބްދުﷲ ޔާމީން އާދޭސް ދަންނަވައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރަކާތްތެރިވާއިރު އެމަނިކުފާނަށް ކުރިމަތިވެ ވަޑަިއގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޕީޕީއެމް ދޫކޮށް މެމްބަރުން ދިއުން ކަމަށެވެ. ޕާޓީ ދޫކޮށްގެން އެއްވެސް ހައްލެއް ނުލިބޭނެ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އެދިވަޑައިގެންނެވިއެވެ. ކޮންމެ ސަރުކާރެއް ބަދަލުވުމުން ސިޔާސީ ވަޒީފާތައް ގެއްލުނުކަމުގައި ވިއަސް ޕާޓީ ބަދަލު ނުކުރުމަށް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ޕީޕީއެމްގައި އިހުލާސްތެރިކަމާއެކުގައި މަސައްކަތް ކުރާ މީހުން އެ ޕާޓީ ދޫކޮށްލުމުން އެއްވެސް ހައްލެއް ނުލިބޭނެކަމަށެވެ.

Advertisement - newsAdvertisement
"މިއަދުވެސް ހަމަ "ލޮލުން ކަރުނަ ވެއްޓޭއިރުވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިއީތޯއޭ އަޅުގަނޑުމެން ކަންތައްތައް ކުރަންވާ ގޮތަކީ؟ މި އަޒުމާއި ހިތްވަރުގައި އަޅުގަނޑުމެންނާ އެކުގައި ތިއްބަވާ އެއްވެސް ބޭފުޅަކު މި އޮޑިން ފުންމާ ނުލައްވާ. އަޅުގަނޑުމެންގެ އޮޑިއަކީ އިރާދަ ކުރެއްވިއްޔާ މި ހުރިހާ ކަމަކާއެކީވެސް މި ހުރިހާ ބިޔަ ރާޅުތައް ފަތަހަ ކުރުމަށްފަހުވެސް ސަލާމަތުގެ އައްސޭރިއަށް ގެންދާނީ ހަމަ މި އޮޑި ކަފު ޖަހައިގެން. އެކަމުގައި ތިބޭފުޅުން ތިއްބަވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގެ ރައީސްގެ މަގާމަށް ޕީޕީއެމްގެ ކޮންގްރެސްއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ހޮވިވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމުން އެމަނިކުފާނާއި ހަވާލު ކުރެއްވީ ވަރުގަދަ ޒިންމާއެއް ކަމަށާއި ފެއްޓެވި އުނދަގޫ ދަތުރު "އެކަނި" ކުރައްވަން ވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އަނެއްކާ ވެސް މިފަށަނީ ވަރުގަދަ ދަތުރެއް. ވަރުގަދަ ދަތުރެއް ފަށައިގެންދާއިރު، ހަމަ ގަދަ ކަނޑެއްގައި ދަތުރުކުރަންޖެހޭނެ ކަމަށް އަޅުގަނޑު އިންތިޒާރުކުރަން. އެކަމަކު ރައްޔިތުންގެ ހައްގުގައި ދީނުގެ ހައްގުގައި ގައުމުގެ ހައްގުގައި މި ދަތުރުކުރަން އަޅގަނޑާއެކު އަރާނެ ފަޅުވެރިން ނެތް ކަމަށް ވަންޏާ މި ދަތުރު އަޅުގަނޑު އެކަނި ވެސް ކުރަން އަޅުގަނޑު މި ހުރީ ކަމަރު ބަނދެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވީ އެޕާޓީގެ "އަސްލު މެމްބަރުން" ކަމަށެވެ. ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހުންނެވި އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް އެހާ ގިނަ މެމްބަރުން ހޯއްދެވީ އެމަނިކުފާނުގެ މިންނެތް މަސައްކަތްޕުޅުންކަމަށެވެ. އަދި ޕާޓީއަށް މެމްބަރުންގެ އަދަދު ގިނަ ކުރުމަށް އޭރުތިބި މީހުން ކުރި މަސައްކަތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

"މި ޕާޓީ އުފައްދައިގެން އެންމެ ހަރަކާތްތެރިވި މީހުން މިއަދު މި ތާނގައި މި ތިބީ. އެހެން ނަމަވެސް އޭގެ ފައިދާ ލިބުނު ބަޔަކު އުޅޭނެ. އެ އަކީ އަމަލީ މަސައްކަތައް ނުކުމެ މަސައްކަތްތަކެއް ކުރި ބައެއް ނޫން. ޕާޓީ އަކީ ބޮޑު ޕާޓީއަކަށް ހަދައި ޕާޓީއަށް ގިނަ މެމްބަރުން ހޯދަން އޭރަކު ކުރި މަސައްކަތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ބާއްވަން ނިންމި އިރު އެ ޕާޓީގައި4،000 މީހުން ވެސް ހަމަނުވާ ކަމަށެވެ، އެހެން ނަމަވެސް މިހާރު ޕީޕީއެމްގައި 70،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިޕާޓީ އުފެއްދި މީހުން މިތަނުގައި މިތިބީ. ދިލަ ޖެހިގެން ފައިދާ ލިބޭނެ ބަޔަކު ތިބޭނެ. ފުރަތަމަ ކޮންގްރެސް ބާއްވަން ދެމަހަށް ވީއިރު ވެސް 4000 މެންބަރުން ހަމަނުވޭ. ދިހަ ހާސް މެންބަރުން ހަމަ ކުރަން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރިން. ނަމަވެސް މިއަދު ހަތްދިހަ ހާސް މެންބަރުން އެބަތިއްބެވި." ރައީސް ވިދާޅުވިއެވެ.

ނޮވެމްބަރު 17 އައިން ފެށިގެން ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭއިރު، މަސައްކަތް ކުރަނީ ކޮން މަސައްކަތެއްތޯ ވެސް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަކި ބަޔަކު މަސައްކަތް ނުކުރެއޭ ބުނެ ކަންކަން ނުކުރައްވައި ނުހުންނެވުމަށް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން މުޒާހަރާތައް ވެސް ކުރަންޖެހޭނެ. ރެލީތައް ވެސް ބާއްވާނެ. އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުވެސް ކުރާނެ. އަޅުގަނޑުމެން ވާހަކަތައް އިތުރަށް ދައްކަން ރައްޔިތުންނަށް ވިސްނައިދޭން ދަތުރުކުރާނެ. އެކަންކަމުގައި ތިބޭފުޅުން އެހީތެރިވާންޖެހޭނެ." މުޒާހަރާތައް ކުރުން ރައީސް ޔާމީން މަނާކޮށްފައިވާއިރު، އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް